ޖިންސީ އެދުން ބޮޑުވެގެން އުޅުނު ފިރިހެނަކަށް ދުވަހަކު ވެސް ހިތުން ނުފިލާ ވަރުގެ ލަނޑެއް ލިބިއްޖެއެވެ.

ތައިލޭންޑްގެ ވެރިރަށް ބެންކޮކޮގައި ހިނގާދިޔަ އެ ހާދިސާގައި އަނިޔާ ލިބިފައިވަނީ 38 އަހަރުގެ މީހަކަށެވެ. އޭނާގެ މަންމަ ޑޮކްޓަރުން ކައިރީ ބުނެފައިވަނީ އެ ހާދިސާ ހިނގިތާ ދެ ހަފްތާ ވެދާނެ ކަމަށާއި ދެ ހަފްތާ ވަންދެން އޭނާ އުޅުނީ ވަރަށް ހާލުގައި ކަމަށެވެ.

އެ ހާދިސާ ކިޔައި ދެމުން އޭނާގެ މަންމަ ބުނީ، އޭނާ ދަރިފުޅަކީ ޖިންސީ އެދުން ބޮޑު މީހެއް ކަމަށާއި އޭނާ "ކަމެއް ކުރަން އުޅެނިކޮށް" ޖިންސީ ގުނަވަނުގައި 'ޕެޑްލޮކް" އެއް ތާށިވީ ކަމަށެވެ. އޭނާ އެކަން ކުރީ ލޯބީގެ ގޮތުން ގުޅިގެން އުޅޭ އަންހެން ކުއްޖަކު ނެތުމުން ކަމަށް އޭނާ ވަނީ ބުނެފައެވެ.

އެގޮތަށް ގިނަ ދުވަސް ވުމުގެ ސަބަބުން އޭނާގެ ޖިންސީ ގުނަވަން ދުޅަވެފައިވާ ކަމަށް ވެސް ޑޮކްޓަރުންނާއި ހަވާލާދީ އޭނާގެ މަންމަ ވަނީ ބުނެފައެވެ.

"އޭނާ ބުނީ، އެކަން ކުރީ ގޭގައި ފޫހިވެގެން ކުރާނެ ކަމެއް ނެތިގެން ކަމަށް. އެގޮތަށް ބުނުމުން ވަރަށް ރުޅި ގަދަވި. އަދި ދެވަނަ ފަހަރު އެފަދަ ކަމެއް ތަކުރާރު ނުކުރުމަށް ވާނީ އަންގާފައި" އޭނާގެ މަންމަ ބުންޏެވެ.

ޑޮކްޓަރުން ބުނީ، އޭނާ ސަލާމަތް ކުރުމަށް 30 ވަރަކަށް މިނެޓުގެ ކުޑަ އޮޕަރޭޝަނެއްކޮށް، ގްރޭންޑަރަކުން އެ ތަޅު ކަފާފައިވާ ކަމަށެވެ. އަދި މިހާރު އޭނާ އަށް ބޭސް ދީ ދޫކޮށްލާފައިވާ ކަމަށް ވެސް ވަނީ ބުނެފައެވެ.

ބޭސް ދިން ނަމަވެސް، އޭނާ "ރެސްޓެއް" ނަގަން ޑޮކްޓަރުން ވަނީ އަންގާފައެވެ.