ކައިވެނީގެ ހަފްލާތަކުގައި ނެށުމަކީ މިހާރު ޓްރެންޑަކަށް ވަނީ ވެފައެވެ. މިއުޒިކްގެ އަޑެއް ނީވި، ބަޔަކަށް ނަށާ ނުލެވޭ ނަމަ ކައިވެނީގެ ހަފްލާ "ފަޅުވެ"އެވެ. ޖޯޝުގައި ނެށުމާއި ނަށާ ކުދިންނަށް ކައިވެނީގެ ހަފްލާތެެރެއިން ތަރުހީބުދޭ އަޑު ވެގެން ގޮސްފައިވަނީ ހަފްލާއަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދޭ ކަމެއްގެ ގޮތުގައެވެ.

މީސް މީޑިއާގައި މީހަކު ރޭ ހިއްސާ ކުރި ކައިވެނީގެ ހަފްލާއެއްގެ ތެރެއިން ނެށުމުގެ ހުނަރު ދައްކާލާ އަށް މިނެޓު 41 ސިކުންތުގެ ވީޑިއޯއަކަށް ގިނަ ބައެއްގެ ނަޒަރު ވަނީ ހުއްޓިފައެވެ. މި ވީޑިއޯ ކްލިޕް މީސް މީޑިއާގައި "ވައިރަލް" ވެފައިވާ އިރު، އެ ވީޑިއޯ އިން ފުރަތަަމަ ފެނިގެންދަނީ ތިން ފިރިހެނުން ދިވެހި ލަވައަކަށް ނަށާ މަންޒަރެވެ.

ހިންދީ، ދިވެހި އަދި އިނގިރޭސި ހިމެނޭހެން މެޝްއަޕް ލަވައެއް ހަދައިގެން ނަށަމުންދިޔަ މި ގުރޫޕަަށް ވަކި ހިސާބަކުން އިތުރު މީހުން ބައިވެރިވެއެވެ. ނެށުމުގެ ފޯރިހިފައި، ގުރޫޕަށް އިތުރު މީހުން ބައިވެރިވަމުން ނަށައި ނިމޭއިރު 10 މީހުން ނަށަން އުޅެއެވެ. ދިހަ މީހުންގެ ގުރޫޕުގެ އިތުރުން ނެށުމުގައި "ގްރޫމް" ވެސް ވަނީ ބައިވެރިވެފައެވެ.

މި ވީޑިއޯ ފޭސްބުކްގައި އާންމު ކުރިތާ 24 ގަޑިއިރު ނުވަނީސް، 20،000 އަށް ވުރެ ގިނަ މީހުން ވަނީ ވީޑިއޯ ބަލައިފައެވެ. އަދި މިހާތަނަށް އައިިއިރު މި ވީޑިއޯ އަށް 800 އަށް ވުރެ ގިނަ ޝެއާ ލިބިފައިވާ އިރު، ހާހަކަށް ވުރެ ގިނަ މީހުން ވީޑިއޯ އަށް ރިއެކްޓްކޮށްފައިވެއެވެ. މިއަށް ރިއެކްޓް ކުރި މީހުންގެ ތެރެއިން 900 އަށް ވުރެ ގިނަ މީހުން ދިނީ ހިތެކެވެ. އަދި 200 އަށް ވުރެ ގިނަ މީހުންނަށް މި ވީޑިއޯ ވަރަށް މަޖާވިއެވެ.

މި ވީޑިއޯގައި ނެށި މީހުންގެ ފަރާތުން ވަރަށް ރީތި ހުށަހެޅުންތަކެއް ފެނިގެން ގޮސްފައިވެއެވެ. ވީޑިއޯ އަށް ބަލާލުމުން މިއީ ބަޔަކު ކުރި ވަރަށް ބުރަ މަސައްކަތެއް ކަން ފާހަގަކޮށްލެވެއެވެ.

މި ނެށުމުގައި ބައިވެރިވި ޒުވާނަކު "ވަގުތަށް" މިއަދު ބުނީ އެމީހުންނަކީ ނަށާ އުޅޭ ގްރޫޕެއް ނޫން ކަމަށެވެ. އެކަމަކު އެ ހަފްލާގައި ނެށީ ކައިވެނި ކުރި މީހާ އަށް "ސަޕްރައިޒެއް" ދިނުމުގެ ގޮތުން ކަމަށް ވެސް އެ ޒުވާނާ ބުންޏެވެ.

އަދި އެގޮތަށް ނެށުމަށްޓަކައި ދެ ހަފްތާ ވަންދެން ފަރިތަ ކުރި ކަމަށް އޭނާ ބުންޏެވެ.

"ގިނަ މީހުން މިކަން ކޮށްދިނީ ގްރޫމްއަށްޓަކައި. ގިނަ މީހުންނަކީ ނަށާ އުޅޭ މީހުންނެއް ވެސް ނޫން،" އެ ޒުވާނާ ކިޔައި ދިނެވެ.

ކައިވެނީގެ ހަފްލާތަކުގައި ނެށުން ޓްރެންޑަކަށް ވެފައިވީ ކަމުގައި ވިޔަސް، މިއީ ތަފާތު މަންޒަރެެކެވެ. އެންމެން އެއް ސްޓެޕްތަކެއް ޖައްސައި ފުރިހަމަ ނެށުމެއް ހުށަހަޅައި ދިނުމަކީ ވަރަށް އުނދަގޫ ކަމެކެވެ. އެކަމަކު، މި ދިވެހިން ވަނީ އެމީހުންގެ ހުނަރު ދައްކާލައިފައެވެ.

ނެށުމުގެ ހުނަރު ދައްކާލައިފައިވާ މެޝްއަޕް ލަވައިގެ ތެރޭގައި ހިމެނޭ ދިވެހި ލަވަތަކަށް ބަލާ އިރު، "ބަލާލީމާ ލަދުން ދެން"، "ދޭޝޭ ލޯބިން ހިތްވަރު" ފަދަ ދިވެހިންގެ ތެރޭގައި މަގްބޫލު ލަވަތައް ހިމެނެއެވެ. އަދި ހިންދީ މަޝްހޫރު ލަވަތަކަށް ވެސް މި މީހުން ނެށިއެވެ.

 

 

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

 1. ދިދަ ދަނޑި

  އާކަމެއް ނޫން…

  20
  2
 2. ރަދީފް

  ނެށުމަކީ ހަރާމް ކަމެއް!

  41
  7
 3. ޝިދާތާ

  އިސްލާމް ދީނުގަ ސީދާ ކަނޑައެޅިގެން ހަރާމް ކަމެއް ތިކުރީ!

  51
  7
  • ާއަލީ

   ހަރުކަށި ފިކުރު ނުފެތުރުން އެދެން

   5
   12
 4. ޑރ. މުޙައްމަދު ޢިޔާޒް އަބްދުއްލަތީފް

  ނެށުމަކީ ދީނުގަ މުޅިން ނަހީ ކުރައްވާފަިވާ މުނަކަރާތެއް! މިފަދަ ކަންކަމުން އަޅުގަނޑުމެން ދުރުހެލިވާންޖެހޭ! މިފަދަ ދަށުދަރަޖައިގެ އަމަލުތައް ނުކުރުމައް ދިވެހިންނަށް ނަސޭހަތްތެރިވަން! އަދި އިސްލާމީ އުސޫލުތަކާ އެއްގޮތްވާގޮތުގެ މަތިން ކައިވެނި ހަފްލާތައް ބޭއްވުމައް ނާސޭހަތްތެރިވަން! އަދި ވަގުތު ނޫހުންވެސް މިކަހަލަ ޚަބަރުތައް ނުލިޔުއްވުން އެދެން!

  60
  5
  • ދެރާ

   އިންޑިއަން ދިވެހި ހިންދީން

 5. ރަހުވާ ރަޝީދު

  ވަރަށް ރަނގަޅުކަމެއް ތި ކުރީ!

  6
  30
 6. ޔޫސުފް އިނާޝް

  ވަރަށް ސަޅި ނެށުމެއް، ސާބަސް!

  4
  35
 7. އައިނާ ޢަލީ

  މަރުހަބާ ދެކުދިން!

  6
  23
 8. ނޫރު ބިން ޙާމިދު

  ކޮންގްރަޓްސް!

  9
  12
 9. ޖަންގަލި

  އިންޑިއާ އިޓްސީމްސް ވިލް ނެވަރ ގެޓް އައުޓް.

  24
  4
 10. ޅލla

  އިންޑިޔަ މެހެންދި ދިވެހި ވަރްޝަން

  18
  6
 11. ޥަހުތާން

  މީއެއްނު އެބުނާ އެޖެންޑާ ނަވާރައިގެ ކުޅިވަރަކީ ތިޔަތަނުގަ ވާނުވާ ނޭނގޭފަދަ ބުއިންތައް ހުރިނަމަ ބަރާބަރުވީސް. ޢަހަރެމެން ނަކީކޮން މެކަމެއްވެސް ކޮޕީކުރާ ބަޔެއް މީ މިހާރުއިންޑިއާގަވެސް ކޮށް އުޅޭ ކަމެއް ގިނަ ކަންތައް ކޮޕީ ކުރަނީ އެމީހުންގެ ފަރާތުން . ތިޔަކަމުގައި ބައިވެރިވިމީހުނަށް ހެޔޮވިސްނުންދެއްވާށި .އާމީން!

  23
  5
 12. އުމަރު

  ހަރާންކަމެއް ވެއްޖާ މަޖާވާނެ 😡

  13
  3
 13. ޙަހަ

  ދިވެހިން މޮޔަހަށްދަން އިންޑިޔާއިން ކުރާމަސައްކަތް ބާރަށްދާކަން މިކަމުން ފެނިގެން މިދިޔައީ. ދިވެހިންގެ ގަމާރުކަން. އަމިއްލަވަންތަކަން މަދުލާރިކޮޅަކަށް ބަޔަކު ވިއްކާލައިފި، ހާއްސަކޮށް އައްޑޫ މެމްބަރުން. ތާރީހައްޓަކައި ނޯޓް ކޮއްލާ.

  9
  2
 14. މުޙައްމަދު

  ދެމަފިރިންނަކީ ފިރިމީހާއާއި އަނބިމީހާ.. ދެން ގުރޫމަކީ ކާކު ވަލީވެރިޔާބާ.🤔

  • ގާރލް7

   ގްރޫމްއަކީ ކައިވެނިކުރާ ފިރިހެން ކުއްޖާއަށް އިނގިރޭސިން ކިޔާ ނަން. އަދި ކައިވެނި ކުރާ އަންހެންކުއްޖާ އަށް އިނގިރޭސިން ކިޔާނީ ބްރައިޑް 😊

 15. ރާކަނި ސައްތާރު

  ޢިންޑިޔާ އައުޓް ކަރުން ނާރު ފުއްޕާފައި ގޮވާ...ދެން ފިޔާ ހެއްދޭތޯ ބަލަމާ ހިނގާ