ޓީވީ ޕްރޮގްރާމްތަކާއި ޝޯތައް ހޯސްޓްކޮށް މީހުންގެ ސަމާލުކަން ހޯދާފައިވާ އައިމިނަތު ޝުހާ މި ފަހުން ވަނީ ވެބް ސީރީޒް "އެހެނަސް" އިން ވެސް ބެލުންތެރިންނަށް ފެނިގެން ގޮސްފައެވެ. ޝުހާގެ ހުނަރަށް މީހުން ތައުުރީފާއި ފާޑު ކިއުން ވެސް ވަނީ އަމާޒުވެފައެވެ. މިއީ މަޝްހޫރު ކޮންމެ މީހަކުވެސް ކުރިމަތިލާން ޖެހޭ ކަމެއް ކަން ޔަގީނެވެ.
ބައިސްކޯފުން ގެނެސްދޭ "ތުންތުން މަތިން" ޕްރޮގްރާމްގައި ވާހަކަ ދައްކަމުން ޝުހާ ވަނީ މީހަކު ކޮށްފައިވާ ފާޑު ކިޔުމުގެ ކޮމެންޓަކަށް ރައްދު ދީފައެވެ. އެ ކޮމެންޓުގައި ބުނެފައިވަނީ "އަދި ލަދެއް ނުގަނޭ ބުނަން ތި ޝުހާއެއް ތިމަންނަ ބިޓެއް ހުރެއޭ، އެޓްލީސްޓް ލާން ޓު ރެސްޕެކްޓް ޔުއާ ބޯއީފްރެންޑް، ވުމަން" މިފަދައިންނެވެ.
ޝޯގެ ހޯސްޓް ޝަހޫ މި ކޮމެންޓް ކިޔައި ނިމުމުން ޝުހާ ވަނީ އެއީ ކޮންތާކު، ކިހިނެއް ވެގެން ކޮށްފައިވާ ކޮމެންޓެއްކަން ދެނެގަނެފައެވެ. ޝުހާ ބުނީ އެއީ އޭނާ ހޯސްޓް ކޮށްދިން 'ލޯބިން' ޝޯގެ އެޕިސޯޑުތަކަށް އައިސްފައިވާ ކޮމެންޓެއް ކަމަށެވެ. އެ ކޮމެންޓް ކޮށްފައިވަނީ ލޯބިން ޝޯގެ އެޕިސޯޑެއްގައި ޝުހާގެ ލޯބިވެރިޔަކު ހުރޭތޯ ސުވާލު ކުރުމުން އެ ސުވާލަށް ޖަވާބުދީ އާއެކޭބުނުމުން ކަމަށްވެއެވެ. ޝުހާ ބުނީ އޭނާ ޖަވާބް ދިނީ ތެދައް ކަމަށެވެ.
ޝުހާއަށް އަމާޒުކޮށް އެ ކޮމެންޓް ކޮށްފައިވަނީ ޝޯގެ ގޮތުން ކަމަށް އޭނާ ގަބޫލުކުރެއެވެ. އެ ޝޯގައި ޝުހާ ވާހަކަ ދައްކަނީ "ފްލާޓީ" ގޮތަކަށެވެ. އޭނާ ބުނީ އެއީ ޝޯގެ ކޮންސެޕްޓް ވީމަ ކަމަށެވެ. ޝޯގައި މީހަކާ ވާހަކަ ދައްކާ ގޮތުން އެއީ މީހަކަށް "ކެޓެނީ" ކަމަށް ނުވަތަ އެމީހުން އެބުނާ ގޮތަށް ކަންތައް ވަނީ ނޫން ކަމަށް ޝުހާ ބުނެއެވެ.
"ޝުހާ ދެކޭ ގޮތުގައި އެއީ ޝުހާގެ އޭރު ޖޮބް. ޝުހާ އެހެންވީމަ އޭގެ ކޮންސެޕްޓާއި އެއްގޮތަށް ޝޯ ހުށަހެޅީ" އޭނާ ބުންޏެވެެ.
"އޭރު ބޯއީފްރެންޑް ހުންނާތީ ވަރަށް މީހުން ސުވާލުކުރި. އޭރު އޭނަ ސަޕޯޓިވް ވީމަ ދޯ އެހުރީ އެގޮތަށް އަރާފައި. އެހެން ނޫން ނަމަ ހިއެއް ނުވޭ އެގޮތަށް އެރޭނެ ހެން" ޝުހާ ބުންޏެވެ.
ދުނިޔޭގެ ކޮންސެޕްޓްވީމަތަ އިރުއިރުކޮޅާ ބުރުގާ އަޅާފަ ބާލާފަ ތިޔައުޅެނީ މީހުންގެ ކުރިމަތީގަ. ލަދ
ފުލާޓް ކުރިކުރީނުންގޮސް ބުރުގާވެސް ފުންމާލާގެން ގޮސްސި.
މީ ކުރިން ބުރުގާ އެޅި ކުއްޖެއްތަ؟
ހޭ މަނިކާ. އަޅައިގެން އޮންނާނެ ލަވައެއްވެސް ކުޅެފަ. ބަލަންވެސް ނުކެރޭހާ
ބުރުގާ ނެގީވެސް ކޮންސެޕްޓްގައި އެގޮތަށް އޮތުމުން ؟
އާދެބަލަ އަޅުގަނޑާ ނިކަން ތިޔަ ފުލާޓެއް ކޮއްލަން...ޕުލީޒް ޝުހާ އައިމް ބެގިން ޔޫ.