މިހާރު މީސްމީޑިއާގައި އެންމެ ހަލުވި ކަމާއި އެކީ ބަހުސް ކުރެވެމުން އަންނަނީ އެންމެ މަގުބޫލު 'އިމޮޖީ' އަކީ ކޮބައިކަމާއި މެދުއެވެ. އެގޮތުން ޓްވިޓާގައި ވެސް ގިނަ ބަޔަކު އަންނަނީ އެކަމަށް ބަހުސް ކުރަމުންނެވެ.

މިއަހަރުގެ ގްލޯބަލް އިމޮޖީ ޓްރެންޑް ރިޕޯޓުން ދައްކާ ގޮތުގައި މިއަހަރުގެ އެންމެ މަގުބޫލު އިމޮޖީއަކަށް ވެގެން ދަނީ 'ހެމުން ރޮވޭ' ގޮތަކަށް ހުންނަ އިމޮޖީއެވެ.

އެ އިމޮޖީ އެންމެ މަގުބޫލު އިމޮޖީއަށް ވެފައިވަނީ 70،000 މީހުންނާއި އެކީ ހެދި ދިރާސާއަކުންނެެވެ. އެއީ އެމެރިކާ، އިނގިރޭސިވިލާތް، ޖަރުމަންވިލާތް، ފްރާންސް، ޖަޕާން، އޮސްޓްރޭލިއާ އަދި ދެކުނު ކޮރެއާއިން ބައިވެރިވި މީހުންނެވެ.

މީގެ އިތުރުން ދެވަނަ އަށް އެންމެ ގިނަ ބަޔަކު ބޭނުން ކޮށްފައިވަނީ 'ތަމްބްސް އަޕް' އިމޮޖީއެވެ. ދެން ހުރީ 'ރެޑްހާޓް' އެވެ. މީގެ އިތުރުން 'ވިންކިން ކިސް' އާއި ރޮވެފައި ހުންނަ ދެރަވާ އިމޮޖީ ހިމެނެނީ ލިސްޓުގެ ފަސް ވަނައިގައެވެ.

ދިރާސާ ކުރާ ފަރާތްތަކުން ބުނެފައިވަނީ މިފަދަ އިމޮޖީތައް ބޭނުން ކުރާ ފަރާތްތަކުން މާ ގިނަ ވާހަކަތަކެއް ނުދައްކައި އެފަދަ އިމޮޖީއެއް ފޮނުވާލަމުން ދެން ހުންނަ މީހުންނަށް އެމީހުންނަށް ވެގެން އުޅޭ އެއްޗެއް އެނގެއެވެ.

މީގެ އިތުރުން ވެސް އެ ދިރާސާގައި ވަނީ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ފަރާތްތަކާއި އެހެނިހެން ގޮތަކަށް ލޯބި ހޯދަން އުޅޭ ފަރާތްތަކުން ވެސް ބޭނުން ކުރާ 'އިމޮޖީ' ތައް ހިއްސާ ކޮށްފައެވެ.

އެހެން ނަމަވެސް ދެރާވާ ކަމަކީ ބައެއް ފަރާތްތަކުން މިފަދަ އިމޮޖީތައް ބޭނުން ކުރާއިރު، އެންމެ ހާލަތާއި ނުގުޅޭ ވަގުތުތަކުގައި ބޭނުން ކުރުމާއި މާނާ ނެނގި ބޭނުން ކުރުމެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ސަޓޯ

    ހެމުން ރޮވޭ ގޮތަށޭ ؟؟ ލޮލް

    • Anonymous

      😂😂