އިންޑިއާގައި އުމުރުން 23 އަހަރުގެ އަންހެނަކު ރޭޕް އުޅުނު ފިރިހެނެއްގެ ކިބައިން ސަލާމަތްވުމަށް، ކުރިކަމުން ބިންމައްޗަށް ވެއްޓި މަރުވެއްޖެއެވެ.

މި މައްސަލާގައި އެ އަންހެން މީހާ ފުލުހުންގެ ބެލުމުގެ ދަަަށަަށް ގެންދިޔަ ނަމަވެސް ފަހުން އެ މީހާ ވަނީ ދޫކޮށްލާފައެވެ. ފުލުހުން ބުނެފައި ވަނީ، އޭނާ އަމިއްލަ ދިފާއުގައި ތެދުވީ ކަމަށެވެ. އެ އަންހެން މީހާއަކީ ދެ ކުދިންގެ މަންމައެކެވެ. އަދި އޭނާ އުޅުނި އެމީހާގެ ކިބައިން ސަލާމަތް ނުވެވިގެން ކަމަށާއި، އެގޮތަށް އުޅެނިކޮށް، އެ އަންހެން މީހާ އެ މީހާ ކޮއްޕާލިއިރު، ބިން މަތީގައި އެ މީހާ ޖެހުނު ގޮތަކުން މަރުވީ ކަމަށް ރިޕޯޓްތައް ބުނެއެވެ.

އެއީ ކާކުކަން އަދި ހާމަކޮށްފައެއް ނުވެއެވެ. ބެލެވޭގޮތުގައި، އޭނާގެ ވެއްޓުނުއިރު، ބޯ ޖެހުނީ ގަލެއްގައެވެ. ފުލުހުން ހިންގި ތަހުގީގުން އެނގުނުގޮތުގައި، އެ އަންހެން މީހާ އޭނާ ކޮއްޕާލީ، އޭނާ ކައިރިން ސަލާމަތް ވުމަށެވެ. އެހެންވެ ހިންގި ތަހުގީގަށް ފަހު އެ އަންހެން މީހާ ވަނީ ދޫކޮށްލާފައެވެ.

ފުލުހުން ބުނެފައި ވަނީ މިންޖޫރް ކައިރީގައި މިދިޔަ ބުދަ ދުވަހުގެ މެންދުރުގެ ވަގުތެއްގައި މީހަކު މަރުވެފައި އޮއްވާ ފެނިގެން އެކަން އާއްމުން ފުލުހުންނަށް ގުޅި ކަމަށެވެ. އަދި އެ މީހާގެ ހަށިގަނޑު ޓިރުވައްލޫރް ސަރުކާރު ހޮސްޕިޓަލަށް ޕޯސްޓް މޯޓަމް ހެދުމަށް ފޮނުވާލި ކަމަށް ބުނެފައި ވެއެވެ.

އަދި ފުލުނުން ހޯދި މައުލޫމާތުން އެނގުނުގޮތުގައި، އެ ފިރިހެން މީހާއަކީ ހިޖުރަވެރިއެކެވެ. އަދި އޭނާ މި އަންހެން މީހާގެ ފަހަތުން އުޅޭތާ ވަރަށް ގިނަ ދުވަސްވެފައިވާ ކަމަށް ވެއެވެ.

އެ ފިރިހެން މީހާ ރޭޕް ކުރަން އުޅުނު މީހާއަކީ ފިރިމިހާ އާއި އާއިލާއެކު ދިިރިއުޅެމުންދާ މީހެކެވެ. އަދި އެ މީހުންނަކީ މަހުގެ ބާވައްތަކާއި ގުޅުން ހުރި ދަނޑެއްގައި ވަޒީފާގައި އުޅެމުންދާ މީހުންނެވެ.

"ބުދަ ދުވަހު އެ ފިރިހެން މީހާ ވަނީ ދަނޑު ތެރެއަށް ވަދެ، އަންހެން މީހާގެ އަނގަ މަތީގައި އަތް އަޅާ، އެ އަންހެން މީހާ ބިންމަތީގައި ދަމާފައި ގެންގޮސް، އޭނާގެ ގަޔަށް އަތްލާ ހަދަން". ފުލުހުން ބުނެފައި ވެއެވެ.

އަދި ޖިންސީ ގޯނާ ކުރަން އުޅުމުން، އެ އަންހެން މީހާ އޭނާ ކޮއްޕާލީ ކަމަށާއި، އެގަޑީގައި އެ މީހާ ވެއްޓި ބޯ ޖެހުނީ ގަލެއްގައި ކަމަށް ބުނެފައި ވެއެވެ. އަދި އޭނާ ވެއްޓުނު ގޮތަށް ހޭނެތުނުއިރު، އެ އަންހެން މީހާ އޭނާ މަގުގެ އެއް ފަޅިއެއްގައި ބާއްވާފައި އެކަން ފިރިމީހާގެ ސަމާލުކަމަށް ގެނައި ކަމަށް ބުނެފައި ވެއެވެ.

އެ މީހުން އެ ސަރަހައްދަށް ފަހުން ދިޔައިރު، އާއްމުންނަށް އެ މަންޒަރު ފެނިގެން ފުލުހުންގެ ސަމާލުކަމަށް ވަނީ ގެނެސްފައެވެ.

މީގެ ކުރިންވެސް އިންޑިއާގައި މިފަދަ ހާދިސާތަކެއް ހިނގާފައިވެއެވެ.