މިދިޔަ ފިތުރު އީދު ދުވަހާއި ގުޅުވައިގެން ދިން ޗުއްޓީ ތެރޭގައި ކުޅޭ ކުޅޭ ބަޑި ހިފައިގެން ކުޅެން އުޅުމުގެ ތެރޭގައި ހަ ކުއްޖެއްގެ ލޯ އަނދިރިވެފައިވާކަމަށާއި، 30 ވަރަކަށް ކުދިންނަށް އެކި ވަރުގެ އަނިޔާތައްވެފައިވާކަމަށް ޕާކިސްތާނުގެ ޖަމިއްޔާއަކުން ބުނެފިއެވެ.

އެ ޖަމިއްޔާއިން ހިންގި ސާރވޭގައި ބުނީ، އީދުގައި ވަރަށް ގިނަ ކުދިން ފިހާރަތަކަށް ވަދެ ޕެލެޓް ބޯޅަ ހުންނަ ކުޅޭ ކުޅޭ ބަޑި ގަނެފައިވާކަމަށެވެ. އެ ސާރވޭއިން އެނގުނުގޮތުގައި، އެ ބަޑީގެ ސަބަބުން 30 ކުއްޖަކަށް އެކި ވަރުގެ އަނިޔާތައް ވިއިރު، ހަ ކުއްޖެގެ ލޯ ވަނީ އަނދިރިވެފައެވެ.

މި ސާވޭ ކުރިއަށްގެންގޮސްފައި ވަނީ ހަމައެކަނި ވަކި ހިސާބެއްގައެވެ. މި މީހުން ސާވޭޮކޮށްފައި ވަނީ އަޔޫބް މެޑިކަލް ކޮމްޕްލެކްސް ހޮސްޕިޓަލް އާއި ޑިސްޓްރިކްޓް ހެޑްކުއާޓާ ހޮސްޕިޓަލްގެ ރިޕޯޓްތަކަަށް ބެލުމަށްފަހުއެވެ.

ލޮލުގެ ހާއްސަ ޑޮކްޓަރެއްކަމަށްވާ ޑރ ޒުލްފިކާްރް ވިދާޅުވީ، ކުޅޭ ކުޅޭ މިފަދަ ބަޑި ގެންގުޅުމުގެ ސަބަބުން އެތައް ކުދިންނަކަށް ގެއްލުންވެފައިވާކަމަށާއި، އޭގެ ތެރެއިން ހަ ކުދިންގެ ލޮލުގެ ފެނުން އެއްކޮށް ގެއްލިފައިވާކަމަށެވެ.

އިތުރު ޑޮކްޓަރަކު ބުނީ، އެއް އަހަރު ދަށުގެ ކުދިންތަކަަކަށްވެސް އެ ބަޑީގެ ހަމަލާތައް ލިބިފައިވާކަމަށާއި، އެގޮތުން އެ ކުދިން އަތް ތަންތަން ކަނޑައިގެން ގޮސް މޫނަށްވެސް ގެއްލުންވެފައިވާކަމަށެވެ. އަދި މީގެ އިތުރުން އެ ޕެލެޓް ބޯޅަތައް އަނގަޔަށް ލައިގެން އުޅެނިކޮށް ކަރަށް ގޮސް ބައެއް ކުދިންގެ ބަނޑުގައި ރިއްސާތީވެސް ހޮސްޕިޓަލަށް ދައްކާފައިވާކަމަށެވެ.

މިފަދަ މައްސަލަތައް ދިމާވުމާއި ގުޅިގެން އެފަދަ ބަޑިތައް އެތެރެކުުރުން މަނާ ކުރުމަށް ފުލުހުންނާއި ކަމާ ބެހޭ އޮތޯރިޓީތަކުގައި ވަނީ އެދިފައެވެ.