މަދިރި ދެކެ ވަރަށް ރުޅި އާދޭތަ؟، އެހެންކަމުގައިވާނަމަ މިއީ ރަޝިއާއަށް ދިއުން އެންމެ ރަނގަޅު ދުވަސްތައް ކަމުގައި ނުވާނެއެވެ.

އެއީ މިހާރު ރަޝިއާގެ ބައެއް ހިސާބުތަކަށް މަދިރި "ނަގޫރޯޅި" އެއް ފަދައިން އަރަމުންދާތީއެވެ. މީސް މީޑިއާގެ ޕްލެޓްފޯމްތައް ބަލާމުންވެސް އެފަދަ މަންޒަރު ތަކުގެ ވީޑިއޯތައް ދައުރުވަމުންދާއިރު، ބައެއް މީހުން ބުނަނީ މިއީ ބިރުވެރި ފިލްމްތަކުން ފެންނަ ކަހަލަ މަންޒަރުތައް ކަމަށެވެ.

މީސް މީޑިއާގައި ދައުރުވަމުން އަންނަ ވީޑިއޯތަކުން ފެންނަނީ މަދިރިތައް ރޯޅިއެއް ފަދައިން މުޅި ސަރަހައްދުގައި ދަތުރުކުރަމުންދާ މަންޒަރެވެ.

ބައެއް މީހުން ބުނާގޮތުގައި، އެތައް އެތައް ހާސް އެ މަދިރީގެ ސަބަބުން އިރުގެ އަލިކަން ނުފެންނަ ހިސާބަށް ބައެއް ފަހަރު ދެއެވެ.

ކޮންމެ ހޫނު މޫސުމެއްގައި ރަޝިއާގެ އެކި ސަރަހައްދުތަކުގައި މަދިރީގެ އުނދަގޫ ބޮޑުވާ ކަމަށް ވެއެވެ. އަދި މިގޮތަށް ވަނީ ބައެއް ސަރަހައްދުތަކުގައި ފެންހެދިފައި ހުރުމުން، މަދިރިތައް އާލާވަމުންދާތީއެވެ. އެހެން ނަމަވެސް މިފަހަރު އެހެން އަހަރުތަކާއި އާދަޔާ ހިލާފަށް ހޫނުވެ، ހާލަތު ވަނީ އެހެންފަހަރުތަކާއި ހިލާފަަށް ގޯސްވެފައެވެ.

ބައެއް ފަރާތްތަކުން ބުނެފައިވާގޮތުގައި، މިފަހަރު މަދިރިތައް މިދިޔަ އަހަރާއި އަޅާބަލާއިރު، ގިނަވެފައި ވުމުން ވަަރަށް ދުރުންވެސް އެ މަދިރިތައް ފެނެއެވެ.މިއާއެކު ބައެއް މީހުން ބުނަނީ މަގުމަތިން ކާރުގައި ދަތުރު ކުރަންވެސް އުނދަގޫ ކަމަށެވެ. އެއީ މަދިރީގެ ސަބަބުން ކުރިމަތި ސީދާ ނުފެނި ނުސާފުވެފައި ހުރުމުންނެވެ.

މިއީ އިންސާނުންނަށް ނުރައްކާވާ ޒާތުގެ މަދިރި ނޫން ކަމަށް ވެއެވެ. އެއި އެތަނުގައި ގިނައީ ފިރިހެން މަދިރި ކަމުން، އެއީ ނުރައްކާ ވާ ވައްތަރުގެ މަދިރި ނޫން ކަމަށް ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު