އިރާނުގައި ދަރިން އުފަންވާ މިންވަރު ބޮޑުތަނުން ދަށްވެފައިވާތީ އެގައުމުގައި ލޯބިވެރިން ގުޅުވުމަށް ހާއްސަ އެޕްލިކޭޝަނެއް ތައާރަފް ކޮށްފިއެވެ.

"ހަމްދަމް" ގެ ނަމުގައި އުފައްދާފައިވާ އެ އެޕްލިކޭޝަންގެ ސަބަބުން އެއްވެސް ކަހަލަ ގުޅުމެއް ނޯންނަ އަންހެނުންނާއި ފިރިހެންނުންގެ ގުޅުން ބަދަހިވެ، ލޯބި އުފެދޭނެ ކަމަށް އެގައުމުން ވަނީ ބުނެފައެވެ. މި އެޕްލިކޭޝަންގައި އެފަރާތްތަކުގެ މައުލޫމާތުގެ އިތުރުން ލޯބީގެ ގޮތުން ގުޅެން ބޭނުންވާ ވައްތަރެއްގެ މީހުންގެ މައުލޫމާތު ހިމެނުން ވެސް ހިމެނެއެވެ.

މީޑިއާ އަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އެޕްލިކޭޝަންގެ ސަބަބުން ގުޅުން ލޯބީގެ ގޮތުން ގުޅިގެން އުޅޭ ފަރާތްތަކަށް ހަތަރު އަހަރުވަންދެން އެޕްލިކޭޝަންގެ ސަބަބުން ފައިދާ ކުރާނެއެވެ.

ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އެގައުމުގައި ކުދިން އުފަންވާ މިންވަރު ފާއިތުވި ހަތަރު އަހަރަށް ބަލާއިރު، މިހާރު ވަނީ 25 އިންސައްތަ ދަށަށް ވެއްޓިފައެވެ. އެހެން ގޮތަކަށް ބުނާނަމަ މިހާރު އެގައުމުގައި ތުއްތު ކުދިން އުފަންވާ މިންވަރު އުޅެނީ ކޮންމެ އަންހެނަކަށް 1.7 ކުދިންގެ ރޭޓުންނެވެ.

އެގައުމުގެ ލީޑަރު އާޔަތުﷲ އަލީ ޙަމޭނީ 2014 ވަނަ އަހަރު ބުނެފައިވަނީ ގައުމުގެ އާބާދީ ބޮޑު ކުރުމުން ގައުމު ވަރުގަދަވެގެން ދާނެ ކަމަށާއި އަންހެނުންނަށް ވެސް މީހުން ގަދަރު ކުރާ މިންވަރު އިތުރުވެގެން ދާނެ ކަމަށެވެ.

އިރާންގައި މިފަދަ އެޕްލިކޭޝަނެއް އުފައްދާފައިވާއިރު، ދުނިޔޭގެ އެކި ހިސާބުތަކުގައި ލޯބީގެ ގޮތުން ގުޅިފައިވާ ގިނަ ބައެއްގެ ލޯބީގެ ފެށުމަކަށް އެޕްލިކޭޝަނާއި ވެބްސައިޓްތައް ހިމެނެއެވެ.