ސެލްފީ ނަގަން އުޅުނު ބައެއްގެ ފަރާތުން އަނިޔާ ލިބުމުގެ ސަބަބުން، އިންޑިއާގެ ސިޓީއެއް ކަމަށްވާ ޖަލްޕައިގުރީގައި ސާމަރާ ދޫންޏެއް މަރުވި މައްސަލަ ހޫނުވެ، އިދާރާތަކުން އެ މައްސަލަ ބަލަން ފަށައިފިއެވެ.

މި ހާދިސާ އާއި ގުޅިގެން ޖަލްޕައިގުރީގެ ވައިލްޑް ލައިފް ސެންޓަރުން ބުނެފައިވަނީ، ސާމަރާ ދޫނި މަރުވި މައްސަލަ ބަލަމުންދާ ކަމަށާއި، އެ ދޫނި މަރުވެފައި ވަނީ ގިނަ ދުވަސްތަކެއް ވަންދެން ޢާންމުންގެ ފަރާތުން އަނިޔާ ލިބެމުން ދިއުމަށްފަހު ކަމަށެވެ.

ޖަލްޕައިގުރީގައި މި ސާމަރާ ދޫނި ގެންގުޅުނީ ކޮން ބައެއްކަން އަދި ހޯދިފައިނުވާއިރު، އޭގެ ފިޔަތައް ހުރީ ކޮށާފައެވެ. އަދި ކޮންމެ ދުވަހަކު އެ ދޫންޏާއިއެކު ސެލްފީ ނަގަންދާ ގިނަ ޢަދަދެއްގެ ބަޔަކު އެއަށް އަނިޔާދެމުން ދިޔަކަން ވަނީ ހާމަވެފައެވެ. އެފަރާތްތަކުން އެ ސާމަރާ ދޫންޏަށް އަނިޔާކުރަނީ، އޭގެ ފިޔަގަނޑު ހުޅުވާތޯ ކަމަށް ވެއެވެ.

މި މައްސަލައިގެ ރިޕޯޓް ލިބުމާއި ގުޅިގެން ފުލުހުން އެ އަވަށަށް ދިޔައިރު، އެ ދޫނި އޮތީ ލިބުނު އަނިޔާގެ ސަބަބުން ވަރަށް ހާލު ދެރަވެފައި ކަމަށް އޮފިޝަލުން ބުނެއެވެ. އެ ދޫނި މަރުވެފައިވަނީ، ދޫނިތައް ގެންގުޅޭ ޚާއްސަ މަރުކަޒަކަށް ގެންދިޔަ މަގުމަތީގައެވެ. އެއާއިއެކު ތަހުޤީޤަށް މިހާރު މި ސާމަރާ ދޫނި ވަނީ، ބިނަކުރީ ވައިލްޑްލައިފް އާއި ޙަވާލުކޮށްފައެވެ.

އިންޑިއާގެ ޤައުމީ ދޫނި ކަމުގައިވާ ސާމަރާ ދޫންނަކީ އެޤައުުމުގައި ޙިމާޔަތްކުރެވިފައިވާ ދޫންޏެކެވެ. ސާމަރާ ދޫނީގެ ފަތް ގަނެވިއްކުމަކީވެސް އެޤައުމުގައި ޤާނޫނީ ގޮތުން މަނާކޮށްފައިވާ ކަމެކެވެ. ޖަލްޕައިގުރީގައި މިމަހުގެ ތެރޭގައި ހިނގި ހާދިސާގައި ސާމަރާ ދޫންޏަކަށް އަނިޔާކޮށް މަރާލި މައްސަލަ ފެންމަތިވުމާއި ގުޅިގެން، އެޤައުމުގެ ގިނަ ބަޔަކު ދަނީ އެކަން ކުއްވެރި ކޮށް ނުރުހުންވުން ފާޅުކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އަޙުމަދު

    ކޮބާ ރޭޕްކޮށް މަރަމުންދާ ކުޑަކުދިންގެ ހައްގުގަ އިންޑިއާގެ ގިނަމީހުން ކަންބޮޑުނުވޭތޯ

  2. ޑިމޮކްރަޓިސްޓް

    ކަލޭމެނަށް ބޮޑުކަމަކަށް ވެގެން ތިއުޅެނީ ދޫންޏެއް މަރުވެގެން.!. ކޮންމެ ދުވަހަކު ރޭޕްކޮށްފަ މަރާހާ ކުޑަކުދިންނޯ؟ މިމައްސަލަ ހޫނުވެ މައުމުގެ މީހުން ކަންބޮޑެއްނުވޭދޯ؟ ގަޅިންއުޅޭ ގަމާރު ގައުމެއްތީ!

  3. Anonymous

    ނަސީބެއްނު ގެރިއެއް މަރުނުވިކަން. އޭރުން ގެރިމޯދީ ކުތީސް މަގުމަށްޗަށް!