ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމާއި އެމަނިކުފާނުގެ އަނބިކަނބަލުން ނަސްރީނާ އިބްރާހިމްގެ ކައިވެންޏަށް މިއަދު 52 އަހަރު ފުރިއްޖެއެވެ.

މައުމޫނާއި ނަސްރީނާ ކައިވެނި ބައްލަވައިގަތީ 1969 އަހަރުގެ ޖުލައި މަހުގެ 20 ވަނަ ދުވަހު އެވެ. ދެބޭފުޅުން ބައްދަލުވެ ކައިވެނި ބައްލަވައިގެންނެވީ މިސްރުގައި ތައުލީމް ހާސިލް ކުރަން ތިއްބެވި ދުވަސްވަރު އެވެ.

މައުމޫނުގެ ދެމަފިރިކަނބަލުންނަށް ހަތަރު ބޭފުޅުން ލިބިވަޑައިގެންފައި ވެއެވެ. އޭގެ ތެރެއިން އެންމެ ދޮއްޓަށް ލިބިވަޑައިގެންނެވީ އެއްމާބަނޑު ދެ ބޭފުޅުންނެވެ. އެއީ ދުންޔާ މައުމޫނާއި ޔުމްނާ މައުމޫނެވެ. ތިން ވަނައަށް ފާރިޝް މައުމޫނު ލިބިވަޑައިގެންނެވިއިރު އެންމެ ހަގު ބޭފުޅަކީ ޣައްސާން މައުމޫނެވެ.

ކައިވެންޏަށް 52 އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން ދުންޔާ މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މަންމަ އާއި ބައްޕަގެ ކައިވެންޏަށް 52 އަހަރު ފުރިގެން ދިއުމަކީ ލިބިވަޑައިގެންނެވި ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަބަދުވެސް މަންމަ އާއި ބައްޕަ ހެޔޮ ހާލުގައި ލެއްވުން އެދި ދުންޔާ ދުއާ ކުރައްވާފައި ވެއެވެ.

ކައިވެނީގެ އެނިވާސަރީ ފާހަގަ ކުރައްވަން މައުމޫން ވަރަށް ގިނައިން ޓްވީޓް ކުރައްވައެވެ. ނަމަވެސް މިއަދު އަދި އެމަނިކުފާނު އެފަދަ ޓްވީޓެއް ކުރައްވާފައެއް ނުވެއެވެ.

މައުމޫން ނަސްރީނާ އާއި ގުޅޭ ގޮތުން އާއްމު ތަންތަނުގައި ކުރެއްވި ތައުރީފްތަކުގެ ތެރެއިން އެންމެ ފާހަގަ ކޮށްލެވެނީ 2018 ވަނަ އަހަރު ޖަލުގައި ގިނަ ދުވަސްތަކެއް ހޭދަކުރެއްވުމަށް ފަހު މިނިވަންވެ ވަޑައިގެންނެވި ފަހުން ކުރެއްވި ޓްވީޓެވެ.

ނަސްރީނާއަށް ތައުރީފް ކުރައްވައި އެމަނިކުފާނު ކުރެއްވި ޓުވީޓުގައި ނަސްރީނާ ސިފަ ކުރައްވާފައި ވަނީ އެންމެ ގާތް އެކުވެރިޔާގެ ގޮތުގަ އެވެ. އަދި އެކަމަނާގެ ހިތްވަރުފުޅު ގަދަ ކަމާއި ވަފާތެރިކަން މައުމޫން ސިފަ ކުރެއްވީ އާދަޔާ ހިލާފް ކަމެއްގެ ގޮތުގަ އެވެ.

"ކަމަނާއަށް ލިބިފައި ވަނީ ގަދަފަދަ ބާރެއް. ކަމަނާގެ ހިތްވަރު ގަދަކަން އާދަޔާ ހިލާފް. ކަމަނާ ހުންނެވީ ބަލި ނުކުރެވޭނެ ފަދަ ހިތްވަރެއްގައި. ކަމަނާގެ ވަފާތެރިކަމަށް ނިމުމެއް ނެތް. ގައިމު، ލޯބީގައި މޮޅު، ރީތި އެތައް ކަމެއް ހިމެނޭ. ލޯބިވާ އަނބިކަނބަލުން، އަޅުގަނޑުގެ އެންމެ ގާތް އެކުވެރިޔާ، ތިޔަ ލޮބުވެތި ނިއުމަތަށްޓަކައި އަޅުގަނޑު ﷲ އަށް ޝުކުރު ކުރަން،" މައުމޫން ލިޔުއްވާފައިވެ އެވެ.

މައުމޫނާއި ނަސްރީނާގެ ކައިވެންޏަށް ބައި ގަރުނު ވުން ފާހަގަ ކުރުމުގެ ގޮތުން 2019 ވަނަ އަހަރު ދަރުބާރުގޭގައި ހާއްސަ ހަފްލާއެއް ވެސް ބޭއްވެވިއެވެ. އެހަފްލާގައި ބައިވެރިވެ ވަޑައިގެންނެވީ އާއިލާގެ މެންބަރުންނާއި، ވަރަށް ގާތް ބައެއް ރަހުމަތްތެރިންނެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. Anonymous

    ތިޔައީ ޒައީމޭ އަދު ލޮބުވެތިމިދިވެހި ގައުމު ފަހުރްވެރިވާ

    24
    11
  2. މަދޫ

    މަރްހަބާ ޒައީމް

    25
    4
  3. ބްރޯ

    އެހެންވީމަ ރިޓަޔަރކުރަން އޮތީ ބާކީ 3 އަހަރު ދޯ..

    9
    2
  4. ޢަހްމަދު

    ދެމަފިރިކަނބަލުންނައްވެސް މަރުހަބާ މަރުދުވަހާޖެހެންދެންވެސް މިސާލު ދައްކަވާ މެޑަމް ބުރުގާ ތުރުކުރެއްވީމަ ވަކީން ރީތި ވާނެ އެންމެ ދެކެން ބޭނުން ވަނީ އެދުވަސް

    11
    6
  5. މަރުޙަބާ3

    މަރުހަބާ ރައީސް މައުމޫން. އަޅުގަނޑުމެން މާލޭގައި. މައުމޫންގެ ތަރައްގީގެ ދަށުން ކުލި ދައްކައިގެން އުޅޭތާ 25 އަހަރު. ގައުމުގެ ބައިތުލްމާލު ގާތްގަނޑަކަށް އެއްކޮށް މާލެއަށް ޚަރަދުކުރާތާ 60 އަހަރު. ރަށް ކައިރި ހިސާބަކުންވެސް އެކްސްރޭ ގަނޑެއްހާ ހިސާބުވެސް ހަދާލެވެން ނެތް. ވަޒީފާއެއް ނެތް. ތައުލީމެއް ޞިއްޙަތެއް، ސާފުބޯފެނެއް ނަރުދަމާއެއް ނެތް. މަރުޙަބާ.

    19
    3
    • ބުއްޅަބޭ

      ހަމަ ހޭގަތަ ތި ހުރީ...ނޫނީ ކަނީތަ؟ ބީރީތަ؟

  6. މަސްއޫދު

    30 ޢަހަރު ރައްޔިތުންގެ ފައިސާ ލޫޓުވީ އަދި މިހާރުވެސް ކައިބޮއިހަދަނީ ރައްޔިތުންގެ ޓެކުސްފައިސާއިން! ތިޔައީ ޒަޢިމޭ އަދު ލޮބުވެތި ދިވެހި ގައުމު ފަނާކުރާ!

    9
    8
  7. ނެރޭ

    ތީއެވޭލާގެ މޮޑެލްއެއް

    8
    2
  8. ޢަބޫ

    ކައިވެނީގެ އެނިވާސަރީ ފާގަގަ ކުރާއިރު މިހާރު ތިބީ ކިތައްއްވަނަ ކައިވެނީގެ މަތީގަތޯ، އެންމެފަހުގެ ކާވެނިކުރި ތާރީހަކީ ކޮބާތޯވެސް އަންގާލިނަމަ

    13
    4
  9. ޓަކިބެ

    ކައިވެންޏަކަށް 52 އަހަރުފުރުން އެއީ އާދައިގެ ކަމެއްނޫން. ވަރަށްބޮޑެތި ގުރުބާނީތަކެއް ދެފަރާތުންވެސް ވާނީ ވެފަ. އެހެންވީމަ އުފާކުރުން ހަމަ ހައްގު. މަރުހަބާ.

  10. ޒާހިރު

    ފަށްކެނޑި ކައިވެނީގެ ދުވަސްތައްވެސް ހިމަނައިގެން .

    4
    1
  11. ޖުމުހޫރީ މައިދާނުން

    މަރުޙަބާ ދެކަނބަލުން

  12. ހަސަދު

    އެއްވެސް ފަހަރަކު ވަރިނުވެ 52 ފުރުން އެއީ އެޗީވްމަންޓެއް.!!!!

  13. އަބޫ

    ކައިވެނީގެ އެނިވާސަރީ ފާގަގަ ކުރާއިރު މިހާރު ތިބީ ކިތައްއްވަނަ ކައިވެނީގެ މަތީގަތޯ، އެންމެފަހުގެ ކާވެނިކުރި ތާރީހަކީ ކޮބާތޯވެސް އަންގާލިނަމަ