މީދާ މަރާ ބޭސް ކައިގެން އެއް އާއިލާއެއްގެ ހަތަރު މީހުން އެކީ މަރުވެއްޖެއެވެ.
އިންޑިއާގެ އީސްޓް ބަންޑްރާގައި މި ހާދިސާ ހިނގިއިރު، އެ މީހުން މަރުވެފައި ތިއްބާ ފެނުނީ އެގެއަށް ދިޔަ އަވައްޓެރިއަކަށެވެ.
ބައެއް އޮފިޝަލުންނާއި ހަވާލާދީ ރިޕޯޓްތައް ބުނާގޮތުގައި، އެ އާއިލާގެ މީހުން އަމިއްލައަށް މަރުވެފައި ވަނީ އެ މީހުން ގަންނަން ބޭނުންވި ފްލެޓަށް ދައްކަން ޖެހޭ 15 ލައްކަ ރުޕީސް ނުދެއްކުމާ ގުޅިގެންނެވެ.
މީދާ މަރާ ބޭސް ކައިގެން މަރުވި މީހުންގެ ތެރޭގައި ހިމެނެނީ ދެ ކުދިންނާއި އެ މީހުންގެ މައިންބަފައިންނެވެ. އެ މައިންބަފައިން މަރުވެފައި ވަނީ އެ މީހުންގެ ކައިވެންޏަށް 25 އަހަރު ފުރުނު ދުވަހުއެވެ.
ރިޕޯޓްތައް ބުނާގޮތުގައި، އެ އަންހެން މީހާއަކީ ފުށް ދަނޑެއް ގެންގުޅޭ މީހެކެެވެ. އެ މީހުން މަރުވެފައި ތިބިތަން ފެނުނީ އެ ގެއަށް ފުށް ގަންނަން ދިޔަ އަވައްޓެރިއަކަށެވެ. އެ މީހާ ފުރަތަމަ އެގެއަށް ގޮސް ގޭގެ ދޮރުގައި ޓަކި ޖެހުމުން ވެސް ދޮރު ނުހުޅުވިއެވެ. އެކަމާއި އޭނާ ވަަރަށް ބޮޑަށް ހާސްވިއެވެ. އެހެންވެެ އޭނާ އެ ދޮރުގައި ހުރި ތަންކޮޅަކުން އެތެރެ ބެލިއިރު، ހުރިހާ އެންމެންވެސް ތިބީ އެދު މަތީގައި އެއްވެސް ހަރަކާތެއް ނެތިއެވެ.
އޭނާ ވަގުުތުން އެކަން ފުލުހުންގެ ސަމާލުކަމަށް ގެނައެވެ. އަދި އެ މީހުން ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ.
ރިޕޯޓްތައް ބުނާގޮތުގައި، އެގޭ ތެރެއިން އެ މީހުން މަރުވި ސަބަބު ހިންދި ބަހުން ލިިޔެފައިވާ ގަނޑުކޮޅެއްގައި އޮތެެވެ. އެ ގަނޑުކޮޅުގައި އޮތީ އެ މީހުން މަރުވީ ފައިސާ ނެތިގެން އެކަމުން ސްޓްރެސްގައި ކަަމަށާއި، އެ މީހުންގެ މަރުގެ ފަހަތުގައި އެއްވެސް ބަޔަކު ނެތް ކަމަށެވެ.
ތިފަދަ ހާދިސާތައް އިންކްރެޑިބަލް އިންޑިޔާގައި ކޮންމެ 60 މިނިޓަކުން ކަހަލަ ގޮތަކަށް ހިނގައެވެ. ތިކަންކަން މިރާއްޖޭގެ ނޫސްތަކުގައި ލިއުމަކީ، ނޭނގި ނަމަވެސް ތިކަންކަން އިޝްތިހާރުކުރެވުމެވެ.