ސިކުނޑި މަރުވެފައި އޮތް 14 އަހަރުގެ ކުއްޖަކު ވެންޓިލޭޓަރަކަށް ލުމުން ހޮސްޕިޓަލް ބޮޑު ޖޫރިމަނާއެއް ކޮށްފިއެވެ. ޖޫރިމަނާކޮށްފައިވަނީ އިންޑިޔާގެ ހޮސްޕިޓަލެއް ކަމަށްވާ ބަޓްރާ ހޮސްޕިޓަލް މެޑިކަލް ރިސާޗް ސެންޓަރެވެ.

ބަޓްރާ ހޮސްޕިޓަލް މެޑިކަލް ރިސާޗް ސެންޓަރ 5 ލައްކަ ރުޕީސް އިން ޖޫރިމަނާކޮށްފައިވާއިރު، މި ހޮސްޕިޓަލް ޖުރިމަނާކޮށްފައިވަނީ 2016 ވަނަ އަހަރު 14 އަހަރުގެ ކުއްޖެއް ވެންޓިލޭޓަރެއްގައި 2 އަހަރު ދުވަހު ބޭއްވި މައްސަލައިގައެވެ.

އިންޑީޔާގެ ނޫސްތަކުން ބުނެފައިވަނީ މިހޮސްޕިޓަލް ޖޫރިމަނާކޮށްފައިވަނީ މިކުއްޖާގެ މައިންބަފައިންނަށް މިކުއްޖާގެ ސިކުނޑި މަރުވެފައިވާ ކަމުގެ ވާހަކަ ހާމަނުކުރުމުގެ ސަބަބުން ކަމަށެވެ، އަދި ހަމަ އެހެންމެ، ގިނަ ދުވަހު މިކުއްޖާ ވެންޓިލޭޓަރަކަށް ލާފައި ބާއްވާފައި އޮތް އިރު، މިކުއްޖާގެ މައިންބަފައިން ނުވަތަ އާއިލާގެ ރުހުމެއް މިކަމުގައި އޮތްތޯ ނުބެލުމުގެ ސަބަބަބުންވެސް ކަމަށެވެ.

މިމައްސަލަ ޑޮކްޓަރުންގެ ޕެނަލްއަކުން ބެލުމަށްފަހު ބުނެފައިވަނީ ސިކުނޑި މަރުވުމަކީ އޭގެ އިތުރު ފަރުވާ އެއް އޮތް ކަމެއް ނޫން ކަމަށާއި މިކުއްޖާ ސިކުނޑި މަރުވެފައި އޮތްކަން އެނގޭއިރުވެސް ވެންޓިލޭޓަރަކަށް ލުމުން މިކަމުގައި އެހޮސްޕިޓަލް ޖަވާބުދާރީ ވާންޖެހޭ ކަމަށެވެ. އަދި މި ދެއަހަރު ސަބަބުން އެކުއްޖާގެ އާއިލާއަށް މާލީ ގޮތުން ދިމާވި ދަތިކަން ފޫބެއްދުމަށް ށް އެހީތެރިވާން ޖެހޭނެ ކަމަށްވެސް ޑޮކްޓަރުންގެ ޕެނަލްއިން ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މީ

    ސިކުނޑި މަރުވަނީ ކީއްވެގެން ކަމާމެދު އާންމުންވެސް ހޭލުންތެރި ކުރުމައް ގިނަ މައުލޫމާތު ހިއްސާ ކުރުން އެދެން ވަގުތް