އުފަން ދުވަހަކީ ވަރަށް ވެސް ތަފާތު ދުވަހެކެވެ. އެ ދުވަހުގެ ތަފާތު އެއް ކަމަކީ އާއިލާ އެންމެން ނޫނީ ރަހުމަތްތެރިން އެއްވެ އުފަން ދުވަސް ފާހަގަކުރުމެވެ. ސަޕްރައިޒް ދިނުމާއި، ހަދިޔާ ދިނުމެވެ. އެ ނަސީބު ބައެއް މީހުންނަށް ނުލިބޭ ފަހަރުވެސް އާދެއެވެ.

މިއީވެސް އެ ނަސީބު ނުލިބުނު މީހަކަށް ވެދާނެއެވެ. މިއީ އެކަނި މާއެކަނި ރެސްޓޯރެންޓެއްގައި އުފަން ދުވަސް ފާހަގަކުރަމުންދިޔަ އަންހެނެކެވެ. އޭނާ އެކަނި އުފަން ދުވަސް ފާހަގަކުރަމުންދިޔަ މަންޒަރު ބަލަން އެ ރެސްޓޯރެންޓްގެ މުވައްޒަފުންނާއި، އެ ތަނުގައި ތިބި އެހެން ކަސްޓަމަރުން ބޭނުން ނުވިއެވެ. އެތަނުގައި ތިބި މީހުން އޭނާގެ އުފަން ދުވަސް ފާހަގަކުރަން ބައިވެރިވިއެވެ.

މިހާރު މީސް މީޑިއާގައި ދައުރުވަމުން އަންނަ ވީޑިއޯއަކުން ފެނިގެން ދަނީ، މާސްކް އަޅައިގެން ހުރި އަންހެނަކު، އެކަނިމާ އެކަނި އިށީންދެގެން އިންނަ ތަނެވެ. އޭނާގެ ކުރިމަތީގައި ކޭކެއް ފެނެއެވެ. އަދި އިރުކޮޅެއް ފަހުން ފެނިގެން ދަނީ އޭނާ އަމިއްލައަށް އަތްތިލަބަޑިޖަހާ އުފަން ދުވަހުގެ ލަވަ ކިޔާތަނެވެ. އެހެން ނަމަވެސް އޭނާގެ އުފަން ދުވަސް އެކަނި ފަހަގަކުރުމަށް ބޭނުންވާތީ ރެސްޓޯރެންޓްގެ ސްޓާފުންނާއި، ކަސްޓަމަރުންވެސް ވަނީ އޭނާގެ އުފަން ދުވަހުގެ ތަހުނިޔާ ކިޔުމުގައި ބައިވެރިވެފައެވެ. އެ މަންޒަރު ފެނިފައި އެ އަންހެން މީހާ ދެ ލޮލުން ކަރުނަ އައެވެ. އަދި ކަރުނަ ފޮހޭ މަންޒަރު ފެނިގެން ދިޔައެވެ.

ޖުލައި 16 ވަނަ ދުވަހު އާއްމު ކުރި އެ ވީޑިއޯ އެތައް ހާސް ބަޔަކު ބަލައިފިއެވެ. އަދި އެއީ ކޮވިޑްގެ އާލާމީ ވަބާ ތެރޭގައި އުފަން ދުވަސް ފާހަގަކުރާ ގޮތް ކަމަށް އެއްބަޔަކު ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އެމް ޑީ ޕީ

    ފާހަނގަ ކުރަން ކޮންމެހޭ ޖެހޭ ކަމެއްބާ