އެންމެ ދަރިއަކު ވެސް ބަލައި ބޮޑު ކުރުމަކީ ފަސޭހަ ކަމެއް ނޫނެވެ. އަދި ވަކިން ހާއްސަކޮށް ކުދިން އެންމެ އުމުރުން ހަގު ދުވަސްވަރު އެކުދިން ބެލުމަކީ މާބޮޑަށް ވެސް އުނދަގޫ ކަމެކެވެ. ކުދިން އުމުރުން ހަގު ދުވަސް ވަރު އެކުދިންނަށް ދޭން ޖެހޭ ސަމާލުކަން ވެސް އިތުރު ވެއެވެ. ހުރިހާ ކަމެއް ކޮށްދޭން ޖެހެނީ އެހެން މީހެކެވެ. އެންމެ ކުއްޖަކު ބަލަން އުފުލަން ޖެހޭ ތަކުލީފްތައް ޔަގީނުން ވެސް އެއްމާބަނޑު ހަތަރު ކުދިން ބަލަން ޖެހުމުން ހަތަރު ގުނަ ވެގެން ދާނެއެވެ.

ޑޭނާ ނަމަކަށް ކިޔާ އަންހެނަކު މިވަނީ އޭނާގެ އެއްމާބަނޑު ހަތަރު ކުދިންނާއި އަދި އޭގެ އިތުރުން ފަސް އަހަރުގެ ކުއްޖަކު ބެލެހެއްޓުމުގައި އޭނާ އެއްދުވަސް ހޭދަކުރާ ގޮތް ޓިކްޓޮކްގައި ހިއްސާ ކޮށްފައެވެ.

5.2 މިލިއަން މީހުން ބަލާފައިވާ ވީޑިއޯ އިން ފެންނަ ގޮތުގައި ޑޭނާ ފރަތަމަ ހެނދުނު ނިދާ ހޭލައިގެން ދަރިންގެ ކަންކަން ކުރުމުގެ ކުރިން ކޮފީ ބޯލާނެ ވަގުތުކޮޅެއް ހޯދައެވެ. ކޮފީ އަކަށް ފަހު ޑޭނާ ދެން ތައްޔާރު ކުރަނީ އޭނާގެ ދަރިންނަށް ހެނދުނު ސައެވެ. މޭވާތައް ތަށިތައްޓަށް އަޅައި ތައްޔާރު ކުރުމަށް ފަހު ދަރިން ހޭލައްވާ އެކުދިން ތައްޔާރު ކުރުވައެވެ.

ދަރިންގެ ހެނދުނު ސަޔަށް ފަހު އެކުދިން ކުޅެން ވަގުތު ދެއެވެ. އެއަށްފަހު ދެން ސްނެކެއް ކާލައިގެން އެކުދިންނަށް އޮންނަނީ މެންދުރު ވަގުތު ކޮންމެވެސް ވަރަކަށް ނިދާލުމެވެ. އޭރު ގޭތެރެއަށް އޮންނަނީ "ތޫފާނެއް" އަރާފައެވެ. ކުދިން ނިންދެވުމަށް ފަހު ގޭތެރެ ސާފުކޮށްފައި ކުޑަކުޑަ ވަގުތުކޮޅެއް ޑޭނާ އަށް ލިބުނު ނަމަވެސް އޭރު އަނެއްކާ ކުދިންތައް ތިބެނީ ނިދިން ހޭލާވަރު ވެފައެވެ.

ކުދިންތައް ތައްޔާރު ކޮށްގެން ބޭރަށް ނިކުމެލާފައި އެނބުރި ގެއަށް އަންނައިރު ޑޭނާ ހުންނަނީ ވަރުބަލި ވެގެން އެހެން ކަމެއް ނުކުރެވޭ ވަރު ވެފައެވެ. އެހެންކަމުން ރޭގަނޑުގެ ކެއުން ވެސް ޖެހެނީ ބޭރުން އޯޑަރު ކޮށްގެން ގެންނާށެވެ.

ޑޭނާ ކުޑަކުޑަ ހަތަރު ކުދިން ބަލަހައްޓަން ކުރަމުން އަންނަ މަސައްކަތަކީ ވީޑިއޯއެއް އެކަނި ބަލައިގެން ނުވަތަ ލިޔުމެއް ކިޔާލައިގެން އިހްސާސް ކުރެވޭނެ އެއްޗެއް ނޫނެވެ. ވަރަށް ގިނަ މީހުން ވަނީ ޑޭނާގެ މަސައްކަތް ފާހަގަކޮށް އޭނާ އަށް ތަރުހީބުދީ މީސް މީޑިއާގައި ޕޯސްޓްތައް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ައަހުމަދު

    މަންމަ އެހާވަރުން ބަލާބޮޑުކުރާ ދަރިފުޅު އަމިއްލަ ފައިމައްޗަށް ތެދުވެވުނީމަ މަންމައެދަރިފުޅައްޓަކައި ވި ޤުރުބާނީ ހަނދާންނެތިކޮށްލާފައި މަންމަ އެކަނިވާދުވަހު މަންމަ ދޫކޮށްފައި ދާއިރު އެމަންމަ ހިތަށްކުރާނެއަސަރަކާއި އަޅާނެވޭނެއް އެދަރިފުޅަށް ނޭގޭތީ އަޖައިބުވަން. މިކުޑަކުޑަ ދިވެރާއްޖޭގައިވެސް އެތައްމަންމައެއް އެބައުޅޭ އެހިތްދަތިކަމުގައި، ހިތްފަލައިގެންދާކަހަލަ މަންޒަރުތައް އެބަފެނޭ.