ބޭބެގެ ފުރާނަ ސަލާމަތް ކުރުމަށް އަމިއްލަޔަށް ކަރުދަން ޖެހިގެން މަރުވި މީހެއްގެ މަސައްކަތް ފަނުފުލުން ހިގައްޖެއެވެ.

އިންޑިޔާގެ ވަޑޯޑަރާގައި މީހަކު އަމިއްލަޔަކަށް މަރުވެފައިވަނީ އޭނާގެ ކިޑްނީ އޭނާގެ ބޭބެއަށް ދިނުމުގެ މަޤްޞަދުގައެވެ، ނަމަވެސް މަރުވި މީހާގެ ހަށިގަނޑު ފެނުނުއިރު ހަށިގަނޑު ކުނިވާން ކައިރި ވެފައި އޮތުމުން މިމީހާގެ ކިޑްނީ ބޭނުން ކުރެވޭ ގޮތްވަނީ ނުވެފައެވެ އިންޑިޔާގެ ނޫސްތަކުން ރިޕޯޓް ކުރާ ގޮތުގައި އަމިއްލަޔަށް މަރުވެފައިވަނީ އުމުރުން 19 އަހަރުގެ އިންޖިނިއަރިން ކިޔަވާ މީހެކެވެ

އިންޑިޔާގެ ފުލުހުންނާއި ހަވާލާދީ އިންޑީޔާގެ ނޫސްތަކުގައި ބުނެފައިވަނީ މަރުވި މީހާގެ ކޮޓަރި ބަލާ ފާސް ކުރުމުން މަރުވަމުން ލިޔެފައި އޮތް ސިޓީ އެއް ފެނުނު ކަމަށާއި މިސިޓީގައި އޭނާ މަރުވެފައިވަނީ އޭނާގެ އަމިއްލަ އިޚްތިޔާރުގައި ކަމަށްވެސް ބުނެފައިވެއެވެ. މީގެ އިތުުރުން މިސިޓީގައި ބުނެފައިވަނީ މިމީހާގެ މަރުގެ މައްސަލަ އިތުރަށް ތަޙްޤީޤް ނުކުރުމަށް އެދޭ ކަމަށާއި އަދި އޭނާގެ ދެ ކިޑްނީ އޭނާގެ 24 އަހަރުގެ ބޭބެއަށް ހަދިޔާކޮށް ދިނުމަށެވެ. ނަމަވެސް ހަށިގަނޑު ފެނުނު އިރު ކުނިވާން ފަށާފައި އޮތުމުން މިމީހާގެ ކިޑްނީ ޓްރާންސްފާ ކުރެވިފައި ނުވާ ކަމަށްވެސް އިންޑިޔާގެ ނޫސްތަކުން ފުލުހުންނާއި ހަވާލާދީ ބުނެފައިވެއެވެ.

އިސްލާމް ދީނުގައި އަމިއްލައަށް މަރުވުމަކީ ކަނޑައެޅިގެން އެންމެ ބޮޑު ފާފައިގެ ތެރެއުން ފާފައެކެވެ.

ކިޔުންތެރިންގެ ހިޔާލު