ސޯމީ އަލީ އަކީ މީގެ އަހަރުތަކެއް ކުރިން ބޮލީވުޑްއިން ފެނިގެން ދިޔަ ތަރިއެކެވެ. އެކަމަކު އޭނާ އެ ދާއިރާއިން ދުރަށް ޖެހިލައިިފިއެވެ. އެހެން ނަމަވެސް އޭނާ ކުރީގެ ލޯބިވެރިޔާ ސަލްމާން ޚާން އާއި އޭނާގެ ކެރިއާގައި ވާހަކަތައް ދެއްކުމަށް އޭނާއަށް އަދިވެސް ވަގުތު އެބަ އޮތެވެ. އެގޮތުން ދާދި ފަހުން އޭނާ ވަނީ ސަލްމަން އާއި ދިމާވި ގޮތާއި އިތުރު އެތައް ވާހަކައެއް ހިއްސާ ކޮށްފައެވެ.

ސަލްމާން އާއި ސޯމީ އަކީ އެއްއިރެއްގައި މަޝްހޫރު ޖޯޑެކެވެ. އެ މީހުުންގެ ލޯބީގެ ގުޅުން ވަރަށް ގިނަ އަހަރުތަކަށް ދެމިގެން ދިޔައެވެ. ސޯމީއަކީ އުމުރުން 16 އަހަރުން ފެށިގެން ސަލްމާން ދެކެ އިންތިހާއަށް ލޯބިވި މީހެކެވެ. އެއިރު އޭނާ ފްލޮރިޑާއިން އިންޑިއާއަށް އައީވެސް ސަލްމާން އަށްޓަކައެވެ. ސަލްމާންއާ ކައިވެނި ކުރުމަށެވެ. އެހެން ނަމަވެސް އެ މީހުންގެ ލޯބީގެ ގުޅުން ކެނޑި ފަސްލައި ފޮރުވައިފިއެވެ.

ސަލްމާން އާއި އޭނާ ވާހަކަދައްކާތޯ ކުރި ސުވާލަށް ޖަވާބުދެމުން ބުނީ، ދެ މީހުންވެސް މިހާރު މޫވް އޮން ވެއްޖެ ކަމަށާއި، އަދި ދެ މީހުން ވާހަކަނުދައްކާތާ އެތައް އަހަރެއްވެއްޖެ ކަމަށްވެސް ބުންޏެވެ.

"އަހަރެން އޭނާއާ ވާހަކަނުދައްކާތާ ފަސް އަހަރު ވެދާނެ، އަހަރެން މޫވް އޮން ވެއްޖެ، އޭނާވެސް. އަހަރެންނަކަށް ނޭނގެ ސަލްމާން އޭގެ ފަހުން ކިތައް ލޯބިވެރިން ނެގި ކަމެއް" 1999 ވަނަ އަހަރު ލޯބީގެ ގުޅުން ކެނޑިގެން ދިޔަ ފަހުން ނެގި ލޯބިވެރިންގެ ލިސްޓް ނޭނގޭ ކަމަށް ބުނަމުން ސޯމީ ބުންޏެވެ.

ސޯމީ އާއި ސަލްމާން އަށް އަހަރު ވަންދެން ލޯބީގެ ގޮޮތުން ގުޅިގެން އުޅުނެވެ. ސޯމީ ބުނާގޮތުގައި، ސަލްމާން އަކީ އޭނާއަށް ވަފާތެރިއެއް ނޫނެވެ.

"އަހަރެންނާއި އޭނާއާ ގުޅުން ކެނޑުނުތާ މިހާރު 20 އަހަރުވެއްޖެ. އޭނާ އަހަރެންނަށް އޮޅުވާލީ، އެހެންވެ އަހަރެން އޭނާއާ ގުޅުން ކަނޑާލީ" އެ މީހުންގެ ގުޅުމުގެ ދޭތެރެއަށް ވަން ކަމަށް ވަނީ އައިޝްވާރިޔާ އެވެ. އެ މީހުން އެއިރު ތިބީ އިންނަންވެސް ތައްޔާރުވެގެންނެވެ. އެންގޭޖްވެސް ވެގެންނެވެ.