ސޮނީ ޓީވީ އިން ގެނެސްދޭ ކްރައިމް ޕެޓްރޯލް ހުށައަޅައިދޭ އަނޫޕް ސޯނީ ކްރައިމް ސީން އިންވެސްޓިގޭޓަރަކަށް ވެއްޖެ އެވެ.

އަނޫޕް ސޯނީ އޭނާގެ އިންސްޓަގްރާމުގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނީ އޭނާ އަކީ މިހާރު ކްރައިމް ސީން އިންވެސްޓިގޭޓަރެއް ކަމަށެވެ. ކޮވިޑާއި ގުޅިގެން އައި ފުރަބަންދުގައި އޭނާ ހަދާފައިވަނީ މި ކޯސް ކަމަށް އަނޫޕް ވަނީ ބުނެފަ އެވެ.

ކްރައިމް ޕެޓްރޯލް އަކީ ގިނަ ދިވެހިންގެ މެދުގައިވެސް މަގުބޫލު ޕްރޮގްރާމެކެވެ. އަނޫޕް ބުނީ މި ދާއިރާއިން ކިޔަވަން އުނދަގުވި ކަމަށާއި ނަމަވެސް ހުރިހާ ހަކަތައަކާއި ވަގުތެއް މިކަމުގައި ހޭދަކުރި ކަމަށެވެ.

ކްރައިމް ސީން އިންވެސްޓިގޭޝަން ހެދިކަމުގެ ސެޓިފިކޭޓް ވެސް އަނޫޕް ވަނީ އިންސްޓަގްރާމުގައި ހިއްސާކޮށްފަ އެވެ. އަނޫޕް މި ދާއިރާއިން ކޯސް ހަދާފައި ވަނީ އިންޓަނޭޝަނަލް ފޮރެންސިކް ސައިންސެސް(އައިއެފްއެސް) އިންނެވެ.

އަނޫޕް އަށް ލިބުނު ކާމިޔާބުގައި އޭނާގެ ފޭނުން ބައިވެރިވެފައިވާއިރު ފޭނުން ދަނީ އަނޫޕް އަށް މަރުހަބާގެ މެސެޖުތައް ފޮނުވަމުންނެވެ.

2010 ވަނަ އަހަރުން ފެށިގެން އަނޫޕް އަންނަނީ އިންޑިޔާގެ ސޮނީ އެންޓަޓެއިން ޓީވީ އިން ގެނެސްދޭ ކްރައިމް ޕެޓްރޯލްގެ ކްރައިމް ސީރީސްތައް ހުށައަޅައިދެމުންނެވެ.

2003 ވަނަ އަހަރުން ފެށިގެން ގެނެސް ދެމުން އަންނަ ކްރައިމް ސީން ޕެޓްރޯލް އަކީ ހަގީގަތުގައި ވެސް އިންޑިއާގައި ހިނގާފައިވާ އެކިއެކި ކުށްތަކާއި އެމައްސަލަތަކުގެ ތަހްގީގު ކުރިއަށްދާ ގޮތް ގެނެސްދޭ ސީރީޒް އެކެވެ. މިހާތަނަށް މިސީރީޒްގެ 1200 އަށް ވުރެ ގިނަ އެޕިސޯޑް ދައްކާފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު