ރާއްޖޭގައި މަޝްހޫރު ޓިކްޓޮކް ތަރިންގެ ތެރޭގައި ނިމްޝާ ޒާހިރް (ނިމް) އަކީ ފާހަގަ ކޮށްލެވޭ މޫނެކެވެ. ޓިކްޓޮކްގައި ނެށުމުގެ ހުނަރު ދައްކާލައި މީހުންގެ ސަމާލުކަން ނިމްޝާ ހޯދާފައިވާއިރު، އޭނާ އަކީ ކުޅަދާނަ މޮޑެލްއެކެވެ. ޓިކްޓޮކް އާއި އިންސްޓަގްރާމް ބޭނުންކުރާ މީހުންނަށް ނިމްޝާގެ މޫނަކީ ދެކެ ފަރިތަ މޫނެކެވެ. އެހެންކަމުން އޭނާއާއި ބެހޭގޮތުން މައުލޫމާތު ހޯދަން ބޭނުންވެފައި ތިބޭ މީހުން މަދެއް ނޫނެވެ.

އިއްޔެ ނިމްޝާގެ އިންސްޓަގްރާމް ސްޓޯރީ މެދުވެރިކޮށް އޭނާއާއި ބޭނުން ސުވާލެއް ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލައިފައެވެ. އެގޮތުން އެ ފުރުސަތުގެ ބޭނުން ހިފައި ނިމްޝާ ހުރީ ސިންގަލްކޮށްތޯ ބަލަން ބަޔަކު ބޭނުންވިއެވެ. ނިމްޝާއާއި މީހަކު ކޮށްފައިވާ ސުވާލެއްގައި އަހާފައިވަނީ އޭނާ މިހާރު ހުރީ ސިންގަލްކޮށްތޯއެވެ.

އިންސްޓަގްރާމް ސްޓޯރީ މެދުވެރިކޮށް ޕަބްލިކަށް ނިމްޝާ ވަނީ އެ ސުވާލުގެ ޖަވާބް ދީފައެވެ. އެންމެ ލަފްޒަކުން އޭނާ ހުރީ ސިންގަލްކޮށްކަން ބުނެދީފައިވެއެވެ. ސްޓޯރީގައި އިމޯޖީއަކާއި އެކު ހަމަ އެކަނި 'ޔެސް' ލިއެފައިވެއެވެ. އޭގެ ފަހުން މީހަކު ވަނީ ނިމްޝާއާއި އޭނާގެ ކުރީގެ ފިރިމީހާއާ ދެމެދު ގުޅުމެއް އޮވޭތޯ ނުވަތަ ދެމީހުންގެ ގުޅުން ނިމުމަކަށް އައީތޯ ސުވާލުކޮށްފައިވެެެއެވެ. އެ ސުވާލަށް ޖަވާބްދެމުން ނިމްޝާ ބުނެފައިވަނީ އެދެމީހުން މިހާރު ވަކިވެފައިވާ ކަމަށެވެ.

ނިމްޝާގެ އަލަތު ކައިވެނި ކޮށްފައި ވަނީ 2018 ވަނަ އަހަރު ޑިސެންބަރު މަސް ތެރޭގައެެވެ. ނަމަވެސް، މިހާރު އެހުރީ ހުސްކޮށްކަމަށް ނިމްޝާ ބުނެއެވެ. މިއީ އެ ސުވާލުގެ ޖަވާބް ހޯދަން ބޭނުންވެފައިތިބި މީހުންނަށް އުފާވެރި ހަބަރަކަށް ވެދާނެއެވެ.

ކެބިން ކުރޫއެއްގެ ގޮތުގައި ކުރިން މަސައްކަތް ކޮށްފައިވާ ނިމްޝާ ވަނީ އެދާއިރާ ދޫކޮށް ނަށަން ދަސްކޮށްދޭ ކްލާސްތަކެއްގެ މަސައްކަތް ފަށާފައެެވެ. ބައެއް އިޝްތިހާރު ތަކުންވެސް ނިމްޝާ ފެނިގެން ގޮސްފައިވާކަން ފާހަގަ ކޮށްލެވެއެވެ. އޭގެ އިތުރުން 'ޑައިނާސްޓީ ޑާންސް އެކަޑަމީ'ގެ ނަމުގައި ނަށަން ދަސްކޮށްދިނުމަށް އޭނާ ވަނީ ކްލާސްތަކެއް ނަގަން ފަށާފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. 😂

    🤮 މިވެސސ ހަބަރެއް.

    38
    2
  2. ނޫނާ

    ތީ މީހުންގެ ދިރިއުން ހަލާކުކުރާ “ސިންގަލް” މީހެއް

    29
    1
  3. މސނ

    ތަބާރަކަ ސޫރަތުގެ ތަފްސީރު ކިޔުއްވާ. މި ދުނިޔޭގައި ވޭތުކުރެވޭ މި ކުޑަ ހިނދުކޮޅަކީ އެމީހެއްގެ ދާއިމީނިމުން އެތަނަކައް ގެންގޮސްދޭން އޮތް ވަސީލަތް. ތިމާގެ ހަޔާތުގެ ސިކުންތު ތަކާއި ދުވަސްތައް ފާއިތުވަމުން ދައުރުވަމުން ދަނީ ކޮންމެ ނަފްސެއްގެވެސް އަޖަލައަށް. މަރު އައުމައްފަހު ހަމަ ހިނދުކޮޅެއްވެސް މަޑުކުރުމެއް ނުވޭ. ތިމާގެ ކަށްވަޅުގެ ފުރަތަމަރޭ އެއީ ކޮންމެ ނަފްސެއްމެ ރަހަދެކޭނެ ވަގުތެެއް. ޢައިރު މުސްލިމުން ފަދައިން ލޮލުން ފެނުނަސް ލޯފަން އަދި ކަންފަތުން އިވުނަސް ބީރު އަދި ބަސްވިކުނަސް މަންމަން އަދި ޢާފިލުކަމުގައި މާތް ރަސްކަލާނގެ ދެއްވި ހަޔާތުގެ ނިއުމަތް ބަރުބާދުކޮއް ފަނާކުރުމުން އެއްކިބާވަމާ.

    16
    1
  4. ބަކުރުބެ

    ފަހަރެެއްގައި ބޯ ހަމަނުޖެހޭ މީހަކަށް އުފާވެރި ހަބަރަކަށް ވެދާނެ. މަގޭ ހިތަށް އަރަނީ ކުރިން އެކީ އުޅުނު ސޮރުގެ ބޮލަށް މިހާރު ހާދަ ފަސޭހައެއް ވާނެޔެ މިކަހަލަ މަތިވެރި މަންޖެއެއްގެ ހަޔާތުން ބޭރުވާން ފުރުސަތު ލިބުނީމަ. ހެޔޮ ވިސްނޭ ފިރިހެނަކު މިކަހަލަ އަންހެނެއް ސިންގަލް ވެގެން އުފަލުން މިމަންޖެ ލިބޭތޯ އުޅެފާނެ ހެން ހީއެއްނުވޭ. ހަޔާތަށް ގެންނަ އަންހެނަކީ ނިކަން އަންހެން ވަންތަ އަންހެނަކަށް ވާން ޖެހޭނެ. އެހެން ފިރިހެނުންނާއި މުޅި ދުނިޔެއަށް އައުރަ ދައްކައި ނަށާހެދުމަކީ އަންހެން ވަންތަ ސިފައެއް ނޫން. މިސާލަކަށް މަގޭ އަންހެނުން ނިކަން ލަދުރަކިވެފަ މަޑުމައިތިތި ވާނެ. ތަފާތު ދެ ދާއިރާއަކުން ޑިގްރީ ހާސިލްކޮށްފަ، ކޭކް އަޅާނެ، މޭކްއަޕް ކޮށްދޭން އިނގޭނެ، ހިޖާމާ ޖަހަން އިނގޭނެ، ފޮޓޯ ނަގަން އިނގޭނެ.. މީ ހުސް ކޯސް ހަދައިގެން ދަސްކޮށްފަ ހުރި ކަންކަން.. އެކަމަކު އެހާމެ ކިޔަމަންތެރިވާނެ، ޒުވާބެއް ނުކުރާނެ. މިކަހަލަ 100 ނިމްޝާއަށްވުރެ މަގޭ އަންހެނުން މާ އަންހެންވަންތަ މަށަށް.. އަލްހަމްދުލިﷲ..

    31
    1
  5. ޖުން

    އަހަރުމެންނަށް ކީއް؟އޯކޭ ޑަބަލް ވިޔަސް.އެއްވެސް އަގެއް ހުރިމީހެއްނުން.އުޅޭ ފާޑު ދޯ.