އިންޑިއާގެ މަޝްހޫރު ތަރި އަދި ފިޓްނެސްގެ ދާއިރާގައިވެސް ފާހަގަކޮށްލެވޭ ޝިލްޕާ ޝެޓީގެ ފިރިމީހާ، ވިޔަފާރުވެރިޔާ ރާން ކުންޑްރާ ހައްޔަރު ކުރުމާއެކު ސުޕާ ޑާންސާ4ގެ ޝޫޓިންގއަށް ޝިލްޕާ ގޮސްފައިނުވާ ކަަމަށް ރިޕޯޓްތައް ބުނެފިއެވެ.

ޝިލްޕާ އަކީ އެ ޝޯގެ ޖަޖެކެވެ. އެ ޝޯގެ ޝޫޓިންގއެެއް މިއަދު ކުރިއަށްގެންދާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

އެހެން ނަމަވެސް ބަރަހަނާ ފިލްމް އުފައްދާ ކަމަށް ތުހުމަތުކޮށް އޭނާގެ ފިރިމީހާ ހައްޔަރު ކުރުމުން، އޭނާ މިއަދު ޝޫޓިންގއަށް ގޮސްފައެއް ނުވެއެވެ.

އަދި އެ ކޭސްއާ ގުޅޭގޮތުން މިވަގުތު އެއްވެސް ވާހަކައެއްވެސް ދައްކާފައިނުވާ ކަމަށް ވެއެވެ.

މިވަގުތު ޝިލްޕާ ހުރީ އޭނާގެ މަންމައާއި ދައްތަ އާއެކު ގޭގައި ކަަމަށް ރިޕޯޓްތައް ބުނެއެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، މުމްބާއީ ފުލުހުން މިއަދު މެންދުރުގެ ވަގުތެއްގައި ރާޖް ކުންޑްރާ ކޯޓަށް ގެންދާނެއެވެ. އަދި ކޯޓުން އޭނާގެ މުއްދަތު ޖަހާނެ ކަމަށް ބެލެވޭ ކަމަށ ވެއެވެ.

 

މުމްބާއީ ކްރައިމް ބްރާންޗުން ނެރުނު ބަޔާނެއްގައި ބުނެފައިވާގޮތުގައި، ރާޖް ކުންޑްރާ ހައްޔަރު ކުރީ ބަރަހަނާ ފިލްމުތައް އުފެއްދުމާއި އެޕްލިކޭޝަންތަކުގައި ޕަބްލިޝްކުރުމުގައި ބައިވެރިވެފައިވާ ކަމަށް ތުހުމަތުގައެވެ.

ޝިލްޕާ ޝެޓީ އާއި ރާޖް ކުންދްރާ ކައިވެނިކޮށްފައި ވަނީ 2009 ވަނަ އަހަރުއެވެ. އެ ކައިވެންޏަށް މިހާރު ވަނީ ދެ ކުދިންވެސް ލިބިފައެވެ.