ޝަރީއަތަކީ ވެސް ބައެއް ފަހަރު ވަރަށް ފާޑެއްގެ ތަނެކެވެ. އެންމެ ބޮޑަށް އިންސާފު ބޭނުންވާ ކަންކަމުގައި އިންސާފު ނުލިބި އެތައް ދުވަހެއް ތެޅެން ޖެހޭ އިރު ބައެއް ފަހަރު މަޖާ އަދި ހެއްވާ ކަންކަމުގައި ބޮޑެތި ހުކުމްތައް އާދެއެވެ. އަދި ބައެއް ފަހަރު ކޯޓުން ބޭރުގައި ވާ އެއްބަސްވުންތަކަކީ އެކަމަކު މިއީ ކުރިން ނީވޭ ކަހަލަ ވާހަކައަށް ވެދާނެއެވެ.

ކުއްތާގެ އާއިލާ އަށް ނިސްބަތްވާ ދެ ޖަރމަން ޝެޕަރޑް އާއި މެދު ވަނީ އާދަޔާއި ޚިލާފު ނިންމުމެއް ނިންމައިފައެވެ. ވަކީލަކަށް ހަމަލާ ދިނުމުން މި ދެ ކުއްތާ އަށް ދިނީ މަރުގެ އަދަބެވެ.

ޕާކިސްތާނުގެ ކަރާޗީގައި ހިނގި މި ހާދިސާ އާއި ގުޅިގެން އެ ދެ ކުއްތާ އަށް މަރުގެ އަދަބު ދިންކަމަށް ގަލްފް ނޫހުގައި ވެސް ވަނީ ރިޕޯޓްކޮށްފައެވެ. މިއީ ކޯޓުން ބޭރުގައި މައްސަލައިގައި ހިމެނޭ ދެ ޕާޓީ އިން ނިންމި ނިންމުމެކެވެ. މިއީ އިސް ވަކީލަކަށް އެ ދެ ކުއްތާ ހަމަލާ ދިނުމުން ލިބުނު އަދަބެވެ.

މިދިޔަ މަހު ޕާކިސްތާނުގައި މިރްޒާ އަޚްތަރު އަށް ދެ ކުއްތާ އެއް ހަމަލާ ދިން މަންޒަރު ފެންނަ ވީޑިއޯ އެއް ވަނީ މީސްމީޑިއާގައި ވެސް ދައުރުވެފައެވެ. އޭނާ އަށް އެކުއްތާތައް ހަމަލާ ދިނީ ހެނދުނު ވަގުތު ހިނގާލަން ނުކުމެ އުޅެނިކޮށެވެ. ހުމާޔުން ޚާންގެ ދެ ކުއްތާ ހަމަލާ ދިނުމުން އެ ވަކީލަށް ވަނީ ވަރަށް ބޮޑަށް އަނިޔާވެފައެވެ. ސީސީޓީވީ ފުޓޭޖުން ފެންނަ ގޮތުން އެ ކުއްތާތައް ދިޔައީ ކެނޑިނޭޅި އެ ވަކީލަށް ހަމަލާދެމުންނެވެ. އެގޮތުން އޭނާ ބިމަށްވައްޓާލާ ކުއްތާތައް އެމީހާ ގައިގައި ޖަހާ ދަތް އަޅާ މަންޒަރު އެ ވީޑިއޯ އިން ފެނެއެވެ.

އެ ވީޑިއޯ ވައިރަލް ވުމުން އާއްމުން ވަނީ އެ ކުއްތާތަކުގެ ވެރިފަރާތައް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. އެގޮތަށް ކުއްތާތައް ހަމަލާ ދިނީ އެ އެއްޗެހި ގެންގުޅެފައިވާ ގޮތުން ކަމަށް ވެސް އާއްމުން އައީ ބުނަމުންނެވެ.

ފަހުން ވަކީލް މިރްޒާ އަޚްތަރު އާއި ކުއްތާތަކުގެ ވެރިމީހާ ހުމާޔުން ހާންއާ އެއްބަސްވެފައި ވަނީ ފުރަތަމަ ކަމަކަށް ހުމާޔުން މިރްޒާގެ ކިބައން މައާފަށް އެދި ލިބުނު ގެއްލުމަށް ބަދަލު ދިނުމެވެ. އަދި އެފަދަ ނުރައްކާތެރި ކުއްތާތައް ގޭގައި ނުގެންގުޅުމަށް ވަނީ ޝަރުތުކޮށްފައެވެ. މީގެ އިތުރުން ކުއްތާތައް މަރަން ވެސް އެއްބަސްވިއެވެ.

ކިޔުންތެރިންގެ ހިޔާލު