އިރުފާނާ އިބްރާހިމް (އެރޫ) އަކީ ފިލްމީ ދާއިރާއަށް ނުކުމެ، މަދު ދުވަސްކޮޅެއްގެ ތެރޭގައި އާންމުންގެ މަގްބޫލުކަން ހޯދާފައިވާ ތަރިއެކެވެ. އެންމެ ފުރަތަމަ ބެލުންތެރިންނާއި ހިސާބަށް މޮޑެލް އެއްގެ ގޮތުގައި ފެނިގެން ގޮސްފައިވާ އެރޫ މިހާރު އަންނަނީ ފިލްމީ ދާއިރާގައި އޭނާގެ ހުނަރު ދައްކަމުންނެވެ.

އެންމެ ފުރަތަމަ ކޮމެޑީ ފިލްމް '40ޕްލަސް'އިން ފެނިގެން ދިޔަ އެރޫ އަޒޯނާ ޓޯކްޝޯގައި ވާހަކަ ދައްކަމުން ބުނީ އަލަށް ފިލްމް ކުޅެން ފުރުސަތު ލިބުނީ ފައިސަލްގެ ސަބަބުން ކަމަށެވެ. އެންމެ ފުރަތަމަ މަސައްކަތްވެސް އެރޫ ކޮށްފައިވަނީ ދާއިރާގެ އެންމެ އުހުގައި ގުނާލެވޭ ފަންނާނުންނާއި އެކުގައެވެ. އެ މަސައްކަތާއި ގުޅިގެން އިރޫ ބުނީ ފުރަތަމަ ހުރީ ވަރަށް ބިރުން ކަމަށެވެ. އަދި އެ ޓީމުގެ އެންމެން ވެސް ވަރަށް އެހީވި ކަމަށާއި، އެ ޓީމުގެ ފުރިހަމަ އެއްބާރުލުން ލިބުމުން ވަރަށް އުފާވިކަމަށް އެރޫ ބުނެއެވެ.

40ޕްލަސްއަށް ފަހު ދެން އެރޫ ފެނިގެން ދިޔައީ ވެބް ސީރީޒް 'ހުވާ' އިންނެެވެ. ހުވާ ސީރީޒްގައި އެރޫ ފެނިގެންދިޔައީ ވިހަގަދަ މީހެއްގެ ރޯލަކުންނެެވެ. އެ ރޯލް ވަރަށް ފުރިހަމައަށް އެރޫ ކުޅެފައިވާއިރު، އޭނާ ބުނީ އެއީ އަދި އެންމެ ކުޅޭހިތްވާ ރޯލް ނޫން ކަމަށެވެ. އެކަމަކު ގިނައިން ފުރުސަތު ލިބެނީ ނުބައިބައި ކުޅޭ މީހެއްގެ ރޯލްއިންކަން ފާހަގަކޮށް އެރޫ ބުނީ އަސްލު އެންމެ ކުޅޭހިތްވަނީ ނުކުޅެދޭ މީހެއްގެ ރޯލް ކަމަށެވެ.

2019ވަނަ އަހަރު ފިލްމީ ދާއިރާއަށް ނުކުތް އެރޫ ވަނީ ބައެއް މަސައްކަތްތައް ކޮށްފައެވެ. 40ޕްލަަސްގެ އިތުރުން 'ކޮސްގިނަ މިސްޓޭކްސް'، 'ކާކު؟'، 'ލޯބި ވެވިއްޖެ'، އަދި 'ހެހެސް' އިން ފެނިގެން ގޮސްފައެވެ. ވެބް ސީރީޒްތަކަށް ބަލާއިރު ހުވާގެ އިތުރުން އޭނާ ވަނީ 'ޝްްޝް'، 'ގެއްލުނު ފުރާނަ' އަދި 'ޔެސް ސަރ' އިން ފެނިގެން ގޮސްފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    ތީ އަހަރުން ދައްނަ މީހެއްވެސް ނޫން….ކޮން ބައެއްގެ މަގުބޫލް ކަން ލިބުނީ؟

    14
    4
  2. Anonymous

    އެރޫ ވަރަށް ލޯބި.

    3
    2