ޖޯޑަންގައި އަންހެނަކަށް އަދަބު ދިނުމުގެ ގޮތުން 10 ޑީނާރް ބޭންކްނޫޓާއި ޔޯގަޓް އެއްކޮށްގެން ކާން އޭނާގެ ފިރިމީހާ މަޖުބޫރުކޮށްފިއެވެ. މިކަންކޮށްފައި ވަނީ ދަރިފުޅަށް އަޅާ ނުލާ ކަމަށް ބުނެއެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، އެ އަންހެން މީހާއަށް އޭނާގެ ފިރިމީހާ އަދަބު ދިނީ، އެ މީހުންގެ ފިރިހެން ދަރިފުޅު ފައިސާ ފޮއްޗެއް ދިރުވާލުމުންނެވެ.

އެ އަންހެން މީހާ ބުނީ، އޭނާއަށް ފިރިމީހާ މަޖުބޫރު ކުރި 10 ޑީނާރް ބޭންކްނޫޓު ކުދިކޮށް ކޮށާފައި ޔޯގަޓާއެކު އެއްކޮށް، އެ ކެއުމަށް ކަމަށެވެ. އަދި އެކަން ކޮށްފައި ވަނީ ދަރިފުޅަށް ރަނގަޅަށް ނުބަލާ އުޅެނިކޮށް ފައިސާ ފޮއްޗެއް ދިރުވާލި ކަަމަށް ބުނެ ކަމަށް އެ އަންހެން މީހާ ބުނެފައި ވެއެވެ.

އުމުރުން ތިން އަހަރުގެ އެ ފިރިހެން ކުއްޖާ ވަނިން އެކަމުން ސަލާމަތްވެފައެވެ. އެއީ ވަގުތުން އެ ކުއްޖާ ހޮސްޕިޓަލަށް ގެންގޮސް، ޑޮކްޓަރުން އޭނާގެ ބަނޑުން އެ ފައިސާ ފޮތި ނެގުމުންނެވެ.

މި މައްސަލާގައި އަންހެން މީހާ ވަނީ އޭނާގެ ފިރިމީހާ ކައިރިން ވަރިވާން އެދި މައްސަލަ ހުށަަހަޅާފައެވެ.

"އަހަރެންގެ ދަރިފުޅުގެ ބަނޑުން ފައިސާ ފޮތި ނަގާފައިވާއިރު، ދަރިފުޅުގެ ސިއްހަތުވެސް ހުރި ރަނގަޅަށް ހުރީ، އެކަމަކު އަހަރެންގެ ފިރިމީހާ އަހަރެންނާއި މެދު އެގޮތަށް ކަންތައް ކުރީ". އޭނާ ބުނެފައި ވެއެވެ.

އެ އަންހެން މީހާ ބުނީ، އޭނާގެ ފިރިމީހާ އޭނާއާ މެދު ކަންތައް ކޮށްފައި ވަނީ ގޯސްކޮށް ކަމަށެވެ. އަދި އެހެން އަންހެނުންވެސް ފިރިމީހާ ބުނެވެގެންވެސް އެފަދަ ގޮތަކަށް ކަންތައް ކުރަން ނޭދޭ ކަމަށް ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު