ދިވެހި މޮޑެލް އަދި އިންފްލުއެންސާ ކައިޒީން އަކީ ދިވެހިރާއްޖޭގައި މިހާރު ހުރި އެންމެ މަޝްހޫރު އެއް ޝަހުސިއްޔަތުތަކެވެ. އާއްމުންގެ ލޯތްބާއި ފާޑުކިޔުންތައް އޭނާ އާ މެދު ލިބުނު ނަމަވެސް އޭނާ އަކީ ރާއްޖޭގައި އެކަކަށް އެންމެ ބޮޑު ފޭން ބޭސް އެއް އޮތް މީހުންގެ ތެރޭގައި ގުނާލެވޭ މީހެކެވެ.

މީސްމީޑިއާގައި އޭނާގެ ފޭނުން ލައްކައިން ގުނާލެވެއެވެ. ތަފާތު އެކި ޕްރޮޑަކްޓްތައް ޕްރޮމޯޓްކުރުމާއި، މޮޑެލް ކުރުން އަދި އިޝްތިހާރުކުޅުން ފަދަ ކަންކަމުން އާމްދަނީ ހޯދަމުންދާ ކައި ވަނީ އޭނާ ސިޔާސީ ދާއިރާ އަށް ޝައުގުވެރިވާކަން ވެސް ދާދިފަހުން ހާމަކޮށްފައެވެ. އެހެންކަމުން އޭނާ އަކީ އަބަދުވެސް ތަފާތު ކަންކަން އަޖުމަ ބަލާލާ ތަފާތު ކަންކަން އާއްމުންނާއި ހަމައަށް ގެނެސްދޭ މީހެކޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ.

ހަމައެހެންމެ ޑީއާރުޕީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މިހާރުގެ މެމްބަރު އަބްދުﷲ ޖާބިރު އަކީވެސް އެހާމެ ތަފާތު ޝަހުސިއްޔަތެކެވެ. ލަވަ ވިދާޅުވުމާއި މިއުޒިކަށް ލޯބިކުރުމާއި، ހެދުން އެޅުމަށް ބެލިޔަސް ޖާބިރު ވަރަށް ތަފާތެވެ. އަދި އޭނާ އަކީ އާއްމުންގެ ސަމާލުކަން ހޯދަން ވެސް އެހާ ކުޅަދާނަ ބޭފުޅެކެވެ.

މިފަހަރު ވެސް މިއޮތީ ކައި އާއި ޖާބިރުގެ އާ ވާހަކައެކެވެ. މިފަހަރު މި ދެ މީހުން ފެނިގެންދާނީ ގައުމީ ލަވައަކުންނެވެ. ކުޅަދާނަ ކޮރިއޯގްރާފާ އަދި ޕްރޮޑިއުސަރ ޖާދުﷲގެ އުފެއްދުމަކުން ކައި އާއި ޖާބިރު ފެނިގެންދާނެ ކަން ޖާދުﷲ ވަނީ "ވަގުތު" އަށް ޔަގީން ކޮށްދީފައެވެ. އެއީ ކުރިއަށް އޮތް ޖުލައި 26 އަށް ހުށަހަޅާދޭ ލަވައަކަށް ވާއިރު އެ ލަވައިގައި ބައިވެރިވާން އެ މީހުން ނިންމީ އެއީ ގައުމީ ކަމަކަށް ވުމުން ދޭ އެހީތެރިކަމެއްގެ ގޮތުން ކަމަށް ޖާދު ވަނީ ބުނެފައެވެ.

ޖާދު ބުނީ މި ލަވަ ކިޔާފައި ވަނީ ޖޫނީ އާއި އިޝާމް ކަމަށާއި ލަވަ ހަދައި ދިނީ ދިވެހި ބަހުގެ އެކެޑެމީގެ ރައީސް އަޝްރަފް ކަމަށެވެ. ޝާޒް ސައީދު މިއުޒިކް ހަދައިދީފައިވާ އެ ލަވައަށް މަގްބޫލް ލަވަކިޔުންތެރިޔާ ތޭރަގެ ބޮޑު އެއްބާރުލުމެއް ލިބުނު ކަމަށް އޭނާ ބުނެއެވެ.

އަދި މި ލަވައިން ކައިގެ އިތުރުން ކުރިން ސަރުކާރަށް ޚިދުމަތްކޮށްދިން މީހުންނާއި މިހާރުގެ ހިދުމަތްތެރިން ފެނިގެންދާއިރު އޭގެ ތެރޭގައި މަރިޔަމް ވަހީދާ އާއި އާމާލް ފަދަ ބޭފުޅުން ހިމެނޭ ކަމަށް އޭނާ ވަނީ ބުނެފައެވެ. މި ލަވައިން ގިނަ އަދަދެއްގެ ފަންނާނުން ފެނިގެންދާނެއެވެ. އޭގެ ތެރޭގައި ނިއުމާ، ޝަރާ، އާޝާ ފަދަ ފަންނާނުން ހިމެނެއެވެ.

ގޮޅާ އައްޔަ ކެމެރާމަނަކަށް ހަރަކާތްތެރިވާ މި ލަވައިގެ %85 މިހާރު ނިމިފައިވާ ކަމަށް ޖާދު ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. ވެކްސިން

    އިންފްލުއެންޒާ އޭ؟ ސަހަރޯ ހީވޭ. އިންފްލުއެންޒާގެ ބަލިމަޑުކަމުން މި ޤައުމު ސަލާމަތް ކުރައްވާންދޭ.

    80
    2
  2. ޖަނާބު

    ބޯހަލާކު.

    56
  3. މއކ

    އިންފްލުއެންޒާ އޯ ހަހަހަ

    55
  4. ލޮލްލް

    އިންފްލުއެންޒާ އޭ؟ ހަހަަހަހަހަހަ ހީހީ ހަލާކު. ނުރައްކާތެރި ބައްޔެއްތާ ކައިޒީނަކީ އެހެންވީމަ

    55
  5. ކޮވިޑް

    ދެން ޖާދު ދިޔާނާ މެޑަމް އާއެކު ލަވައެއް ކުޅެލީމަ ނިމުނީ. ސަޅިވާނެ....

    45
    1
    • ލީއްކޮ

      އަދި ސިދާތާވެސް އެހުރރީ ލަވައެއްނުކުޅެ.

      16
  6. ކޮއްކޮ ބޭ

    މި ލަވާއިގެ ވީޑިއޯ ތައްޔާރުކޮށްފައިވަނީ އެޗްޑީކޮށް ކަމަށް ވުމުން އާދައިގެ ފޯނުން މި ލަވަ ބެލުމުގެ ފުރުސަތު ވަރަށް ކުޑަ

    11
    3
  7. ހިސާނު

    ޙާޙާޙާޙާޙާޙާޙާޙާޙ މާޜީތި މީޙެކޯ މެޭކަޕް ހުސް

    33
    2
  8. ހުވަދޫން ވިއްކި ވެލި

    ޙެހެހެހެ
    ބޯހަލާކު

  9. ކަކު

    މަ ދައްނަ ކައިޒީން އެ ނޫޅޭނެ.

    10
  10. ޛހ

    އިންފުލޫއެންޒާ އޭ ލޮލް

  11. އޭނާ

    ޚިޔާލުފާޅުކު ރުމުގެ މިނިވަންކަމުގެ ނަމުގާ މި ދިވެހި ރާއްޖޭގާ އިސްލާމް ދީނުގާ ޙަ ރާމް އަދި މި ދީނުގެ އިޖުތިމާއީ ފޭ ރާން ވީދާ ހަލާކުކޮށް ދިވެހިންގެ އަޤީދާ ކަތިލުމަށްޓަކާ ސެކިއުލާ ޚަބަ ރުތައް ގެނެސް ދިނުމަކީ ވެސް ދިވެހި ރާއްޖޭގާ މީޑިޔާގެ މިނިވަންކަން ތޯ އައްސަވަ ބައްލަވާ...

    13
    1
  12. މޮޑަލި

    މޮޑެލް އެއްނޫން މޮޑައްޔެއްތީ

  13. ވިސްނާ

    ތީ ވެލައެއްނޫން ކަހަނބެއް.