އިންޑިއާ އަކީ ވަރަށް ކުލަ ގަދަކޮށް ކައިވެނި ކުރުން ފާހަގަ ކުރާ ތަނެކެވެ. އެހެންކަމަށް ވާއިރު އެ ތަނުގެ ކައިވެނިތަކުގައި ބައެއް ފަހަރު ހީނުކުރާ ކަހަލަ ކަންކަން ދިމާވެއެވެ. އާދަޔާ ޚިލާފު ހާލަތްތަކުގައި ކައިވެނި ކުރުމާއި، އާދަޔާ ޚިލާފު ޝަރުތުތައް ކުރުމާއި، އާދަޔާއި ޚިލާފު ސަބަބުތަކާ ހުރެ ކައިވެނި ރޫޅުން ފަދަ ކަންކަން ހިމެނެއެވެ. އެހެންކަމުން ބައެއް ފަހަރު މި ކަހަލަ ކަންކަން ވަނީ މީޑިއާ އަށް ވެސް ވަރަށް ޝައުގުވެރި ކަމަކަށެވެ.

އިންޑިއާގެ ކައިވެނީގެ މޫސުމާ ދިމާކޮށް ދިމާވާ ކަންކަމަކީ އެހާވެސް ޝައުގުވެރި ކަންކަމެވެ. އާދަޔާ ޚިލާފު ލޯބީގެ ގުޅުންތަކުގެ ވާހަކަ އާއި ނެށުމާއި، ހީނާފަތް އެޅުންފަދަ ސަގާފީ ކަންކަމުން ފެށިގެން ބިދުއަތަކުގެ ސަބަބުން ދިމާވާ ކަންކަން ވެސް އިންޑިއާގެ ކައިވެނިތަކުން ފެނުނެވެ.

މިފަހަރު މީޑިއާގެ ސަމާލުކަން ހޯދީ ކައިވެނީގެ ހަފްލާ ދޫކޮށް ފިލި ފިރިހެނެއްގެ ވާހަކައެވެ. ދާދި ފަހުން މީސްމީޑީއާގައި ދައުރުވާން ފެށި ވީޑިއޯ އިން ފެންނަނީ އާއްމު އުސޫލައި އެއްގޮތަށް ކައިވެންޏަށް ތައްޔާރުވަމުންދާ ޖޯޑެކެވެ. އެ ވީޑިއޯ މަގްބޫލުވީ އެ ވީޑީއޯގެ ފަހުކޮޅުން ފެންނަ ކަންކަމާއި ހުރެއެވެ.

އެ ވީޑީއޯ އިން ފެންނަނީ ކައިވެނީގެ ހަފްލާގައި އާއިލާ މީހުން ހަރަކާތްތެރިވާ މަންޒަރެވެ. އަދި ކައިވެނި ކުރަން އުޅުނު ފިރިހެން މީހާ ތެދުވެ ކައިވެނީގެ ހަފްލާ ވަކި ހިސާބަކަށް ދާ ފަހުން ކައިވެނި ކުރަން އުޅުނު އަންހެން ކުއްޖާގެ ބެލެންސް ގެއްލި އަރިއަކަށް ވެއްޓޭ މަންޒަރު ފެނެއެވެ. އެ ހިސާބުން ކައިވެނި ކުރަން އުޅުނު ފިރިހެން މީހާ ހަފްލާގެ މައިދާން ދޫކޮށް ފިލަން ދުވާ މަންޒަރު ފެނެއެވެ.

އެތަނުން ފިރިހެން މީހާ އުޅޭ ގޮތުން އޭނާ އަށް ބިރުވެރި އެއްޗެއް ފެނުނުހެންވެސް ހީވެއެވެ. ބައެއް މީހުން މީސްމީޑީއާގައި ބުނީ އެ މީހާ ފިލީ އަންހެން މީހާ ވެއްޓުނީ ރޫހާނީ ކަމެއްގެ ސަބަބުން ކަމަށް ގަބޫލު ކުރެވޭތީއެވެ. އަދި އެ ސަބަބާއި ހުރެ އޭނާ ވަނީ އިތުރަށް އެ ކައިވެންޏާއި އެކު ކުރިއަށް ދާން ދެކޮޅު ހަދާފައެވެ.

ކިޔުންތެރިންގެ ހިޔާލު