ސިފައިންގެ މީހެއްގެ އަންބަކާއި ހެދި މޮޔަވެ، އޭނާ އާ ކައިވެނި ކުރަން ހުޅަހެޅުމުން އެކަމަށް އެއްބަސްނުވުމުން އޭނާ އަށް އަނިޔާކުރި ސިފައިންގެ މީހަކު ހައްޔަރުކޮށްފިއެވެ. މިކަން ހިނގާފައިވަނީ އިންޑިޔާގެ ވެރިރަށް ކަމަށްވާ ދިއްލީގައެވެ.

އިންޑީޔާގެ ނޫސްތަކުން ރިޕޯޓް ކުރާ ގޮތުގައި ސިފައިންގެ އޮފިސަރެއްގެ އަންބެއްދެކެ ލޯބިވީ ސިފައިންގެ މޭޖާރ އެކެވެ. އަދި މިމީހާއަށް އަނބިމީހާ ދިނުމަށް އަމުރުކޮށްފައިވާ ކަމަށާއި އަދި އެގޮތަށް އަމަލު ނުކުރުމުން މިމީހާގެ އަނބިމީހާ ކުރެން ކައިވެންޏަށް އެދިފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. އަދި އެކައިވެންޏަށް ނޫނެކޭ ބުނުމުން ޒަޚަމްކޮށްލި ކަމަށްވެސް ބުނެފައިވެއެވެ.

އިންޑީޔާގެ ނޫސްތަކުން ބުނެފައިވަނީ މިމައްސަލަ މިހާރު ފުލުހުން ބަލަމުންދާ ކަމަށާއި ޒަޚަމްކޮށްލި މީހާ ފުލުހުންނަށް މިމައްސަލަ ހުށަހަޅާފައިވާ ކަމަށެވެ.

މިމައްސަލައިގައި ސިފައިންގެ މީހާ ހައްޔަރުކޮށްފައިވާއިރު، މިމީހާ ދިން އަނިޔާތަކުގައި އަންހެން މީހާގެ މޫނަށްވަނީ ބޮޑެތި ޒަޚަމްތަކެއް ލިބިފައެވެ. މިއަނިޔާތަކަށް މިހާރު ފަރުވާ ހޯދާފައިވާ ކަމަށާއި މިހާރު މި އަންހެން މީހާގެ ހާލު ރަނގަޅު ކަމަށްވެސް އިންޑިޔާގެ ނޫސްތަކުން މައުލޫމާތުދެއެވެ،

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މީ

    ނިގާބުވެ މޫނު ފޮރުވީމަ އެންމެ ރަނގަޅުވާނީ ތިކަހަލަ މީހުންގެ ކައިރިން ސަލާމަތްވުމައް.. ان شاء الله

  2. ޚަމަނަ

    މޯދި ތުއްތޫ