ކްލަބްހައުސްއަކީ މަދު ދުވަސްކޮޅެއްގެ ތެރޭގައި ދިވެހިންގެ ތެރޭގައި މަގްބޫލުކަން ހޯދި އެޕެކެވެ. އެތައް ދިވެހިންނެއް މި އެޕް މިހާރު ބޭނުން ކުރާއިރު، މި އެެޕްގެ ޒަރިއްޔާއިން އެތައް ބަޔަކާއި ގުޅުންވެސް ބަދަހި ކުރެވިއްޖެއެވެ. އަދި ބޭނުންވާ މައުޟޫއަކަށް ހިޔާލު ބަދަލުކޮށްލާ، އެކި ކަންކަމާއި ގުޅޭގޮތުން ވާހަކަވެސް ދެއްކިއްޖެއެވެ.

އަދި މިފަހަކުން ދިވެހި ޒުވާނުން އެކި ގޭމް ކުޅުމަށްވެސް މި އެޕް ބޭނުން ކުރާކަން ފާހަގަކޮށްލަން ޖެހެއެވެ. އެގޮތުން ސުވާލާއި ޖަވާބު ދިނުމުގެ ގޭމްތައް ކްލަބް ހައުސްގައި ވަރަށް ބޮޑަށް ހިނގައެވެ.

މިއީ އެފަދަ ގޭމެއްގެ ތެރެއިން ވީ ކަމެކެވެ. އެގޮތުން ރޭގެ ވަގުތެއްގައި ކްލަބް ހައުސްގައި ކުޅުނު ގޭމެއްގެ ތެރޭގައި ފިރިހެނަކު މި ވަނީ އޭނާއާ ދެ އަނތްބަށް އިންނަން އަހާފައެވެ.

ކްލަބްހައުސްގައި ކުރިއަށްގެންދިޔަ ސުވާލާއި ޖަވާބު ގޭމްގައި އަންހެން މީހާ އިނީ ހޫނު ގޮޑީގައި ބައިންދާފައެވެ. އޭނާއާ ސުވާލު ކުރަން އެންމެންނަށް ފުރުސަތު ހުޅުވާލިއެވެ. އެ ފުރުސަތުގައި ފިރިހެނަކު ވަނީ އޭނާ ކައިރިން އިންނަން އަހާފައެވެ.

އެ ފިރިހެން މީހާއަކީ ކައިވެންޏެއްކޮށްގެން އުޅޭ މީހެކެވެ. އޭނާ އެދިފައި ވަނީ ދެ އަނތްބަށް އޭނާއާ ކައިވެނި ކުރުމަށެވެ. އަދި އޭނާ ހަތަރު އަނބިން ބޭނުން ވާ ކަމަށް އެ ފިރިހެން މީހާ ބުނެފައި ވެއެވެ.

އެ ފިރިހެން މީހާ އެގޮތަށް ސުވާލު ކުރުމުން އަންހެން މީހާ ޖަވާބު ދިނެވެ. އަންހެން މީހާ ބުނީ، ހަތަރު ވަނަ އަނބިމީހާއާ ޖެހެން ދެން އިންތިޒާރު ކުރުމަށެވެ.

އެހެންކަމުން އެ ފިރިހެން މީހާ މި ޖެހުނީ އެ އަންހެން މީހާއާ ކައިވެނި ކުރަން ބޭނުންވާނަމަ އިންތިޒާރު ކުރާށެވެ. އަދި އިތުރު ދެ ކައިވެނި ވެސް ކުރާށެވެ.

އެންމެ ފަހުން ކްލަބް ހައުސްވެސް ވެފައި މި ވަނީ ޑޭޓިންގ އެޕަކަށެވެ. މި އެޕްގައި މިހާރު ޕްރޮޕޯސް ކުރާ ގޮތަށް ކުޅޭ ގޭމެއްވެސް ކުރިއަށްގެންދާ ކަމަށް ވެއެވެ.

މިއީ މިފަދަ ހާދިސާއެއް ހިނގާދިޔަ ފުރަތަމަ ފަހަރެއް ނޫނެވެ. މިދިޔަ ހަފްތާ ތެރޭގައިވެސް މިފަދަ ހާދިސާއެއް ހިނގިއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ބުރޯ

    ގަދަ އިނގޭ. ކުރެވޭނެ. ކީޕް އިޓް އަޕް. 4 އަނބިން ބެހެއްޓޭނެ. އެކަމަކު ފުރަތަމަ ފަރުލު އަޅުކަންތަށް ފުރިހަމަ ކުރޭ. އެއަށް ފަހު ތިކަމާއިގެން އުޅޭ.

    70
    5
  2. ހެ

    އަންހެންކުއްޖާ ރެކެން ތިދިނީ ފައްކާ ޖަވާބެއް.

    50
  3. މިތުރާ

    4އަންބިންނާވެސް އިދެވިދާނެ، ސައިކަލް ބުރު ހަވީރުފިންނަށް ގެންދާނީ 1 އަނބު އަބަދުވެސް

  4. ނަގުލު ފިއްތި

    ތި ކްލަބް ހައުސް ވެއްޖެ މިހާރު ބޮޑު މުސީބާތަކަށް.

    16
    1
  5. ޢަލީ

    މީތި ހަބަރަކަށް ވާން ޖެހުނު ގޮތެއް ނުވިސްނުނު

    14
  6. ޢަޒު

    މިހެން ފާޑު ގާޑުގެ ނަންކިޔައިގެން ނަރަކައަށް މީހުން ގެންދެވޭނެ ގޮތެއް ތިބަލަނީ