ކެންސަރަކީ ދިވެހިންގެ ތެރޭގައި ވެސް އެ ބައްޔެއްގެ ނުރައްކާ އޮތް ބައްޔެކެވެ. ވަރަށް ފަހުން ހެދި ދިރާސާ އަކުން ދައްކާ ގޮތުގައި ގިނައިރު އިށީނދެ އިނުމުން ނުވަ ބާވަތެއްގެ ކެންސަރުގެ ނުރައްކާ ބޮޑުވެ އެވެ.

އެގޮތުން އިށީދެގެން އިނުމަށް ފަހު ހެލިފެލިވެ ހަރަކާތްތެރިކޮށް އުޅުން ވަރަށް މުހިންކަމެއް ކަމަށް މި ދިރާސާ ކުރިއަށް ގެންދިޔަ އެމެރިކާގެ ނެޝަނަލް ކެންސަ އިންސްޓިޓިއުޓްގެ އެޕިޑެމިއޮލޮޖިސްޓް ޗާލްސް މެތިއުސް ވަނީ ވިދާޅުވެފައެވެ.

ޗާލްސް މެތިއުސް ބުނި ގޮތުގައި ގިނަ ވަގުތު އިށީނދެގެން އިނުމަކީ ނުވަ ވައްތަރެއްގެ ކެންސަރު ޖެހުމުގެ ނުރައްކާ އިތުރުވާ ކަމެކެވެ. މިއީ ކުރިން ވިސްނިފައި އޮތް ކަމެއް ނޫން ކަން އޭނާ ފާހަގަކުރެއްވި އެވެ.

މިސާލަކަށް ޓީވީ ބަލަން ދުވާލަކު ގަޑިއެއްހާއިރު އިށީނދެ އިނުމުން މިހާއަށް ޖެހިދާނެ ކަމަށް ބެލެވޭ ކެންސަރުގެ ތެރޭގައި އުރަމައްޗާއި ގޮހޮރާއި ފުއްޕާމެއާއި ސިކުނޑި އާއި ބޯ އަދި ކަރުގެ ކެންސަރު ހިމެނެ އެވެ. ޓީވީ ބެލުމަށް ވުރެ ބޭރަށް ނުކުމެ ހަރައްކާތެރިވެ އުޅެވޭ ކަހަލަ ކަމެއް ކުރުން ރަގަޅު ކަމަށް ދިރާސާގައި ފާހަގަ ކޮއްފައިވެއެވެ.

މިއީ ހިތުގެ ބައްޔާއި ސްޓްރޯކާއި ހަކުރުބައްޔާއި ލޭ މައްޗަށް ދިއުމާއި ސިކުނޑީގެ ބަލިތަކާއި ނޭވާލުމުގެ ނިޒާމުގެ މައްސަލަތައް އަދި ކެންސަރަށް މަގު ފަހިވާ ވެސް ކަމެކެވެ.

ފިޒިކަލް އެކްޓިވިޓީ ގައިޑްލައިންގައި ބުނެފައި ވަނީ ދުވާލަކު ފަސް ގަޑިއިރަށް ވުރެ ގިނައިރު ތަންތަނުގައި އިށީނދެ ނުތިބުމަށެވެ.

ހަށިގަނޑަށް ކަސްރަތު ލިބޭ ކަހަލަ ކަމެއްގައި ބައިވެރިވުމަކީ ސަލާމަތް ސިއްހަތެއްގައި ހުރުމަށް ވަރަށް ރަގަޅު ކަމަށް ރިޕޯޓްގައި ފާހަގަ ކޮށްފައިވެ އެވެ.