ދިވެހި ލަވަތަކުން އާއްމުންގެ ބޮޑު މަގްބޫލުކަމެއް ހޯދި އަހްމަދު އަޒްމީލް (އަޒޭ) ސިންގަލްކޮށް ހުރިކަން އޭނާ މި ވަނީ އިއުލާނުކޮށްފައެވެ. އޭނާ އެކަން އިއުލާނުކޮށްފައި ވަނީ އިންސްޓަގްރާމްގައި މީހަކު ކުރި ސުވާލަކަށް ޖަވާބުދެމުންނެެވެ.

އަޒޭޭ އެންމެ ފުރަތަމަ ކައިވެނިކޮށްފައި ވަނީ ބަތަލާ ރިޝްމީ ރަމީޒްއާއެވެ. ލޯބީގެ ގޮތުން ގުޅިގެން އުޅެފައި، ކައިވެނިކޮށް ދެ މީހުންނަށް ފިރިހެންް ދަރިއަކު ވެސް ވަނީ ލިބިފައެވެ. އެހެން ނަމަވެސް އެ ކައިވެނި ވަނީ ރޫޅިފައެވެ.

އޭގެ ފަހުން ރިޝްމީ ވަނީ މަޝްހޫރު ތަރި ރަވީ ފާރޫގް އާ ކައިވެނިކޮށްފައެވެ.

އެހެން ނަމަވެސް އަޒޭ އޭގެ ފަހުން ކައިވެންޏެއް ކޮށްފައެއް ނުވެއެެވެ. އަދި އޭނާ މީހަކާއި ލޯބީގެ ގޮތުން ގުޅިގެން އުޅުނު ކަމުގެ އަޑުތަކެއް ވެސް އަރާފައެއް ނުވެއެވެ.

އެކަމަކު ދޭތެރެ ދޭތެރެއިން އޭނަ ބައެއް އަންހެން ފަންނާނުންނާއެކު މީސް މީޑިއާގައި ފޮޓޯތައް ލާތީ އަޑުތައް އަރައެވެ. އެގޮތުން މިދޭތެރެއިން އޭނާ މާގިނައިން ފަރީލާ އާއި އާޝާ އާއެކު ފޮޓޯތައް ހިއްސާ ކުރާތީ އެވާހަކަތައް ދެކެވެމުން ދެެެއެވެ.

އަޒޭ މިއަދު އިންސްޓަގްރާމަށް ލި އިތުރު ޕޯސްޓެއްގައި މީހަކު އޭނާ ކައިރިން އޭނާ ކައިވެނި ނުކޮށް ހުރީ ކީއްވެގެންތޯ ސުވާލު ކޮށްފައެވެ. އެ ސުވާލަަށް ޖަވާބުދެމުން އަޒޭ ވަނީ އެއީ މަޖުބޫރު ކަމެއްތޯ ސުވާލު ކޮށްފައެވެ.

"ތެޅި ގަނެގެން މެރީ ކުރަން އުޅުމަކީ ގޯހެއް، ހާސް ނުވޭ އަހަރެން ކައިވެނި ކުރާނަން، އެކަމަކު އަހަރެން ބޭނުންވީމަ، އަހަރެން ތައްޔާރުވީމަ، އެއީ އެއްވެސް މީހަކު ބުނެގެން ނޫން، އެއްވެސް މީހަކު ޕްރެޝަރ ކޮށްގެން ވެސް ނޫން". އަޒޭގެ ޕޯސްޓްގައި ވެއެވެ.

އަޒޭ ބޮޑަށް މަޝްހޫރުވެގެން ގޮސްފައި ޔާރާގެ ޕްރޮޑަކްޝަންތަކުގެ ވީޑިއޯލަވަތަކުންނެވެ. އެކްޓިންގެ އިތުރުން ކޮރިއޮގްރާފްކޮށް ނަށަން ދަސްކޮށްދިނުމުގައި އަޒޭގެ ނަން ވިދައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

 1. ހުސޭނުބޭ

  އަޒޭ!....... ފާތުން ދައިތަވެސް ހުރީ ހަމަ ސިންގަލްކޮށް
  ފިރިހެނަކު އަލަށް ސިންގަލްވެގެން ނޫހަށް އެވާހަކައެރީމާ އަންގާލީ މި

  25
  1
  • ކިޔޫ

   ކެކެކެކެ

   8
   1
   • ހައްޖަ

    ދެނޯ؟

 2. Anonymous

  ހޫ ކެއަސް😏😌

  19
  1
 3. ކޮޔާ

  ހޫ ކެއާސް😏😏

  13
  1
 4. އާސިދާ

  މިދެން ހަބަރެ އްތަ.....ކެކެކެ

 5. ކިހާ ހިސާބަކުން

  ތީ ދެން މާ މޮޅު ވާހަކަ އެއ އްތަ؟

 6. ޢަހު

  ޙެހހހެހެހެެހެހެހެހެހހެހެހެ