އެޕްލް އިން އައިއޯއެސް 14.7 މިއަދު ނެރެފި އެވެ. މިއީ 2020 ވަނަ އަހަރުގެ ސެޕްޓެމްބަރުމަހަށްފަހު އެޕަލްއިން ނެރުނު ހަތްވަނަ އައިއޯއެސް އޮޕަރޭޓިން ސިސްޓަމް އެވެ. މިފަހަރު އައިއޯއެސްގެ އާ ވާޝަން އެއް ނެރުނީ އެންމެ ފަހުން ނެރުނު އައިއޯއެސް 14.6 ނެރުނުތާ ދެމަސް ފަހުންނެވެ.

އައިއޯސް 14.7 ހިލޭ ޑައުންލޯޑް ކުރެވޭއިރު މި އަޕްޑޭޓް ފަހުގެ ހުރިހާ ފޯނަކަށްވެސް ޑައުންލޯޑް ކުރެވޭނެ އެވެ.

މިފަހަރު ނެރުނު އައިއޯއެސް އަޕްޑޭޓުގައި އައިފޯން 12، 12 މިނީ، 12 ޕްރޯ އަދި 12 ޕްރޯ މެކްސް އަށް ހާއްސަ ފީޗަރތައްވެސް ހިމެނެއެވެ. އޭގެތެރޭގައި މެގްސޭފް ބެޓަރީ ޕެކްވެސް ހިމެނެއެވެ.

މިފަހަރުގެ އައިއޯއެސްގައި މޫސުން ބެލޭނެ ފަސޭހަ ގޮތްތަކެއްވެސް ހިމެނޭނެއެވެ. އެގޮތުން މި ހިދުމަތުން މިހާރު ފެންނާނީ ކެނެޑާ، ފްރާންސް، އިޓަލީ، ނެރަލެންޑް، ސައުތު ކޮރިޔާ އަދި ސްޕެއިންގެ މޫސުން ފެންނަ މެޕެވެ.

ބެލެވޭގޮތުގައި މިފަހަރު ނެރުނު އައިއޯއެސް 14.7 އަކީ އައިއޯއެސް 14 ގެ އެންމެ ފަހުގެ އަޕްޑޭޓެވެ. މި އަޕްޑޭޓް އަށްފަހު ދެން ނެރޭނީ އައިއޯއެސް 15 އެވެ. މި އަޕްޑޭޓަކީ އެޕަލް ގެންގުޅޭ ފަރާތްތަކަށް ވަރަށް ގިނަ ފަސޭހަތަކެއް ލިބޭނެ އަޕްޑޭޓެކެވެ.

އައިއޯއެސް 15 ދައްކާލާފައި ވަނީ އެޕަލްގެ ވޯލްޑް ވައިޑް ޑިވެލޮޕާސް ކޮންފަރެންސް 2021 ގައިއެވެ. މި އަޕްޑޭޓް އަންނާނީ މިއަހަރުގެ ސެޕްޓެމްބަރު އެޕަލް އިން ނެރޭ އައިފޯން 13 އާއި އެކުގައެވެ.

އެޕަލްގެ ކަސްޓަމަރުން މިހާރު އެންމެ ބޮޑަށް އިންތިޒާރުކުރަމުން އަންނަ އެއް ދުވަހަކީ އެޕަލްގެ އެންމެ ފަހުގެ އުފެއްދުންތައް ބާޒާރަށް ނެރޭނެ ދުވަހަކަށެވެ.

ކިޔުންތެރިންގެ ހިޔާލު