ނޯރާ ފަތޭހީ އަކީ ބޮލީވުޑްގެ އެންމެ މަގްބޫލް އެއް ނެށުންތެރިޔާއެވެ. އޭނާގެ ތަފާތު ރީތިކަމާއި ހުނަރުވެރިކަމުގެ ސަބަބުން އޭނާ އަށް ވަނީ އާދަޔާ ޚިލާފު ބޮޑު މަގްބޫލުކަމެއް ލިބިފައެވެ. ނޯރާގެ އަޅައިގަންނަ އަނެއް ސިފައަކީ އޭނާގެ ސްޓައިލްއެވެ. އޭނާ ހެދުން އަޅާ ގޮތާއި މޭކަޕް އާއި ހެއާ ސްޓައިލިންގައި ގެންގުޅެނީ ވަރަށް ތަފާތު ގޮތްތަކެކެވެ.

ދާދިފަހުން ނޯރާ ފޮޓޯ ޝޫޓަކަށް ޚިޔާރު ކުރި ސްޓައިލް އަށް އެތައް ބައެއްގެ ސަމާލުކަން މިހާރު ވަނީ ހުއްޓިފައެވެ. ނޯރާ އެ ޝޫޓް އިން ފެނިގެން ދިޔައީ އައިސް ބްލޫ ކުލައިގެ މިނީ ހެދުމެއްގައެވެ. ގަދަ ރަތް ލިޕްސްޓިކަކާއި އެކު އޭނާ ކުރި މޭކަޕުން މޫނުމަތީގެ ތާޒާކަން އިތުރުކޮށްދިނެވެ. އެ ހެދުމުގެ އަގު 23000 ޕައުންޑަށް އަރައެވެ.

ނޯރާ ވަނީ އޭނާގެ އިންސްޓަގްރާމް އެކައުންޓުގައި އެ ހެދުމުގައި ނަގާފައިވާ ބައެއް ފޮޓޯތައް ހިއްސާކޮށްފައެވެ. މިއީ ރޮޓޯޓް ބާރހަރ ކްރިސްޓެންސްގެ ހެދުމެކެވެ. އެ ހެދުމާއި އެކު އޭނާ ބޭނުން ކުރި ގަހަނާ އަކީ ޕިޕާ ބެލާ އަދި ރެއާ ކަޕޫރު ގުޅުގެން ނެރުނު ކަލެކްޝަންގެ ގަހަނާތަކެކެވެ.

އެ ފޮޓޯގެ ކެޕްޝަންގައި ނޯރާ ލިޔެފައި ވަނީ މަޝްހޫރު ލަވަކިޔުންތެރިޔާ ދުއާ ލިޕާގެ ލަވައެއްގެ ލިރިކްސް އިން ބައެކެވެ. ނޯރާގެ އެ ފެނިލުމުން ކޮންމެވެސް ވަރަކަށް މެކްސިކޯގެ ރަހަ ފެނިގެން ދާއިރު ފެޝަނަށް ފާޑުކިޔާ ލިޔުންތެރިންގެ ތައުރީފް އެ ހެދުމަށް ވަނީ ލިބިފައެވެ. ޚާއްސަކޮށް އޭގެ އަތްވަޅާއި އަތުގެ ދިގުމިނާއި ނޯރާ އާ ގުޅޭ ވާހަކަ އެ މީހުން ފާހަގަކުރެއެވެ. އަދި ޓަރޓަލް ނެކް އަކީ ވެސް ރަނގަޅު ނިންމުމެއް ކަމަށް އެ މީހުން ބުނެއެވެ.

ހަމައެހެންމެ އެ ހެދުމުގައި އަޅާފައިވާ ގޮށްތަކުގެ ތަފްސީލާއި އެއާއި އެކު ބޭނުން ކުރި ހޫޕް ކަންފަތުލާ އެއްޗެހިން ހެދުމަށް އިތުރު ހިތްގައިމު ކަމެއް ގެނުވިކަމަށް އެ މީހުން ގަބޫލުކުރެއެވެ. އަދި ސާދާ ގޮތަކަށް ރީތި ހެދުމެއް ލުމުގެ ހުނަރު ނޯރާގެ އެބަހުރި ކަމަށް އެ މީހުން ފާހަގަކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ހުސޭނުބޭ

  މަންޖޭ! މަގޭ ބޮޑުއީދަށް ހޯދި މުންޑުން ތިގޮތަށް ހެދުމެއް ފަހައިގެން ލައިގެން ހުރިޔަސް މާ ރީތިވާނެ!

  10
  2
 2. ރަކި

  މިއަދު ކާކުތަ ނޯރާ ބެހެން
  ފާޑެއްގެ ހުސޭނެކޯ

  2
  3
 3. BUAHAH

  ޥަވަ

 4. އެސްމާއިލް ފަތެހީ

  ދިވެހިރާއްޖެއިން މޮރޮކޯ ގެ އަބުލްބަރަކާތުލް ބަރުބަރީ އަށް ފަޚުރުވެރިވާ ގޮތައް އަރަބީން ޚައްސަކޮށް މޮރޮކޯ މީހުން ނޫރާ ފަތުހީ ( މިހާރު އިނގިރޭސި ކޮށްލާފަ ނޯރާ ފަތެހީ) އަށް ޓަކައި ފަޚޫރުވެރިވާން ޖެހޭނެ. ހިޔެއްނުވޭ އރަބި ކުއްޖެއްހެންވެސް . އަސްލުވެސް ހީވަނީ ސީދާ ރަތްލާޖެހި ކެނެޑާ ކުއްޖެއްހެން.