މިސްރުގެ މަގެއް މަތީގށި މަތިނަގާފައި ހުރި ޖަންގްޝަނެއްގެ ތެރެއަށް ވެއްޓުނު ތިން މީހަކު ސަލާމަތް ކުރުމަށް، އުޅުނު ވިޔަފާރިވެރިއަކު ހާސްވެގެން މަރުވެއްޖެއެވެ. އެ މަރާއެކު އެތައް ބަޔަކު ދަނީ ހިތާމަ ފާޅު ކުރަމުންނެވެ.

މިކަން ހިނގާފައި ވަނީ ފަރްސިސް ވިލޭޖްގައެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، މަތި ނަގާފައިވާ އެ ޖަންގްޝަން ތެރެއަށް ފުރަތަމަ ވެއްޓުނީ އެކަކެވެ. އޭނާ ސަލާމަތް ކުރުމަށް އިތުރު ދެ މީހަކު ދިޔައިރު، އެ މީހުން ވެއްޓުނެވެ. އަދި އެ މީހުން ސަލާމަތް ކުރުމަށް އުމުރުން 36 އަހަރުގެ ވިޔަފާރިވެރިޔާ އަމްރް އަލް ސަވީ ދިޔައިރު، އޭނާ ވެއްޓުމާއެކު ސަލާމަތެއް ނުވިއެވެ. އޭނާ އެތަނުގެ ތެރޭގައި ހާސްވާން ފެށީއެވެ. އެއީ އެ ޖަންގްޝަން ވަޅަކީ ފުދޭވަރެއްގެ ފުން ވަޅަކަށް ވުމުން ކަމަށް ވެއެވެ.

އެ ފިރިހެން މީހާ އެ މަންޒަރު ގާތުން ބަލަން ހުރެފައި އެ މީހުން ސަލާމަތް ކުރުމަށް ދިޔަ މީހެކެވެ. އޭނާ އެއިރު ހުރީ އޭނާގެ ފިހާރައިގައި ކަމަށް ވެއެވެ.

މި ހާދިސާގައި އަނެއް ތިން މީހުން ސަލާމަތް ކުރެވުނުއިރު، އެ މީހުންނަށް ޒެފްޓާ ހޮސްޕިޓަލްގައި ދަނީ ފަރުވާދެމުންނެވެ.

މަންޒަރު ދުށް މީހުން ބުނީ، ނަރުދަމާ ޕްރޮޖެކްޓްގެ މަސައްކަތްތައް ކުރަމުންދާތާ މީހާރު ހަތަރު އަހަރަށްވުރެ ގިނަ އަހަދު ވެދާނެ ކަަމަށާއި، އެ
ވަޅުތައް ހުރީ ހާމައަށް ކަމަަށެވެ. އަދި މިފަދަ ހާދިސާއެއް ހިނގާފައި ވަނީ ސަރުކާރުގެ އިހުމާލުކަަމަށް ބުނެ އެތައް ބައެއްގެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ.