ދުނިޔޭގެ އެންމެ ހުނަރުވެރި ފޯވަޑުންގެ ތެރޭގައި ހިމެނޭ ލިއޮނެލް މެސީއަށް މިއަދު 31 އަހަރު ފުރިއްޖެއެވެ. އޭނާގެ ފޭނުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހާހުން ގުނާލެވޭ ވަރަށް އެބަތިއްބެވެ. އޭނާއާ ގުޅޭގޮތުން އެ މީހުން ލައްކަ ގިނަ މައުލޫމާތުވެސް ހޯދައެވެ.

އޭގެ ތެރެއިންވެސް އެންމެ ފާހަގަކޮށްލެވޭ އެއް ވާހަކައަކީ މެސީ އާއި އޭނާގެ ލޯބިވެރިޔާ ނުވަތަ މިހާރުގެ އަނބިމީހާ އެންޓޮނެލާ ރޮކޫޒޯގެ ލޯބީގެ ވާހަކަތަކެވެ. މި ދެމަފިރިންނަކީ ފުޓްބޯޅަ އިންޑަސްޓްރީގައިވެސް އެންމެ ގުޅޭ ދެމަފިރިންކަމަށް ގިނަ ބަޔަކު ބުނެއެވެ. އުމުރުން އެންމެ ފަސް އަހަރުން ފެށިގެން މެސީ އާއި އެންޓޮނެލާއަކީ ރަހުމަތްތެރިންނެވެ. އެެއިރުވެސް ދެ މީހުންނަށް ދެ މީހުން އިނގެއެވެ.

އެންޓޮނެލާ އާއި މެސީ އަކީ އަވައްޓެރިންނެވެ. އެންޓޮނެލާއަކީ ސުޕާމާކެޓެއް ހިންގަމުން އަންނަ ބައެއްގެ ދަރިއެކެވެ. މި ދެ މީހުންގެ ރަހުމަތްތެރިކަމުގެ ގުޅުން ފެށުނީ އެންޓޮނެލާގެ އާއިލީ ގޮތުން ގުޅުން އޮންނަ ލޫކަސް އާއިއެކު މެސީ އުޅުމުގެ ތެރޭގައެވެ. މި ދެ މީހުން އެކުގައި ތަންތަނަށް ދާއިރު އެންޓޮނެލާ މި މީހުންނާއެކު ދާކަމަށް ވެއެވެ.

ވަރަށް ކުޑައިރުން ފެށިގެން މެސީ އެންޓޮނެލާ ދެކެ ލޯބިވެއެވެ. މެސީ ދަންނަ ގިނަ ބަޔަކު ބުނާގޮތުގައި، މެސީގެ އުމުރުން ނުވަ އަހަރުގައި އޭނާ ވަނީ އެންޓޮނެލާ އަށް ލޯބީގެ ސިޓީ ފޮނުވާފައެވެ. އެގޮތުން އެއިރުވެސް މެސީ އޭނާގެ ހަޔާތުގެ ބައިވެރިއަކަށް އެންޓޮނެލާ ހަދައި، އޭނާ ހާސިލްކުރާނެކަމަށް ބުނެވެސް ސިޓީ ފޮނުވިކަމަށް ވެއެެވެ.

މެސީގެ އުމުރުން 20 އަހަރުގައި މެސީ އާއި އެންޓޮނެލާ އާއި ލޯބީގެ ގޮތުން ގުޅުނުއިރު، އޭގެ އަހަރެއްފަހުން އޭނާ އެކަން ވަނީ އާއްމުންގެ ސަމާލުކަމަށް ގެނެސްފައެެވެ.

މެސީ އާއި އެންޓޮނެލާ ލޯބީގެ ގޮތުން ގުޅުމުގެ ކުރިން އެންޓޮނެލާ ދިރިއުޅޭ އަވަށުގެ އެހެން މީހަކާއި ލޯބީގެ ގޮތުން ގުޅިގެން އުޅުނެވެ. އެ ދުވަސްކޮޅަކީ މެސީ ފުޓުބޯޅައިގެ ތެރެއަށް ވަދެ މަޝްހޫރުވަމުން އައި ދުވަސްކޮޅުކަމަށް ވެއެވެ.

އެހެން ނަމަވެސް އެންޓޮނެލާ ގާތް ރަހުމަތްތެރިއެއްގެ ކުއްލި މަރާއެކު މެސީ އެންޓޮނެލާ ކައިރީގައި ހުންނަން ބޭނުންވެގެން އެންޓޮނެލާ ގާތަށް ދިޔަ ހިސާބުން އަނެއްކާވެސް މެސީ އާއި އެންޓޮނެލާ ގުޅުމަށް އާރޯކަމެއް ގެނުވި ކަމަށް ގިނަ ބަޔަކު ބުނަމުން ދިޔައެވެ. އެ ގުޅުން ވަރުގަދަވެ އެންމެ ފަހުން ދެ މީހުން ލޯބީގެ ގޮތުން ހަމަ ރަނގަޅަށްވެސް ގުޅުނީއެވެ. އެއަށްފަހު 2009 ވަނަ އަހަރު އާއްމުންނަށް އެކަން ހާމަވެސް ކުރިއެވެ.

މެސީ އޭނާގެ ލޯބިވެރިޔާއަށްޓަކައި ވަރަށް ގިނަ ކަންތައްތައްކޮށްދިނެވެ. އެގޮތުން 2012 ވަނަ އަހަރު މެސީ ކުޅުނު މެޗެއްގައި ގޯލެއް ޖެހުމަށްފަހު އޭނަގެ ބަނޑު ތެރެއަށް ބޯޅައެއް ލައިގެން އުޅުނީ މެސީ ދަރިއަކަށް އެންޓޮނެލާ ބަލިވެ އިނުމުން އެކަން ފާހަގަކުރުމަށް ކަމަށް ގިނަ ބަޔަކު ބުންޏެވެ. 2012 ވަނަ އަހަރު މެސީއަށް ފުރަތަމަ ދަރިފުޅު ލިބުނުއިރު، އޭނާއަށް ދެވަނަ ދަރިފުޅު ލިބުނީ 2015 އަހަރުއެވެ.

މި ދެމީހުން އެކުގައި އެތައް އަހަރެއް ހޭދަކޮށް ކައިވެނިކޮށްފައި ވަނީ މިދިޔަ އަހަރުގެ މެދު ތެރޭގައެވެ. އެ ކައިވެނި ހަފްލާ ބާއްވާފައިވަނީ އޭނާގެ އުފަން ރަށް ކަމަށްވާ އާޖެންޓީނާގެ ރޮޒެރިއޯގައެވެ. ގަރުނުގެ ބޮޑު ކައިވެނީގެ ގޮތުގައި ގިނަބަޔަކު ފާހަގަކުރި އެ ކައިވެނީގެ ހަފްލާގައި މަޝްހޫރު ފުޓްބޯޅަ ތަރިންނާއި، މަޝްހޫރު އެހެނިހެން ފަރާތްތަކުންވެސް ބައިވެރިވިއެވެ. މެސީ އާއި އޭނާގެ އަނބިމީހާއަކީ އެތައް ބަޔަކަށް ހުރި ލޯބީގެ މިސާލެކެވެ. ދެ މީހުންވެސް ދެ މީހުން ދެކެ އިންތިހާއަށް ލޯބިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

 1. ޜަރީ

  ކައިވެނި ނުކޮށް ދަރިން ހޯދާފަ ފަހުން ދޯ މި ކައިވެނި ކުރަނީ. ބޯ ހަލާކު.

 2. މޯޑް

  މިމީހުން މިސާލަކަށް ބަލާގެން އުޅެން ވެއްޖީޔާ ކައިވެނި ކުރުމުގެ ކުރިން އަނބިމީހާ އެބަޖެހޭ ބަލިވެއިދެވިހާ

 3. ޥާމޯސް

  ލޯބި ކަޕުލެއް 3>

 4. ޜޮނާޑޯ

  ވަރަށް ސަޅި އާޓިކަލް އެއް. މެސީގެ އެންމެ ޅަ ދަރިފުޅުގެ އުފަން އަހަރު ވެސް ހިއްސާ ކޮށްލިނަމަ މާ ފުރިހަމަ ވީސް .

 5. ށެލީނާ

  ޅަވްޔޫ މެސީ

  • އިޝާ?

   ހޭަޓް ޔޫ މެސީ
   ލަވް ޔޫ ރޮނާލްޑޯ

 6. ާައަބޫތޯލިބު

  މެސީ އަކީ މުސްލިމެއް ނަމަ ކިހާ ރަނގަޅު....