ޖަޕާނުގެ ގިނަ މީހުންނަކީ ވަރަށް ގަޑިއަށް ފަރުވާތެރި ބައެކެވެ. އެހެންކަމުން ގިނަ ކުންފުނިތައްވެސް އަމަލު ކުރަނީ މި ބީދައިންނެވެ. ގަޑިއަށް ފަރުވާތެރި ނުވެއްޖެނަމަ އަދަބުދޭ މިސާލުންނެވެ.

އެގޮތުން މިފަހަކުން އެފަދަ ޖަޕާނު ކުންފުންޏެއްގައި މަސައްކަތް ކުރާ މުވައްޒަފަކަށް މި ވަނީ ހިތުން ނުފިލާނެ ވަރުގެ އަދަބެއް ދީފައެވެ. މައްސަލައަކަށް ވީ އެ މުވައްޒަފު މާ އަވަހަށް މެންދުރު ބްރޭކަށް ދިޔުމެވެ. އެ މުވައްޒަފު ބްރޭކަށް ގޮސްފައި ވަނީ ގަޑިއަށްވުރެ ތިން މިނިޓު އަވަހަށެވެ. އެ މައްސަލައާ ގުޅިގެން އޭނާއަށް އަދަބެއް ގޮތުން ބޮޑު ޖޫރިމަނާއެއް ދައްކަން ޖެހުނެވެ. މި ހާދިސާގެ ސަބަބުން އެހެން މުވައްޒަފުންނާއި އެނޫން ގިނަ ބައެއްގެ މަލާމާތް ވެސް އޭނާއަށް ރައްދުވިއެވެ.

މި މައްސަލާގައި އުމުރުން 64 އަހަރުގެ އެ މުވައްޒަފަށް ދުވާލަކު ލިބޭ މުސާރައިގެ ރޭޓުން އެ ދުވަހަށްވާ މުސާރައިގެ ދެބައި ކުޅަ އެއްބައި ވަނީ ކަނޑާލާފައެވެ. އަދި ކުންފުނީގެ ފަރާތުން އެކަމަށް ޚާއްސަކޮށްގެން ބޭއްވި ނޫސް ކޮންފަރެންސެއްގައި އެކަމަށް މައާފަށް އެދުމަަށްވެސް އޭނާއަށް ވަނި އަންގާފައެވެ.

ރިޕޯޓްތައް ބުނާގޮތުގައި، އެ މުވައްޒަފަކީ އަބަދުވެސް މާ އަވަހަށް ބްރޭކް ނަގާ މީހެކެވެ. މިއީ އަލަށް ދިމާވި ކަމެއް ނޫނެވެ. މިދިޔަ ހަތް މަސް ތެރޭގައި އެތައް ފަހަރަކު މިކަން ތަކުރާރްވެފައިވާކަމަށް ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ރަޒީނާ

    ޖަޕާނަކީ ވަޒީފާގެ މާހައުލުގެ ހީންހަމަ ނުޖެހުންތަކުގެ ސަބަބުން އެންމެ ގީނަ ސުއީސައީޑް ހީނގާ ގައުމު. ޖަޕާނު ކީތަންމެ އުމްރާނީ އަދީ ސައީންސުގެ ރޮންގުން ކުރީ އެރީޔަސް މެނޭޖްމަންޓުގެ ދާއީރާގައީ އަދީވެސް އެތީބީ 1960 ގެ ހީސާބުގަ. 21 ވަނަ ގަރުނުގެ މޮޑާން މެނޭޖްމަންޓަކު ތީޔަކަހަލަ ކަންކަމެއް ގަބޫލެއް ނުކުރޭ.. ޖަޕާނު ކުންފުނީތައް އީސްލާހުވާން ޖެހޭ..

  2. ރަޒީނާ ކޮއްކޮ

    ރަޒީނާ ދޮންތަ ކުރި ކޮމެންޓަށް ތައީދުކުރަން