މިއީ އުމުރުން 72 އަހަރުގެ ޗައިނާއަށް ނިސްބަތްވާ ބޮޑީބިލްޑަރެކެވެ. އޭނާއަށް ބަލާފައި، ނުވަތަ އޭނާގެ ހަށިގަނޑަށް ބަލާފައި އޭނާއަކީ އެ އުމުރުގެ މީހެކޭ ބުނަން ނުވެސް ކެރޭނެއެވެ. އެއީ ހަމަ ހީވަނީ 30 އަހަރުގެ ޒުވާނެއް ހެންނެވެ.

އޭނާ ބުނާގޮތުގައި، އޭނާގެ ހަށިގަނޑު އެގޮތަށް ހުންނަނީ، ވަކި ޑައިޓް ޕްލޭނަކަށް ކައި އުޅޭތީއެވެ. އެގޮތުން ހެނދުނު ސަޔަށް އޭނާ ކަނީ ހައެއް ނޫނީ އަށް ބިސް ކަަމށް ބުނެފައި ވެއެވެ.

ޒިންމިން ޔަންގް ނަމަކަށް ކިޔާ މި މީހާ ބޮޑިބިލްޑް ކުރަން ފެށީ 1984 ވަނަ އަހަރުން ފެށިގެންނެވެ. އެއީ އެ ގައުމުން އެ ކުޅިވަރު ކުޅުން ހުއްޓުވާފައި ވަނިކޮށް އަލުން ފެށި އަހަރެވެ. އޭނާ ބުނީ، އެއިރު އޭނާގެ އުމުރަކީ 37 އަހަރު ކަމަށާއި، އެއިރުން ފެށިގެންވެސް ކަސްރަތު ކުރުން ކުރިއަށް ދިޔަ ކަމަށެވެ. އެކަމުގެ ސަބަބުން ބްލަޑް ޕްރެޝަރުވެސް ހުންނަނީ އެންމެ ރަނގަޅަށް ކަމަށް އޭނާ ބުނެފައިވެއެވެ.

ޗައިނީސް ފިޓްނެސް މީޑިއާ ކުންފުނި ޗޭންޖް ޕްރޮޑަކްޝަންއާ 2018 ވަނަ އަހަރު ވާހަކަދައްކަމުން ޒިންމިން ބުނެފައި ވަނީ، އޭނާގެ ޑޮކްޓަރުންވެސް އޭނާގެ ހަށިގަނޑަށް ބަލާފައި އޭނާއަކީ 60 އަހަރުވެފައިވާ މީހެއް ކަމަށް ގަބޫލު ނުކުރާ ކަމަށެވެ.

"މިދިޔަ އަހަރުތަކުގައި އަހަރެންގެ ސިއްހަތު އެހާ ރަނގަޅަށް ހުރީ، ބޮޑީބިލްޑިންގ ޓްރެއިނިންގ ސަބަބުން". އޭނާ ބުނެފައި ވެއެވެ.

އޭގެ އިތުރުން، އޭނާގެ ޑައިޓްއަކީ އޭނާ ޒުވާންކަންމަތީ ހުންނަ އެންމެ ބޮޑަށް އެހީވެދޭ އެއް ކަންތައް ކަމާށްވެސް ބުނެފައި ވެއެވެ.

އެގޮތުން ހައެއް ނޫނީ އަށް ބިސް ހެނދުނު ސަޔަށް ކެއުމުގެ އިތުރުން، ޓޮމާޓޯ، ކިއުކަމްބާ، އޯޓްމީލް، އަދި ޗިކަން ބްރީސްޓްވެސް މިއީ އޭނާ ފާއިތުވި 10 އަހަރު ތެރެގައި ކޮންމެ ދުވަހަކު ކަހަލަ ގޮތަށް ހެނދުނު ސައިގެ ގޮތުގައި ބޭނުން ކުރާ އެއްޗެހި ކަމަށް ބުނެފައި ވެއެވެ.

އޭނާއާ ގުޅުން ހުރި ވާހަކަތައް މީޑިއާ ސަމާލުކަމަށް އައިސްފައި ވަނީ އޭނާގެ ވީޑިއޯއެއް ރެޑިޓްގައި އާއްމުވުމުންނެވެ.

އެ ވީޑިއޯގެ ކެޕްޝަންގައި ބުނެފައި ވަނީ، "70 އަހަރުގެ މީހެއް، ވައްތަރީ 30އަހަރުގެ މީހަކާއި، އެއީ އޭނާ 34 އަހަރު ވަންދެން ކަސްރަތު ކުރުމުގައި އުޅުމުން".

އޭނާގެ އުމުރާއި ބަލާފައި އޭނާގެ ހަށިގަނޑު އެހާ ރީތިކޮށް ހުންނައިރު، އޭނާގެ އުމުރާއި ގުޅޭގޮތުން ތަފާތު ވާހަކަ ދެކެވުނެވެ. އެގޮތުން އެއީ އޮޅުވާލުމެއް ކަމަށްވެސް ބުނާ މީހުން ބުނެއެވެ. އަދި އޭނާއަކީ 70 އަހަރުގެ މީހަކާއި، ބަލާފައި ވަރަށް ރީތި މީހެއް ކަމަށްވެސް ބުނި މީހުން މަދެއް ނޫނެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. Anonymous

    ރަޝީދޫ ނަންބަރު އައިނެތް އަޅާކައް ނުފެނޭތޯ...؟؟؟
    30 އަހަރޭ ބުނަން ކެރުނުކަންވެސް.

    3
    1
  2. ސަލަފް

    ހީވަނީ 15 އަހަރުހެން.

    1
    2
  3. ތުއްތުނާ

    ބަލާބެލު މަށްހީވަނީ އު މުރަށްވުރެންވެސް ދޮޅުއަހަރެއްވަރު ދޮށިހެން ؟

  4. ލޮލް

    މިޒަމާނު 30އަހަރު މީހުން ހީވާނީ 20އަހަރު ހެން! ތި މީހަކު ހީވަނީ ހަމަ 70 ހެން! ފިޓް ކޮށް ހުރީމަ 64 ހެން ނޭ ބުނެވިދާނެ!