ޖަސްޓިން ބީބާ ބައްޕައަކަށް ވާން އުޅޭ ކަމަށް އޭނާ ބުނެފިއެވެ.

އުމުރުން 27 އަހަރު ޖަސްޓިން އިންސްޓަގްރާމްގައި އާންމުކުރި ފޮޓޯއެއްގެ ކެޕްޝަނުގައި ބުނީ 'މަންމަ އަދި ބައްޕަ' މިގޮތަށެވެ. ޖަސްޓިން މިގޮތަށް ލިޔުމުން ގިނަ ބަޔަކު އޭނާ ބައްޕައަކަށް ވަނީތޯ ސުވާލުވެސް ކުރިއެވެ.

އިންސްޓަގްރާމުން ޖަސްޓިން ފޮލޯކުރާ މީހުންގެ އަދަދު 183 މިލިއަނަށް އަރާފައިވާއިރު އޭނާގެ ޕޯސްޓަށް ގިނަބަޔަކު ކޮމެންޓު ކުރަމުންދާ ކަން ފާހަގަ ކުރެވެއެވެ. ޖަސްޓިންގެ ބައެއް ފޭނުން ވަރަށް އުފަލުގައި ތިބިއިރު އަނެއް ބަޔަކު ދަނީ ހުއްޓުމެއް ނެތި އެއީ ހަގީގަތެއްތޯ އަހަމުންނެވެ.

ކެނެޑާ އަށް އުފަން ޕޮޕް ދުނިޔޭގެ ޕްރިންސް، ޖަސްޓިން އިންސްޓަގްރާމުގައި ކުރި ޕޯސްޓާ ގުޅިގެން އޭނާގެ އަނބިމީހާ ހައިލީ ބީބާވެސް ވަނީ އެއަށް ރިޕްލެއި ކޮށްފައެވެ. ހައިލީ ކުރި ކޮމެންޓުގައި ބުނީ އޭނާ އަށް ފެންނަނީ އެ ޕޯސްޓު ކުއްތާގެ މަންމަ އާއި ބައްޕައަށް ބަދަލުކުރަން ކަމަށް ބުނެފައެވެ.

އުމުރުން 24 އަހަރުގެ މޮޑެލް ހައިލީ ކުރި ރިޕްލެއި އާއެކު ފޭނުންނަށް މިއީ ހަގީގަތެއް ނޫންކަން އެނގުނެވެ. ޖަސްޓިން އިންސްޓަގްރާމަށް ލާފައިވާ ފޮޓޯގައި އޭނާ އާއި ހައިލީ ބީބާ ވެސް ލައިގެން ތިބީ ވަރަށް އާދައިގެ ހެދުމުގައެވެ. އަދި ހައިލީ ބަނޑުބޮޑު މީހެއް ވައްތަރު އެ ފޮޓޯއިން ނުޖަހައެވެ.

ޖަސްޓިން ބައްޕައަކަށްވާކަމަށް އަޑުފެތުރިފައިވާ އިރު މި އަހަރުގެ ކުރީކޮޅު އޭނާ ވަނީ އަދި ދަރިއަކު ހޯދަން ނުވިސްނާކަމަށް ބުނެފައެވެ. ޖަސްޓިން އާއި ހައިލީ ކައިވެނިކޮށްފައި ވަނީ 2018 ވަނަ އަހަރު ނިއުޔޯކް ސިޓީގައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޑޮންޑޮން

    މީވެސް ހަބަރު؟

  2. ރަބަރޭ

    ދެން ދުވަސްކޮޅަކުން ވާނީ ކާފައަކަށް