ތަފާތު ވީޑިއޯތައް ކޮންމެ ދުވަހަކު ވެސް އިންޓަނެޓްގައި ދައުރުވަމުން އަންނަ އިރު ގިނަ ވީޑިއޯތައް އާއްމުންގެ ސަމާލުކަން ހޯދަނީ ވީޑިއޯ އިން ފެންނަ އާދަޔާއި ހިލާފު އުނދަގޫ ކަންތައްތައް މީހުން ކުރާ މަންޒަރު ދައްކުވައިދޭތީ ކަމަށް އޮންނަނީ ހީވެފައެވެ. ނަމަވެސް އާދައިގެ ގޮތަކަށް ކަންކަން ކުރުމުން މީހުންގެ ސަމާލުކަން ހޯދުން މާފަަސޭހަކަން ޓިކްޓޮކްގައި މަޝްހޫރު ކާބީ ލާމޭ މިވަނީ ސާބިތު ކޮށްދީފައެވެ.

އުމުރުން 21 އަހަރުގެ ކާބީ މިހާރު ވަނީ 87 މިލިއަން ފޮލޯވާސް އާއިއެކު ޓިކްޓޮކްގައި ދެވަނަ އަށް އެންމެ ގިނަ ފޮލޯވާސް ލިބިފައިވާ މީހާގެ މަގާމު ހޯދާފައެވެ. ކާބީ އަކީ ސެނެގާލް އަށް އުފަން ނަމަވެސް މިހާރު އިޓަލީވިލާތައް ހިޖުރަކޮށް އިޓަލީވިލާތުގެ ރައްވެއްސަކަށް ވެފައިވާ މީހެކެވެ.

ކާބީ ޓިކްޓޮކް އެކައުންޓެއް ހަދައިގެން ޓިކްޓޮކް ކުޅެން ފެށީ ކޮވިޑް-19 އާއި ގުޅިގެން އޭނާގެ ވަޒީފާ ގެއްލުމުންނެވެ. އޭނާ ކުރިން މަސައްކަތް ކުރަމުން ގެންދިޔައީ އިޓަލީގެ އުތުރުގައި ހިންގަމުން އައި ފެކްޓްރީއެއްގައެވެ. ނަމަވެސް ކޮވިޑާއި ގުޅިގެން މުވައްޒަފުންތަކެއް ވަޒީފާ އިން ވަކިކުރިއިރު ކާބީ ވެސް ވަޒީފާ އިން ވަކިކުރިއެވެ.

ކާބީއަށް ޓިކްޓޮކްގައި ލިބެމުންދާ ކާމިޔާބަށް ބަލާއިރު ކުރިއަށް އޮތް ދުވަސްތަކުގައި ޓިކްޓޮކްގައި އެންމެ މަގުބޫލް މީހާގެ މަގާމު އޭނާ އަށް ލިބުން ވަރަށް ގާތެވެ. މިހާރު ޓިކްޓޮކްގައި އެންމެ ފޮލޯވާސް ގިނަ ޗާލީއަށް ފޮލޯ ކުރަނީ 120 މިލިއަން މީހުންނެވެ.

@khaby.lameIt’s better to give for who can’t afford it! Guys don’t do this! Dalla a chi ne ha bisogno #learnfromkhaby #learnwithtiktok #imparacontiktok

♬ suono originale - Khabane lame

ކާބީ ބުނީ އޭނާގެ ވީޑިއޯތައް މަގުބޫލު ވެގެން ދިއުމުގެ އެއްސަބަބަކީ އޭނާގެ ސިފަ އާއި އޭނާ މޫނު މައްޗަށް ގެންނަ ހަރަކާތް ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ސަޅިބެ

    ތީ މަގެ މޭން އަކީ

  2. ރަކި

    ކަބީ ވަރަށް ނެތް ޓިކްޓޮކް ގައެއް

  3. އެއްކަލަ

    ތި ސިފާ މެން ތީ އެކަކު ވެސް ނޫން ކަބީ އާ ބަލާފަ

  4. Anonymous

    ތިޔަކީ މަގޭ ބޮޑު ބޭބެ.