ޕްރިޔަންކާ އޭނާގެ ލޯބިވެރިޔާ ނިކް ޖޯނަސް އާއި އެކު އިންޑިއާގެ މުމްބާއީ އަށް ގޮސްފައި ވާއިރު ދެމީހުންގެ އެކި ހަރަކާތްތައް މީސް މީޑިއާގައި ދަނީ އާންމު ވަމުންނެވެ.

އާންމުވަމުންދާ ފޮޓޯތަކާއި ވީޑިއޯ ތަކުން ފެންނަ ގޮތުގައި ޕްރިޔަންކާ އާއި ނިކްގެ ޗުއްޓި ދަތުރު ވަރަށް ރޮމޭންޓިކެވެ.

މިއީ ނިކް، ޕްރިޔަންކާގެ އާއިލާ އާއި ރަހުމަތްތެރިންނަށް ތަޢާރަފް ކޮށްދިނުމަށް ކުރާ ދަތުރެއްގެ އިތުރުން ނިކް އަށް އިންޑިއާ ދައްކާލުމުގެ ބޭނުމުގައި ވެސް ޕްރިޔަންކާ ކުރާ ދަތުރެކެވެ. ނިކް ވަނީ މީގެ ކުރިން ވެސް އިންޑިއާ ބަލާލުމަށް ދަތުރެއް ކުރަން ބޭނުންވާ ކަމަށް ބުނެފައެވެ.

ނިކް ވަނީ ޕްރިޔަންކާ އާއި އެކު މުމްބާއީގައި ވާރެ އާއި ތެމޭ މަންޒަރު ފެންނަ ވީޑިއޯ އެއް ވެސް އާންމު ކޮށްފައެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި މިއީ ޕްރިޔަންކާ އާއި ނިކްގެ ގުޅުން އިތުރު ހަރުފަތަކަށް ގެންދާނެ ދަތުރަކަށް ވާނެއެވެ.

ފަހަރުގައި ދަތުރު ނިމޭއިރު ދެމީހުން ކައިވެންޏާއި ހަމައަށް ވެސް ގޮސްދާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ޕްރިޔަންކާ އާއި ނިކް އާއި ގުޅުވައިގެން ދައްކާ ވާހަކަތަކަށް އެއްވެސް މީހަކު އަދި ޖަވާބުދާރީވެފައެއް ނުވެއެވެ. ނަމަވެސް ފެންނަ މަންޒަރުތަކަށް ބަލާއިރު ޕްރިޔަންކާ އާއި ނިކްގެ ދެމެދުގައި އޮތީ ލޯބީގެ ގުޅުން ކަމާއި މެދު އިތުރަށް މިހާރު ސުވާލު އުފައްދާނެ ޖާގަައެއް ނެތެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. މ

    ހެޔޮ

  2. ދުރުމި

    ތިކަމާ ރައްޖޭގެ ސުނިޔެންކާ ހިތްހުއްޓިދާނެދޯ!!!!!

  3. ބާނިޔޫސޭ

    އަޅާނުލާ ސުނީ!

  4. ޚޮނޮހިނު

    ޝުނި ެ

  5. މީހަކު

    ސުނީ ހިތުގަ ޖެހޭނެ !