ބްރިޓިޝްގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަދި ލަވަ ލިޔުންތެރިޔާ އެޑް ޝީރަން މިޔުޒިކާ ދުރަށް ދިޔުމަށް ނިންމާފައިވާ ކަމަށް އޭނާ ބައިވެރިވި ''ސްޕައުޓް ޕޮޑްކާސްޓް'' ޝޯގައި ބުނެފިއެވެ.

ބަރުދަން ލުއިކޮށް ހަށިގަނޑަށް ގެނައި ބަދަލުން އެތައް ބައެއްގެ ތަޢުރީފު ލިބި އުފާވެފައިވާ އެޑް ޝީރަންއަށް ދަރިޔަކު ލިބުމުން އޭނާގެ މުޅި ހަޔާތް ބަދަލު ވެގެން ދިޔަ ކަމަށް ވެސް ބުނެފައިވެއެވެ.

އޭނާގެ 11 މަހުގެ އަންހެން ދަރިފުޅު ލައިރާ އެންޓާކްޓިކާ އުފަންވުމުން މިޔުޒިކާ ދުރަށް ދާން ބޭނުންވި ކަމަށާއި މީގެ އިތުރުން ވެސް އެތައް ކަމެއް ބަދަލު ކުރުމަށް ނިންމާފައިވާ ކަމަށް ބުނެފައިވެއެވެ.

މިޔުޒިކާ ބެހޭގޮތުން ވާހަކަދައްކަމުން ޝީރަން ބުނެފައިވަނީ މިޔުޒިކަކީ އޭނާގެ ހޮބީ ކަމަށެވެ. އަދި ވަކި ހިސާބަކުން އެކަމުން ބުރޭކެއް ނަގަން ބޭނުން ވާނެ ކަމަށް ވެސް އޭނާ ބުންޏެވެ. ބުރޭކެއް ނެގުމަށްފަހު ދެން ކުރާނެ ކަމެއް ވެސް އޮންނަން ޖެހޭނެ ކަމަށް ޝީރަން ބުނެފައިވެއެވެ.

މަސްދުވަހުގެ ބުރޭކެއް ނަގާފައިވާ ކަމަށާއި އެ މަސްދުވަހުގެ ތެރޭގައި ގިޓާގައި އަތް ވެސް ނުލާ ކަމަށް ބުނެފައިވެއެވެ. މިޔުޒިކާ ދުރުވުމަށް ފަހު ޝީރަންގެ މިސްރާބު ހުރީ ކުރެހުމަށެވެ.

ދުވާލަކަށް 10 ކެންވަސްގައި ގަނެ އޭގައި ކުރެހުމުގެ މަސައްކަތް ކުރިއަށް ގެންދާ ކަމަށް ބުނަމުން ޝީރަން ބުނެފައިވަނީ އެކަމަށް އޭނާގެ ރަހުމަތްތެރިންގެ އެހީތެރިކަން ލިބޭ ކަމަށެވެ.

މިކަމުގެ ސަބަބުން ދަރިފުޅާއެކު ހޭދަކޮށްލަން ލިބޭ ވަގުތު ގިނަ ކަމަށް ވެސް ޝީރަން ފާހަގަ ކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު