މޫސުމާއި ގުޅޭ ޚަބަރުތައް ގެނެސްދޭ މީހުންގެ ތެރެއިން އެންމެ "ހޮޓް ވެދާ ގާލް" ނަމުގައި މަޝްހޫރު ވެފައިވާ މެކްސިކޯގެ ޔަނެޓް ގާސިއާ އަނެއްކާވެސް ސިންގަލް ވެއްޖެއެވެ.

އިންސްޓަގްރާމްގައި އެކަނިވެސް ޔަނެޓް ފޮލޯ ކުރާ 13 މިލިއަނަށްވުރެ ގިނަ މީހުން ތިބެއެވެ.

ޔަނެޓް އެންމެ ފަހުން ލޯބީގެ ގޮތުން ގުޅިގެން އުޅުނީ ލެވިސް ހޯވްސް އާއިއެވެ. ލެވިސް އާއިއެކު ދެއަހަރު ދުވަހު އުޅުމަށް ފަހު ދެމީހުން ވަކިވިއިރު ދެމީހުން އެންގޭޖްވެ، ކައިވެންޏަށް ވެސް ދިޔައީ ތައްޔާރުވަމުންނެވެ. ދެމީހުންގެ ގުޅުން ނިމުކަމަށް އައި ސަބަބާއި ގުޅޭ ގޮތުން ޔަނެޓް އެއްވެސް ވާހަކައެއް ނުދައްކައެވެ.

ޔަނެޓްގެ އިންސްޓަގްރާމްގައި ކުރިއަށް ގެންދިޔަ ސުވާލާއި ޖަވާބު ސެޝަންގައި އޭނާ ވަނީ މިހާރު ލޯބިވެރިޔަކު ނެތްކަން ކަށަވަރު ކޮށްދީފައެވެ. އަދި ޔަނެޓްގެ ހުރިހާ މީސް މީޑިއާ ޕްލެޓް ފޯމްތަކަކުން ވަނީ ލެވިސްގެ ފޮޓޯތައް ވެސް ރިމޫވް ކޮށްފައެވެ.

ފިޓްނަސް އިންސްޓަރަކްޓެއްގެ ގޮތުގައި ވެސް މަޝްހޫރު ޔަނެޓް ލެވިސް އާއި ގުޅުމުގެ ކުރިން ލޯބީގެ ގޮތުން ގުޅިގެން އުޅުނީ ކޮމްޕިއުޓާ ގޭމް ކުޅުމަށް ދުނިޔެއަށް މަޝްހޫރު ޑޮގްލަސް މާޓިން އާއިއެވެ.

މޮޑެލްއެއްގެ ގޮތުގައި މިހާރު މަސައްކަތް ކުރަމުން އަންނަ ޔަނެޓް ދާދި ފަހުން ވަނީ އޭނާގެ ފޮޓޯތަކާއި ވީޑިއޯތައް ވިއްކާ ވެބްސައިޓަކާއި ގުޅިފައެވެ. އެވެބްސައިޓަކީ ގިނަ މީހުން ބަރަހަނާ ފޮޓޯ އާއްމުކުރާ ވެބްސައިޓެއް ކަމަށް ވީނަމަވެސް ޔަނެޓް ބުނެފައި ވަނީ އޭނާ އެވެބްސައިޓަށް އެފަދަ ފޮޓޯތަކެއް ނުލާނެ ކަމަށެވެ.

އުމުރުން 31 އަަހަރުގެ ޔަނެޓް ދުނިޔޭގެ މަޝްހޫރުކަން ހޯދީ 2017 ވަނަ އަހަރު މީހަކު ޔޫޓިއުބްގައި އާއްމުކުރި ވީޑިއޯއެއްގެ ސަބަބުންނެވެ.