އެކްޓަރު ރިތޭޝް ދެޝްމުކް، ސޮނަކްޝީ ސިންގްހާ އަދި ސާގިބް ސަލީމް ފެނިގެންދާ މަޖާ ބިރުވެރި "ކަކުޑާ" ގެ ޝޫޓިން ފަށައިފިއެވެ.

މި ފިލްމުގެ ޝޫޓިން އިންޑިއާގެ ގުޖުރާތުގައި ފަށާފައިވާ އިރު މި ފިލްމް އެއްކޮށް ނިމި ރިލީޒް ކުރެވޭ ވަރު ވާނީ އަންނަ އަހަރުގެ ކުރީކޮޅުގައި ކަމަށް ފިލްމު އުފައްދާ ފަރާތުން ބުނެއެވެ.

މި ފިލްމުގައި ފެނިގެންދަނީ އަވަށެއްގައި އެއް ދުވަސްވަރަކު ހަދާފައިވާ ސިހުރަކުން އެ އަވަށް ބިރުވެރިކަމުގެ އެކި ހާދިސާތައް ހިނގައި އެކަންތައް ބެލުމަށް ތިން މީހަކު ދިއުމުން އެމީހުންނާ ކުރިމަތިލާ އާދަޔާ ހިލާފު ހާދިސާތަކެވެ.

މި ފިލްމުގެ ލީޑުރޯލުން ފެނިގެންދާ ސޮނަކްޝީ ބުނީ ފިލްމުގެ ހުލާސާ ކިޔާލުމުން މި ފިލްމަކީ އޭނާ ވަރަށް ގަޔާވި ފިލްމަކަށް ވެއްޖެ ކަމަށެވެ. އަދި މިކަހަލަ ފިލްމުތައް އޭނާ ވަރަށް ބަލާ ހިތްވާ ކަމަށްވެސް ވަނީ ބުނެފައެވެ.

ދެޝްމުކް ބުނީ މި ފިލްމަކީ ބިރުވެރި ފިލްމަކަށް ވެފައި ފިލްމުގައި އޭނާ ކުޅެން ލިބުނު ކެރެކްޓަރު ވަރަށް ކަމުދާ ކަމަށެވެ. އަދި މަޖާ ބިރުވެރި ފިލްމުތައް ކުޅޭ ހިތްވާކަމަށް އޭނާ ބުންޏެވެ.

މި ފިލްމުގެ ވާހަކަ ލިޔެފައި ވަނީ އަވީނާޝް ދިވޭދީ އާއި ޗިރާގް ގާގްއެވެ. މި ފިލްމުގެ ޕްރޮޑިއުސާ ރޯނީ ސްކްރީވާލާ އަކީ މަޝްހޫރު އެތައް ފިލްމެއް ޕްރޮޑިއުސް ކުރި ފަރާތެކެވެ. އެގޮތުން އޭނާގެ ފިލްމުތަކުގެ ތެރޭގައި ވިދްޔާ ބާލަންގެ ނަތްކަރް، ޕްރިޔަންކާ ޗޮޕްޅާ އާއި ފަރްހާން އަކްތަރުގެ ދަ ސްކައި އިޒް ޕިންކް ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު