ޑާޓްގެ ދުނިޔޭގައި ވިދާލި ކުރީގެ ދުނިޔޭގެ ޑާޓް ޗެމްޕިއަން އެންޑީ ފޯޑްހަމް މަރުވެއްޖެއެވެ.

ބްރިޓިޝް ޑާޓް އޮގަނައިޒޭޝަން (ބީޑީއޯ) އިން އެންޑީ ފޯޑްހަމް މަރުވުމާ ގުޅިގެން ތައުޒިޔާ ފޮނުވާފައިވާ އިރު އެ އޮގަނައިޒޭޝަނުން ބުނީ ފޯޑްހަމް އަކީ ޑާޓް ކުޅުމުގައި އަރާ ހުރި ހުނަރުވެރިއެއް ކަމަށާއި އޭނާ ވަކިވުމުގެ ހިތާމައިގައި ބައިވެރިވާ ކަމަށެވެ.

ދެހާސް ސަތާރަ ވަނަ އަހަރު ޑޮކްޓަރުން ވަނީ ފޯޑްހަމްގެ ސިއްހީ ހާލު ދަށްކަމަށް ބުނެފައެވެ. އެގޮތުން އޭނާގެ ފުރަމޭގެ 75 އިންސައްތަ މަރުވެފައިވާކަމަށް ޑޮކްޓަރުން ވަނީ ބުނެފައެވެ. އޭގެ ފަހުން ފޯޑްހަމް ވަނީ ރިއަލިޓީ ޓީވީ ޝޯ ސެލެބްރިޓީ ކްލަބްގައި ބައިވެރިވެ 2009 ވަނަ އަހަރު ޕްރޮފެޝަނަލް ޑާޓްސް ޗެމްޕިއަންޝިޕްގައި ބައިވެރިވެފައެވެ.

ފޯޑްހަމް ބީޑީއޯ އާއި ގުޅުނީ 2015 ވަނަ އަހަރުއެވެ.

ފާއިތުވި އަހަރު ފޯޑްހަމް ވަނީ އެތެރެހަށީގެ އޮޕަރޭޝަނެއް ކޮށްފައެވެ. އަދި މި އަހަރުގެ ޖަނަވަރީ މަހު ފޯޑްހަމް ނުރައްކާތެރި ކޮވިޑް-19 އަށް ފައްސިވެ އެ ބައްޔާއި ހަނގުރާމަކޮށްފައިވާ އިރު އޭނާ ބުނީ އެއީ އެންމެ ބިރުގަތް ވައިރަސް ކަމަށެވެ.

ކޮވިޑް ބަލިން ރަނގަޅުވެ ފޯޑްހަމް އެނބުރި ޑާޓް ކުޅުމާ ގުޅުނުއިރު އޭނާ އޮތީ އަންނަ އަހަރުގެ ވޮލްޑް ސީނިޔާ ޑާޓް ޗެމްޕިއަންޝިޕްގައި ބައިވެރިވުމަށް ރަޖިސްޓަވެސް ކޮށްފައެވެ.

ފޯޑްހަމް މަރުވީ އޭނާގެ ގޭގައި ހުއްޓައެވެ.

ޑާޓްގެ ފޭނުން ދަނީ ފޯޑްހަމްއަށް ތައުޒިޔާ ފޮނުވަމުންނެވެ. އޭގެ ތެރޭގައި ދެފަހަރު ޑާޓް ޗެމްޕިއަންޝިޕް ހޯދާފައިވާ އެޑްރިއަން ލެވިސް ވެސް ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު