މާލޭގެ އާޓިފިޝަލް ބީޗަށް ދާ ކުޑަކުދިން އާއްމުކޮށް ކާންދީ އުޅޭ ކުކުޅުތަަކެއް ފުލުހުން މަރާލިކަމަށް ބުނާ މައްސަލައެއް ފެންމަތިވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި ކުކުޅުތަކަކީ އާޓިފިޝަލް ބީޗްގައި ހުންނަ ދަނޑު ކުރިމައްޗަށްވާ ގޮތަށް ތިބޭ ކުކުޅުތަކެކެވެ.

"ވަގުތު" އަށް މައުލޫމާތު ދިން މީހަކު ބުނީ، އެކަމެއް ހިނގާފައިވަނީ ރޭގެ ވަގުތެއްގައި ކަމަށާއި އެމަންޒަރު ގިނަ ބަޔަކަށް ފެނިފައިވާ ކަމަށެވެ. އަދި ފުލުހުން އެކަން ކުރިއިރު، ތިބީ ޔުނިފޯމުގައި ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.

"ހަތަރު ކެޕިޓަލް ފުލުހުން އައިސް ގަލުން ތަޅާ ހިފައިގެން ކަތިލީ. އެމީހުން ދިޔައީ ވެސް ފުލުހުންގެ ސައިކަލުގައި" މައުލޫމާތު ހިއްސާ ކުރި މީހާ ބުންޏެވެ.

އޭނާ ބުނީ، އެމަންޒަރު ފެނުނު މީހަކު ގަލޮޅުގައި ހުންނަ ފުލުހުންގެ މަރުކަޒަށާއި ޝަހީދު ހުސެއިން އާދަމް ބިލްޑިންގްއަށް މައްސަލަ ހުށަހަޅަން ދިޔަ ކަމަށެވެ. އެހެން ނަމަވެސް ވަކި ޖަވާބެއް ނުދީ އެޗްކިއުގައި ތިބި ފުލުހުންގެ ފަރާތުން މަލާމާތުގެ ހިނިގަނޑެއް ޖެހި ކަމަށް އޭނާ ވަނީ ބުނެފައެވެ.

އަދި 'ކަތަލައިގެން ކެއި މަންޒަރު ތިމަންނައަށް ފެނުނު" ކަމަށް ފުލުހުން ބުނި ކަމަށް އޭނާ ވަނީ ބުނެފައެވެ.

މިކަމާއި ގުޅިގެން އަދި ފުލުހުންގެ ބަހެއް ލިބޭގޮތެއް ވަނީ ނުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

 1. މައްވަރިހަމަ

  ފޮޓޯ އިން ފެންނަނީ ހާލެއް

  10
  2
  • ތޯއްޗެ

   އީދަށް ކުކުޅު ހިފާ ކަތިލުން އެއީ ނެތެމުންދާ އާދައެއްވީމަ އެ އާދަ ދިރުވާ އާލާކުރީ ތޯއްޗެ

   18
   3
   • މިވާގޮތެއް ދޯ

    ތިހެންވެސް ވެދާނެ..މީގަ އެންމެ ހެއްވާ ކަމަކީ ހާލެއް ކަތިލައިގެން އޭގަ ރިހަ ކެއްކިޔަސް އެއަށް ހާ ރިހައޭ ނުކިޔާ އޮޓޯއިން ކުކުޅު ރިހައަށް ބަދަލުވާތީ...އެހެންވެ އަހަރެންނަށް ހާލެއް ކެވުނަސް ކުޅުޅެއް ކެވުނަސް ނޭނގެ..ބޭރުގައުމުތަކުންވެސް ފިނިކޮށްގެން އެތެރެ މިކުރަނީ ނަމުން ހުސް ކުކުޅު..

 2. ޖުހާ

  ދެން ކުކުޅައް އިންސާފުހޯދަން ނުކުންމަންވީނުން

  18
  2
 3. ވާހަކަ

  ކުކުޅު ގޮވާ، ހާ ގޮވާ، ގޮވާ ޒާތުގެ އެއްޗެއް ވީމަ......

  22
 4. މެން

  އެކުކުޅުތައް ގެންގުޅެނީ މަސްތުވާ ތަކެތި ބޭނުންކުރާ ކުދިންތަކެއް އެމީހުންގެ ބާރުގާ އެސަރަހައްދުގައި އުޅޭ އާމުންނައްވަނީ އޭގެސަބަބުން އުދަގޫވެފާ

  16
  2
 5. ކޮރަލް

  ޖަނަވާރު ހިމާޔަތް ކުރާ ޖަމިއްޔާ ތަކުގެ ހަބަރެއް ނުވެ އެވެ.

  18
  3
 6. ޕޮތެ

  ބިގު ގެނގު ހަގުރަމަ މިފެސުނި

 7. ޒިންމާދާރު ނޫސްވެރިކަން..

  އެކުކުޅު ފުލުހުން މާ ރާލިކަމުގެ ހެކި ކިޔުންތެ ރިންނަށް ގެނެސް ދެވެން ނެތިއްޔާ ނޫސް ތަކުގައި ފުލުހުން ގެ ބޮލުގައި ތިވަ ރުގެ އިލްޒާމެއް އަޅުވައި ލިޔުން ޒިންމާދާ ރެއް ނޫން. މިޒަމާނަކީ ސްމާ ރޓް ފޯން ކޮންމެ ވަގުތެއްގައި ވެސް އަތުގައި/ޖީބުގައި އޮންނަ ޒަމާން. ކުކުޅު ތަކަކަށް ގާއުކައި ބޮޑުސަކަ ރާތްގަނޑެއްގަންނައި ރު ވީޑިއޯ ނުކޮށް ދިވެހިން ތިބެދާނެއެކޭ ނުދެންނެވޭނެ. ފުޓުޕްރިންޓްގެ ފޮޓޯ ލަންޏާމުން ކޮންޕެޔާ ކު ރި އަސްލު ބޫޓު ކޮބާ.. އެކަން ކު ރި ބަޔަކު ފުލުހުންގެ އަގު ވައްޓާލަން ރިޕޯޓްކޮށް ނޫސް ތަކަށް ދީނީމާ ދެން ބަލާނީ ފުލުހުން އެކަން
  ކު ރިތޯ ނުވަތަ ނޫން ތޯ.. އަސްލުު ކު ރި މީހުން ތިބޭނީ ހެވިފައި މަލާމާތް ކު ރަން. ދިވެހި ރާއްޖޭގެ އާޓް ރެންޑެއް ޝޯޝަލް މީޑިޔާގައި ލިޔެގެން މުއައްސަސާތަކުން ރިއެކްޓްކު ރުން...