އީދުގެ މުނާސަބަތުގައި ކުރިޔަށް ގެންދާ ހަރަކާތްތަކުގެ ފޮޓޯތަކާއި ވީޑިއޯތައް މީސް މީޑިއާގައި އާންމު ވެއްޖެއެވެ. އެތައް ބަޔަކު ފޯރީގައި އެކަން ކުރާ މަންޒަރު ފެންނަ ފޮޓޯތައް މީށް މީޑީއާގައި އާއްމުކުރިއިރު، ބަތަލާ މަރިޔަމް އައްޒަ (އައްޒަ)ގެ އިންސްޓަގްރާމް ސްޓޯރީއިން ފެނިގެން ދިޔައީ ތަފާތު މަންޒަރެެކެވެ.

އީދު ފާހަގަ ކުރުމުގެ ގޮތުން 'ޔާރާ' އާއިލާއިން ކުރިއަށް ގެންގޮސްފައިވަނީ އާއިލާގެ ލަވަ މުބާރާތެކެވެ. ފިލްމީ އެތައް ފަންނާނުންނެއް ހިމެނޭ މި އާއިލާއިން ކުރިއަށް ގެންދިޔަ ލަވަ މުބާރާތުގެ ބައެއް މަންޒަރުތައް އައްޒަގެ އިންސްޓަގްރާމް ސްޓޯރީއިން ބެލުންތެރިންނަށާއި، އެ ފަންނާނުންގެ ފޭނުންނަށް ދައްކާލިއެވެ.

ފުރަތަމަ ވީޑިއޯއިން ފެނިގެންދަނީ މަޝްހޫރު ޑައިރެކްޓަރ އަދި އެކްޓަރ ރަވީ ފާރޫގް އާއި ކުޅަދާނަ ބަތަލާ އައިޝަތް ރިޝްމީގެ ކަރޯކޭ އެކެވެ. 'ކީއްވެހޭ ނިވާވުމުން އެ ހަނދު ފިލީ' މި ލަވައިގެ ޑުއެޓް އާންމުންގެ މެދުގައި މަޝްހޫރު ކަޕްލްއެއް ކަމަށްވާ ރަވީ އާއި ރިޝްމީ ކިޔަމުންދިޔައިރު، ރިޝްމީ އާއި އައްޒަގެ މަންމަ އަދި ފިލްމީ ދާއިރާއިން ކުރިޔަށްގޮސް އާންމުންގެ ލޯބި ހޯދާފައިވާ އައިންތް ފެނިގެން ދިޔައީ ލަވައިގެ ފޯރީގައި ނަށަމުން ދަނިކޮށެވެ. އައިންތުގެ އިތުރުން އައްޒަގެ ފިރިމީހާ އެކްޓަރ އަބްދުﷲ މުއާޒް ވެސް ފެނިގެން ދެއެވެ.

 

View this post on Instagram

 

A post shared by Mariyam Azza (@axzxa)

އިތުރު ވީޑިއޯއެއްގައި ބަތަލާ އައްޒަގެ ބައްޕަ އާއި މަންމަ ލަވަ ކިޔަނިކޮށްވެސް ފެނިގެން ދެއެވެ. ލަވަ މުބާރާތުގެ ތެރެއިން ކަމަށް ބުނެ އައްޒަގެ އިންސްޓަގްރާމް ސްޓޯރީއިން ފެެނިގެން ދިޔައީ ގޭގައި ތިބެ އީދު ފާހަގަކޮށް، އާއިލާ މެމްބަރުންގެ މެދުގައި މަޖާ ވަގުތުކޮޅެއް ހޭދަކުރަމުންދަނިކޮށެވެ.

 

View this post on Instagram

 

A post shared by RISHMY RAMEEZ (@rishmyyr)

ކޮންމެ އީދުގައި އާއްމުކޮށް މި ތަރިން ޝޯދޭން ރަށްރަށަށް ދެއެވެ. އެހެން ނަމަވެސް މިފަހަރު އެ މީހުން އީދު ފާހަގަކޮށްފައި ވަނީ އާއިލާއާ އެކުގައިކަން ފާހަގަކޮށްލަން ޖެހެއެވެ. އެގޮތުން ރިޝްމީ އިއްޔެ އިންސްޓަގްރާމް ކުރި ޕޯސްޓެއްގައި ލިޔެފައި ވަނީ ނިމިގެން ދިޔައީ ވަރަށް އުފާވެރި އީދު ދުވަހެއް ކަަމަށެވެ.

ރިޝްމީގެ އެ ޕޯސްޓުން ފެނިގެން ދަނީ އޭނާއާއި އޭނާގެ ދަރިފުޅުގެ އިތުރުން، އައްޒަ އާއި އައްޒަގެ ދަރިފުޅެވެ. އެ ޕޯސްޓްގައި ރިޝްމީ ބުނެފައި ވަނީ މިކަހަލަ ފޮޓޯ މާގިނަގިނައިުން ޕޯސްޓް ކުރަން ނުލިބޭނެ ކަަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ބޮކި

    އައްދެއް އެއްކަލަ ކާޑޭޝިޔަން ފެމެލީދޯ........

    14
  2. ނުވާ

    ވަގުތު ފާއިތުވެ ކައްވަޅުގެ ރަހަ އައިސް ނުޖެހެނީސް މުސްލިމުންގެ އަގީދާއާއި ވައްޓަފާޅިއަށް އުޅުމާއި ދިރިއުޅުން ބަދަލަުކުރައްވާށެވެ. ދުނިޔޭގެ ޣާފިލުކަންމަތީ ޣައިރު މުސްލިމުންގެ ފިޔަވަޅުތައްފަހަތުންގޮސް ނިމޭނީ ހަމައެކަނި އެތަނެއްގެ ހަގީގަތުގެވާހަކަ އެންމެ ތެދުވެރި ދޫފުޅުގެ ވެރިޔާ ލޮބުވެތި މާތް ރަސޫލާގެ ފަރާތުން އެތަނަކައް ރައްކާވެތިބުމައް އިންޒާރު ދެވުނު ވޭންދެނިވި އަޒާބުގެ މަންޒިލެވެ.

    18
    2
  3. މަޖީދު.

    އިސްލާމްދީން މަތީގައި ދަރިން ތަރުބިއްޔަތު ކުރުމަކީ ކޮންމެ މަންމައަކާ ބައްޕައެއްގެ ވާޖިބެއް.ކޮންމެ މަންމައަކާބައްޕަ އަކު ޤިޔާމަތްދުވަހު ޖަވާބުދާރީ ވާންޖެހޭނެ އެބަޔެއްގެ ދަރީން ތަރުބިއްޔަތު ކުރިގޮތާމެދު.މިފެމިލީ އަށް މިވަރު ނޭނެގެނީ ބާ؟

  4. ޝަރުމަން ، އައްޑޫ ، ޕެންސިލްވިލާ

    ކަޕޫރު ޙާނދާން