އެމެރިކާގައި އުމުރުން ދުވަސްވީ މީހުންގެ ގޭގައި އެކުގައި ދިރިއުޅެމުން އަންނަ ތިން އެކުވެރިންނަށް 100 އަހަރު ފުރުން ފާހަގަކޮށްފިއެެވެ. މި ތިން އެކުވެރިން 100 އަހަރު ފުރުން ފާހަގަކޮށްފައި ވަނީ ކޮވިޑް-19އިން ދިފާއުވުމަށް ވެކްސިންވެސް ޖެހުމަށްފަހުއެވެ. މިއާއެކު އެ މީހުންނަށް އާއިލާ މީހުންނާއި ރަހުމަތްތެރިންނާއި ނިއުޔޯކްގައި ހުންނަ އެ ކޮމިއުނިޓީ ހޯމް އިން ބައްދަލު ކުރެވޭނެ ގޮތް ވަނީ ވެފައެވެ.

މި ތިން މީހުންނަށް 100 އަހަރު ފުރުނީ ކައިރީ ކައިރީގައެވެ. އެހެން ނަމަވެސް އުފަން ދުވަސް ފާހަގަކުރަން ބޭނުންވީ އެކުގައެވެ. އެގޮތުން އެކުގައި ކޭކު ފަޅައި، އުފާވެރި ވަގުތު ކޮޅެއްތިން މީހުންވެސް އެކުގައި ހޭދަކޮށްފައި ވެއެވެ.

ކޮމިއުނިޓީ ހޯމް އިން އާއްމުކޮށްފައިވާ ފޮޓޯއަކުން ފެނިގެން ދަނީ ތިން މީހުންވެސް ފޮޓޯއަކަށް ހުއްޓިލައިގެން ތިބޭ ތަނެވެ. އެ މީހުންގެ މޫނު މަތިން އުފާވެރިކަން ފެނިގެން ދެއެވެ. އަދި އެ މީހުންނަށްޓަކައި އުފަން ދުވަހަށް ހާއްސަކޮށް އެތަން ރީތިކޮށްފައިވާއިރު، ބޮޑު މާސިންގާ ކޭކެއްވެސް ފެނިގެން ދެއެވެ.

މީގެ އިތުރުން، ރުތްއަކީ ކުރީގެ ޓީޗަރެކެވެ. އޭނާއަކީ ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ހާއްސަ ޓީޗަރެކެވެ. އެޑިތްއަކީ އޭނާގެ ބައްޕަގެ ފަރުނީޗަރު ވިޔަފާރި ހިންގަމުންދިޔަ މީހެކެވެ.

ދުނިޔޭގެ 40 އަށްވުރެ ގިނަ މީޑިއާ އިން އެ މީހުންގެ އުފަންދުވަސް ފާހަގަކުރުމުގެ ހަފްލާގެ ވާހަކަތައް ގެނެސްދީފައިވާއިރު، ލޮރައިން ބުނަނީ އެ މީހުންނަކީ މިހާރު ސެލެބްރިޓީން ކަމަށް ވަރަށް ބޮޑަށް އިހުސާސު ވާ ކަމަށެވެ.

މި އުފަން ދުވަސް ފާހަގަކޮށްފައި ވަނީ ޖޫން މަސް ތެރޭގައެވެ. އެހެން ނަމަވެސް އެ މިހުންގެ އަސްލު އުފަން ދުވަސް ވަކި ވަކިން އެ މީހުން ފާހަގަކުރި ކަމަށް ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު