ދުނިޔޭގެ މަޝްހޫރު ރެޕް ލަވަކިޔުންތެރިޔާ ކާޑީ ބީގެ އިންސްޓަގްރާމް ފޮލޯކުރާ މީހުންގެ އަދަދު 100 މިލިއަން އަށް އެރުމާ ގުޅިގެން ކާޑީ ބީ ފޮލޯވަރުން ކައިރިން އެއް ޑޮލަރު ހަދިޔާކުރަން އެދިއްޖެއެވެ.

ބީ ހިލޭރިޔަސްގެ ލަވަ ކިޔާފައިވާ ކާޑީ ބީ ފޮލޯވަރުންގެ ފަރާތުން ޑޮލަރު ހަދިޔާކުރަން އެދިފައި ވަނީ އޭނާ ކުރި ޓުވީޓެއްގައެވެ.

ކާޑީ ބީ ގެ އިންސްޓަގްރާމް ފޮލޯވަރުންގެ އަދަދު އެއް މިލިއަނަށް އަރާފައި ވަނީ އަންގާރަ ދުވަހުއެވެ.

ސަމާސާ އަކަށް ކާޑީ ބީ އޭނާގެ ފޭނުން ކައިރިން އެއް ޑޮލަރު ހަދިޔާ ކުރަން އެދުނުއިރު ބައެއް މީހުން ކާޑީ ބީ އަށް ޖޯކު ޖަހާފައިވެސް ވެއެވެ. އަދި އަނެއްބައި މީހުން ޑޮލަރު ހަދިޔާ ކުރުމަށް ކާޑީ ބީގެ އެކައުންޓް ނަންބަރު ހޯދަންވެސް ވަނީ އެދިފައެވެ.

ޓުވިޓާގައި ބީ ކޮށްފައިވާ ޓުވީޓަށް ގިނަ ބައެއްގެ ސަމާލުކަން ލިބިފައިވާއިރު ހަގީގަތުގައިވެސް ކާޑީ ބީ އަކީ ފައިސާ ދެކެ އިންތިހާއަށް ލޯބިވާ މީހެއް ކަމަށް ބައެއް މީހުން ބުނެއެވެ. އެއީ އަގުބޮޑު ހަދިޔާއިން ފެށިގެން އަގުބޮޑު ގަހަނާތަކަށްވެސް ބީ ޝައުގުވެރިވާތީ ކަމަށް ފޭނުން ބުނެއެވެ.

ދާދިފަހުން ބީގެ އަންހެން ދަރިފުޅުގެ އުފަންދުހަށް ބީ ހަދިޔާކުރި ކަރުގަ އަޅާ ފަށުގެ އަގަކީ ވެސް ގިނަބަޔަކަށް ހައިރާން ކުރުވަނިވި ނަންބަރުތަކެކެވެ. އެގޮތުން އެ ފަށުގެ އަގު އަށް މިލިއަން ދިވެހި ރުފިޔާ އަށް އަރާއިރު ކޮންމެ އަހަރެއްގައިވެސް ބީ އޭނާގެ ދަރިފުޅަށް އެތައް މިލިއަން ރުފިޔާގެ އަގުހުރި ހަދިޔާ ދޭކަން ފާހަގަ ކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ދޮޅުރޯނާ

    މޮޅުގޮތެއް. އެއްފަހަރުން މިލިއަނަރަކަށް.

    3
    1
  2. ކަލޫ ގަޔާ

    ރުފިޔާ ހެދެނީ ގަހެއްގަތަ؟ ކަލޯ ބުނަން ވާހަކައެއް....މަގޭއެއް ކަލެއަށް ފޮލޮއެއް ނުކުރަން...ދެން ލަލަލަ...ވަރަށް ފޫއްސެއް ވެޔޭ