ނ. މަނަދޫގައި އަޟްހާ އީދު ފާހަގަކުރުމުގެ ގޮތުން ބާއްވާ 'މާލި ޕެރޭޑް' އަކީ ފާހަގަ ކޮށްލެވޭ ކުޅިވަރެެކެވެ. ކުދި ބޮޑު އެންމެން ބައިވެރިވެ، އެކި ސަހުޝިއްޔަތުތައް ދައްކުވައިދޭ މާލި ޕެރޭޑަކީ ކޮންމެ އީދެއްގެވެސް ފުރަތަމަ ދުވަހުގެ މެންދުރު ކުރީގައި ކުރިއަށް ގެންދަމުން އަންނަ ހަރަކާތެކެވެ. އެގޮތުން މި އަހަރުވެސް މަނަދޫގައި އީދު ކުޅިވަރުތައް ފެށުމުގެ ގޮތުން ވަނީ މާލި ޕެރޭޑް ކުރިއަށް ގެންގޮސްފައެވެ.

މަނަދޫ މާލި ޕެރޭޑްގެ ތެރެއިން، ފޮޓޯ: މުހައްމަދު ޝާއިން

ތަފާތު އެކި ކަހަލަ މަޖާ މޫނުމަތި ކުރަހާފައިވާ މޫނުތަކާއި، ބިރުވެރި މޫނުތައް ފެންނާނެހެން މާސްކު އަޅައި ގައިގައި ކަޅު އަދި ހުދު ކުލަ ޖައްސައި ޖަރީކޮށްގެން މަގުތައްމައްޗަށް ނުކުމެ އުޅުނީ ފަނުން ތައްޔާރު ކޮށްފައިވާ ސްކާޓެއް ލައިގެންނެވެ. މިއީ އަދި ބައެއް މާލިތައް ފެނިގެން ދިޔަ ގޮތެވެ. ދެން ފެނިގެން ދިޔައީ މާބަނޑު އަންހެނުން ދައްކުވައިދޭ މާލިތަކާއި، ކަފައިން ތައްޔާރުކޮށް ހެދުން އަޅާފައި ހުރި މާލިތަކެވެ.

މަނަދޫ މާލި ޕެރޭޑްގެ ތެރެއިން، ފޮޓޯ: މުހައްމަދު ޝާއިން

މާލިތަކުގެ ތެރޭގައި ވެސް ކުދި ބޮޑު އެންމެން އަމަލީގޮތުން ބައިވެރިވެފައިވެއެވެ. ބޮޑުބެރު ޓީމަކާއި އެކު ފޯރީގައި ލަވަކިޔާ ނަށަމުން ރަށުގެ އެކި ހިސާބުތަކުގައި ޕެރޭޑް ބާއްވަމުންދިޔައިރު، ކުލަ ދުމާއި، ފެންކުލަ ކުޅުމުގެ ހަރަކާތްތައް ވެސް މާލި ޕެރޭޑާއި އެކުގައި ވަނީ ކުރިއަށް ގެންގޮސްފައެވެ. ހަތަރު އަނގޮޅި ކަންމަތިތަކުގައި މާލި ޕެރޭޑުގައި ބައިވެރިން ވަނީ ނެށުމުގެ ހުނަރު ދައްކާލައި، ކުޅިބަލަން ގޮސްފައިވާ މީހުން އެމީހުންގެ ސަކަރާތުގައި ބައިވެރިކޮށްފައެވެ.

ކުލަ ދުމާއި އެކު މާލިތައް ، ފޮޓޯ: މުހައްމަދު ޝާއިން

މިއަހަރުގެ އަޟްހާ އީދު މަނަދޫގައި ފާހަގަ ކުރަމުން އަންނަނީ 'މަހާ އީދު'ގެ ނަމުގައެވެ. ޖަމިއްޔާތަކާއި ރަށު ކައުންސިލުން ގުޅިގެން ކުލަގަދަކޮށް އީދު ފާހަގަކުރަން ނިންމާފައިވާއިރު، މާލި ޕެރޭޑްގެ އިތުރުން އީދުު ފުރަތަމަ ދުވަހުވެސް ވަނީ އިތުރު ހަރަކާތްތައް ތާވަލް ކޮށްފައެވެ. އެގޮތުން، ވާދެމުމާއި ސްޓޭޖް ޝޯ ފާހަގަ ކޮށްލެވެއެވެ. މަނަދޫގައި ވާދެމުން ކުރިޔަށް ގެންދަން ނިންމާފައިވަނީ އަންހެން ފިރިހެން ވަކިން ވާދަވެރި މުބާރާތެއްގެ ގޮތުގައެވެ.

މަނަދޫ މާލި ޕެރޭޑްގެ ތެރެއިން، ފޮޓޯ: މުހައްމަދު ޝާއިން

އީދުގެ މުނާސަބަތުގައި ދެން ކުރިޔަށްހުރި ދުވަސްތަކަށް ތާވަލް ކޮށްފައިވާ ކުޅިވަރުތަކުގެ ތެރޭގައި ސްޓޭޖް ޝޯގެ އިތުރުން 'ލައްކަ އަކުން އެކަތި'، 'ފަން ކުޅުން'، 'ސަގާފީ ހަވީރު'، 'ކުޑަކުދިންގެ ހަވީރު' އަދި ފުޓްސަލް މުބާރާތެއް ހިމެނެއެވެ.

މިއަހަރުގެ ބޮޑު އީދު ކުލަގަދަކޮށް ބައެއް ރަށްތަކުގައި ފާހަގަކުރުމަށް ނިންމާފައިވާއިރު، މިއީ ކޮވިޑް-19ގެ އާލަމީ ވަބާ ފެށުނު ފަހުން އީދުގެ ހަރަކާތްތައް މިހާ ކުލަގަދަކޮށް ފާހަގަކުރާ ފަހަރެވެ. މިފަހަރު އީދާއި ގުޅުވައިގެން އެޗްޕީއޭއިން ލުއިތައް ދީފައިވާއިރު، އީދު ކުޅިވަރުތައް ބާއްވަން ޖެހޭނެ ގޮތުގެ އުސޫލެއް އެޗްޕީއޭއިން ވަނީ އާއްމުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

 1. ޢަިސް

  ޢީދު ފާހަގަ ނުކުރާށޭެ ކީކީހެނއ

  7
  1
 2. މުހަންމާނު

  މަނަދޫއަކީ ވަރަށްކުރިން ސުރެ އަސްލު މާލި ނެރެ އީދު އަބަދުވެސް ކުލަގަދަކޮން ފާހަގަކުރަމުން އައިރަށެއް. އެހެނަސް 1990 އިގެ ފަހުކޮޅު މި ސަގާފަތް ނެތެމުން ނެތެމުން ގޮސް އެއްކޮށް މެދު ކެޑިފަ އަހަރުތަކެއް ދިޔަފަހުން އަނެއްކާވެސް ކޮންމެސް ސިފައެއްގަ މިކަންކަން ކުރަނީ.
  އީދަކީ މުސްލިމުން ފާހަގަ ކުރަން އޮންނަ ދުވަހެއް ރިވެތި މިންގަނޑުތެރޭން.

  7
  1
 3. ސުވޭ ސިސް

  ހޫން ވަރަށް ތާހިރު ނެރިފަ ތިބި މާލިތައް
  މީހުންގެ ޅަދަރިން އެތާ ތިބި އިރު ލޯދިލުވާލަން ނުކެރޭ

  11
  2
  • ޏުބުނާނަން ނަމެއް

   ތިޔައީ ދިވެއްސެއް ވެއްޖިއްޔާ އިނގެން ޖެހޭނެ އީދު މާލި އަކީ މަޖާ ކޮއްލިމަށް ނެރޭއެއްޗެއްކަން. ކުޑަ ކުދިން ބިރު ގަންނަ ވާހަކަ އަކީ ދުރުގާ އޮޓް ކަމެއް. ތިބުނާހެން މާލި އެންމެ ފުރިހަމަ ވެއްޖިއްޔާ މާލީފެނުމުން އެލިބޭ އަސްލު އުފާވެރި އިހްސާސް އެއް ނުކުރާނެ. މާލީގެ ރީތި ކަމަށް ބަލަންޏާ ޖަޖް ކޮއްފާ މަޖާ ކުރާކަށް އުޅޭނޭ މާގިނަ ބަޔަކު ނޫޅޭނެ. ދެން މާލީ ނެރުން ވާނީ މުބާރާތަކަށް. ޏަތީޖާއެއްގެ ގޮތުން މާލި ނެރުުމުގެ އަސްލު މަގްސަދް ގެއްލޭގޮތް ވޭ މިކަމުގެ ސަބަބުން ހަސަދަ ނޫން ކަމެއް ނުއުފެދޭނެ.

   މަނަދޫ ރައްޔިތުންގެ މާލި ތައް ވަރަށް ފުރިހަމަ.

   7
   3
  • ރަނައުރަމާގެ

   ކައުންސިލެއްގެ ނައިބު ކަ މަށް ހުރެ، ހ ޕ އ އިން ދީފަވާ ލުއި ދިނު މުގެ ކުރިން، ބައިވަރު ރަށްރަތައް މޮނިޓަރިންްގް ގަ އޮއްވާ ރަށަށް އަރާހާ ބީރައްޓެހިން ގޮވައިގެން ކޮފީ ތަކަށް އަރާ ލަވަކިޔާ މަޖާކޮށް ގައިގޯޅިވިއިރު ވަރަށް ތާހިރުތޯ؟ އޭރު ލޯދިލުވާލަން ކެރުނުތޯ، އިއްޒަތްތެރި ރަށު ކައުންސިލްގެ ނައިބުރައީސް؟

 4. އަހަރެން

  އެއްވެސް މަޖައެއް ނޫން ތިއެއް!

  ފިރިހެނުން އަންހެން ހެދުން އެޅުން އަދި އަންހެނުން ފިރިހެން ހެދުން ލުން ހުއްދަ ނުވާނެ!!!!!!!!!!!!

  26
  2
  • ޢަލީ

   ސަތޭކައިގެ ވާހަކައެއް!

 5. ހާލުފޮޅި

  މީހުން އެއްވެގެން ޢީދުގައި ކުޅިވަރު ނުކުޅޭށޭ ބުނެފަ އޮތީ.. ދެން ބުނާނެ ކޮވިޑް ކޭސްތައް ގިނަވެއްޖޭ.. އެޗް.ޕީ.އޭގެ އެންގުމާ ހިލާފުވި ރަށްރަށުގެ ކައުންސިލް ތަކަށް ފިޔަވަޅު އަޅާ.. ނޫނީ ޖޫރިމަނާ ކުރޭ…

  5
  1
 6. ހެދުންއެޅުން

  ހުއްދަނޫން އެއްވެސް ކަމެއް މަޖައެއް ނޫން!!

 7. ނޫރަންނަހާރު

  ވަރަށް ސަޅި މާލިތައް