ވައްކަން ކުރަން އުޅުނު ކަމަށް ބުނާ މީހެއްގެ ވީޑިއޯ ޓިކްޓޮކްގައި ދައުރު ވާން ފަށައިފިއެވެ.

ވީޑިއޯއިން ފެންނަނީ ފިހާރައެއް ތެރޭގައި "ވަގެއް" ކަމަށް ބުނާ މީހަކާ ސުވާލުކުރާ މަންޒަރެެވެ. ވަގަށް ނެގީ ކޮން އެއްޗެއްތޯ ޒުވާނާ ކައިރީ އެހުމުން އޭނާ ބުނީ އެ ފިހާރައިން ނެގީ ހަމައެކަނި ނެސްކެފޭ ޕެކެޓެއް ކަމަށެވެ.

އަދި އޭގެ ފަހުން ނެގީ ކޮން އެއްޗެއްތޯ ސުވާލު ކުރެއެވެ. އިތުރު އެއްޗެއް ނުނަގާ ކަމަށް އޭނާ ބުނުުމުން ވީޑިއޯ ކުރަމުންދިޔަ މީހާ ވަނީ ދޮގު ނުހެދުމަށް ހަންދާން ކޮށްދީފައެވެ. އަދި އިތުރު ފަރާތަކަށް އިޝާރާތްކޮށް އެ ފަރާތުން އޭނާ 'ގެޓްސްބައި ޖެލް' ވަގަށް ނެގި ކަމަށާއި، އެ ޖެލް އޭނާ ކޮނޑުގައި އަޅުވާފައިވާ ދަބަހަށްލީ ކަމަށް ވީޑިއޯ ކުރަމުންދިޔަ ފަރާތުން ބުނެފައިވެއެވެ.

@shahuu44

Smooth Criminal ; Uses bag as a basket. Be cautious if he gets in any of your outlet.

♬ original sound - Shahudhan Adam

ޓިކްޓޮކްގައި ވީޑިއޯ ހިއްސާކޮށްފައިވާ ފަރާތުން ބުނީ އޭނާ ވައްކަން ކޮށްފައިވަނީ 'ދި ބާސްކެޓް؛' ނަމަކަށް ކިޔާ ފިހާރައަކުން މިދިޔަ އަންގާރަ ދުވަހު ކަމަށެވެ. ޓިކްޓޮކްގައި ވީޑިއޯ ޕޯސްޓް ކޮށްފައިވާ ފަރާތުން ވަނީ އެމީހާ އަކީ ވަގެއް ކަމަށާއި، ވަށިގަނޑެއްގެ ބަދަލުގައި އޭނާ ފިހާރައިގައި ބޭނުންކުރަނީ ދަބަހެއްކަމަށް ބުނެ، ސަމާލުވުމަށް އެދިފައެވެ.

ވީޑިއޯއިން ފެނިގެން ދަނީ ދިވެހި ޒުވާން ފިރިހެނެކެވެ. މާސްކު އަޅައިގެން ހުރި އެމީހާގެ މޫނު ވީޑިއޯގެ ވަކި ހިސާބަކުން ދައްކާލައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ބުރުގާ

    ތީ މިގައުމުގެ ގައުމީ އަބުތޯލުން. އެމްޑީޕީގެ ދިރުން.

  2. ރަދީފް

    ބޮޑު ވަގު.ލަދު ކޮބާ؟

  3. Anonymous

    ފިހާރަތަކައް ދަބަސް ނުވެއްދޭ ތަންތާކުން ތިކަމެއް ނުވާނެކަން އިނގެނީ.

  4. ޛ

    ތިފިހާރައަށް ވަދެވުނީ ތީނަ ތިތަނުގަ ހުއްޓާ.