ޅަ އުމުރުގައި އާއްމުކޮށް ގޯސް ކަންތައް ކުރެވިފައި ހުންނާނެއެވެ. މަޖަލަށް ނަމަވެސް އެއިރު ކުރެވޭ ބައެއް ކަންތައްތައްކަކީ ގޯސް ކަންތައްކަން ފަހުން ވިސްނި އެކަމާއި ހިތާމަކޮށް އޭގެ ސަބަބުން މިހަކަށް ގެއްލުމެއް ލިބިދާނެކަމަށް ހީވެފައި އޮންނަ ނަމަ މައާފަށް އެދޭ ފަަހަރުވެސް އާދެއެވެ.

މިއީވެސް އެފަދަ ހާދިސާއެކެެވެ. އުމުރުން 90 އަހަރުގެ މި މީހާ މައާފަަށް އެދިފައި މި ވަނީ އޭނާގެ އުމުރުން 15 އަަހަރުގައި ކުރި ކަމަކަށެވެ.

ޓެކްސަސްއަށް ނިސްބަތްވާ މި މީހާ އެއިރު ކުރި ވައްކަމެކެވެ. އޭނާ ކުރިކަމަކީ މަގުމަތީގައި ޖަހާފައި ހުރި "ސްޓޮޕް" ސައިން ބޯޑު ވަގަށް ގެންދިޔައީއެވެ.

އެ މީހާ މައާފަށް އެދި ސިޓީއަކާއެކު 50 ޑޮލަރު ދިނީ އުޓާހްގެ ސިޓީއެއްކަމަށްވާ މިޑްވޭލްގެ ޕަބްލިކް ވޯކްސް ޑިޕާޓްމެންޓަށެވެ.

އެ ސިޓީގައި ލިޔެފައި ވަނީ. އޭނާއަކީ މިހާރު ގާތްގަނޑަކަށް 90 އަހަރުވެފައިވާ މީހެއް ކަމަށާއި، އޭނާ ކުޑައިރު އޭނާއަށް ވަރަށް ގިނަ ނުރަގަނޅު ކަންތައް ކުރެވުނު ކަމަށެވެ. އަދި އެކަމާއި އޭނާ ވަރަށް ބޮޑަށް ހިތާމަ ކުރާކަމަށްވެސް އެ ސިޓީގައި ވެއެވެ. އަދި ކުޑައިރު އޭނާ ވަގަށް ނެގި "ސްޓޮޕް" ސައިން ބޯޑަށްވާ 50 ޑޮލަރު އެ ސިޓީއާއެކު އިންނާނެ ކަމަށް އޭނާ ބުނެފައި ވެއެވެ.

އެ އަވަށުގެ އޮފިޝަލުން ބުނީ، އެ މީހާ ކުރި ކުށަށް އޭނާ އިއުތިރާފްވިއިރު، އޭނާ އަމިއްލައަށް އަމިއްލަ ނަފްސަށް އިއުތިރާފްވެއްޖެކަމަށް އުއްމީދު ކުރާ ކަމަށެވެ. އަދި އޭނާއަށް އުފާވެރި ދިރިއުޅުމެއް އުޅެވޭނެކަމަށް އުއްމީދު ކުރާކަމަށްވެސް އެ މީހުން ބުންޏެވެ.