އުމުރުން އެންމެ 11 އަހަރުގެ ކުއްޖަކު، އޭނާގެ އެކުވެރިއެއް، ނުރައްކާތެރި ފުން ކޯރަކަށް ވެއްޓި ގެނބުމުން ސަލާމަތްކޮށްދީފިއެވެ. 11 އަހަރުގެ މި ކުއްޖާގެ ނަމަކީ ސުޖާޔާ އެވެ.
އަވަށްޓެރި އިންޑިޔާގެ ގަދިންޖޭގައި ހިނގި މި ޙާދިސާގައި ކޯރަށް ވެއްޓެން އުޅިފައިވަނީ އުމުރުން 12 އަހަރުގެ ކުއްޖެކެވެ. މި ކުއްޖާގެ ނަމަކީ އަދިއްތިޔާ ކަމުގައި، ރިޕޯޓުތައް ބުނެއެބެ.
އެޤައުމުގެ ނޫސް ރިޕޯޓުތައް ބުނާގޮތުގައި، އަދިއްތިޔާ ކޯރަށް ވެއްޓެން އުޅިފައިވަނީ، ސްކޫލު ނިންމާލުމަށްފަހު، ސުޖާޔާއާއެކު ގެއަށް ދިޔަ މަގުމަތީގައެވެ. ވަގުތީ ގޮތުން ހަދާފައިވާ ހަނި ހަނި ދާލަމެއް (ބްރިޖް) އެއް ހުރަސްކޮށްގެން އެކުދިންގެ ގެއަށް ދެވޭއިރު، އަދިއްދިޔާގެ ފައި، އެ ދާލަމުން ކައްސާލީއެވެ.
އެހެންނަމަވެސް، ކުޑަ ކުޑަ ސުޖާޔާގެ ހުށިޔާރުކަމާއި ކުޅަދާނަކަމުން، އޭނާވަނީ އޭނާގެ އެކުވެރިޔާގެ އަތުގައި ހިފާފައެވެ. އަދި، ގައިން ލެވުނު އެންމެ ބޮޑު ބާރެއް ލައިގެން، އޭނާގެ އަތުން އެކުވެރިޔާ ދޫވިޔަ ނުދީ ހިފެހެއްޓޭތޯ އޭނާ މަސައްކަތްކުރަމުން ދިޔައެވެ. އެވަގުތު، އޭނާވަނީ އެހެން މީހުންގެ އެހީތެރިކަމަށްވެސް އެދި ގޮވާފައެވެ.
އެހެން މީހުން އެތަނަށް އައިސް އަދިއްތިޔާ ދާލަން މައްޗަށް ނެގިއެވެ. އެތަނަށް އައި މީހުން ބުނި ގޮތުގައި، ސުޖާޔާގެ އަވަސް ހަރަކާތް ބޭނުން ނުކުރިކަމުގައިވިޔަސް، ފުން ކޯރަށް ވެއްޓި، އޭނާގެ އެކުވެރިޔާ ގެނބުމަކީ ނާދިރު ކަމެއް ނޫނެވެ.
މި ކަމުގެ ސަބަބުން މި ކުޑަ ކުޑަ ކުއްޖާއަކީވެސް މިހާރު "ހީރޯ" އެކެވެ.
ﷲ އަށް ހަމްދު ކުރޭ .
ސުޖާޔާގެ އަވަސް ހަރަކާތް ބޭނުން ނުކުރިކަމުގައިވިޔަސް، ފުން ކޯރަށް ވެއްޓި، އޭނާގެ އެކުވެރިޔާ ގެނބުމަކީ ނާދިރު ކަމެއް ނޫނެވެ.
މ އިބާރާތުގައި ބުނާ އެއްޗެއް ރަނގަޅަކަށް ނުވިސްނުނު.
މަވެސް މިއޮތީ ގެޓް ނުވެފާ
الحمد لله