އިންސާނުންނާއި އިންސާނުންގެ ރަހުމަތްތެރިކަމުގެ ވާހަކަތަކާކީ އަބަދުވެސް އަޑުއިވޭ ވާހަކަތަކެވެ. އެކުވެރި ކަމާއި ލޮތްބަކީ އިންސާނުންނެކޭ އެއްފަދައިން ޖަނަވާރުންގެވެސް ލައްވާފައިވާ ސިފައެކެވެ. ބައެއް ފަހަރު އިންސާނުން އިންސާނުންނަށް ނުދޭ އަޅާލުމާއި ބާއްވާ ގާތްކަން ޖަނަވާރުންނާއިވެސް ބާއްވައެވެ. މަދުންނަމަވެސް މިފަދަ ވާހަކަތަކެއް އަޑުއިވޭއިރު މިއީ އިންސާނަކާއި ކެންގަރޫއަކާއި ދެމެދު އުފެދުނު ގާތް އެކުވެރިކަމުގެ ގުޅުމެއްގެ ވާހަކައެވެ.

އަބިގެއިލް ނަމަކަށް ކިޔާ މި ކެންގަރޫ އާއި ރަހުމަތްތެރިޔާގެ އެކުވެރިކަމުގެ ގުޅުމަށް މިހާރު 15 ވަރަކަށް އަހަރުވެފައިވާއިރު މި މުއްދަތުގައި ކޮންމެ ދުވަހަކުވެސް ދެ އެކުވެރިން ބައްދަލުކުރެއެވެ. އަދި ބައްދަލުވުމުން އެންމެންގެ ހިތާ ކުޅެލާ އެއް މަންޒަރަކީ ކެންގަރޫ އެކުވެރިޔާގެ ގައިގާ ބައްދާލާ މަންޒަރެވެ.

ކެންގަރޫ އަކީ އިންސާނުންނާއި ވަރަށް ބީރައްޓެހި ޖަނަވާރަކަށްވިޔަސް އަބީ އަކީ އެއާއި ވަރަށް ތަފާތު ކެންގަރޫއެކެވެ. އަބީ އުޅެނީ ޖަނަވާރުން ބައިތިއްބާ ތަނެއްގައި މިނިވަންކަމާއި އެކުގައި އެވެ.

އަބީ އާއި އޭނާ ގެންގުޅޭ ފަރާތްތަކާއި ގާތް ގުޅުމެއް އުފެދުނީ އަބީގެ އުމުރުން އެންމެ ފަސްއަހަރުގައި އެމީހުން އަބީއަށް އެހީތެރިވީމައެވެ. އަބީ މިހާރު ކުޑަ ކެންގަރޫތައްވެސް ވިހާފައިވާއިރު އަބީ ދެކިލުމަށް އެތައް ސަތޭކަ ބަޔަކު އަބަދުވެސް އަބީ އުޅޭ ތަނަށް ޒިޔާރަތް ކުރެއެވެ.

އަބީ އުޅެނީ އޮސްޓްރޭލިޔާގެ އުތުރުގައި އޮންނަ އެލައިސް ސްޕްރިންގުގައިއެވެ. މި ސަރަހައްދަކީ ޖަނަވާރުން ދިރިއުޅުމަށް ހިމާޔަތްކޮށްފައި އޮންނަ ސަރަހައްދެކެވެ. އަބީ ދެކިލުމަށް މި ސަރަހައްދަށް ދާ ފަރާތްތަކުން އަބީގެ ފޮޓޯ އާއި ވީޑިއޯތައްވެސް ނަގައެވެ. އޭގެ ސަބަބުން އަބީ މިހާރު ވަނި ވަރަށް މަޝްހޫރުވެފައިކަންވެސް ފާހަގަ ކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ރަނިކަމަނާ

    ދދދ. ދިވެހިން އެކަނި ދުނިޔެއިން ވެސް ދިރޭސޫފާ ސޫފިއައް އަނިޔާކޮން ހަ ދަނީ ދުނީޔޭގެ އެހެން ގައުމު ތަކުގަ ދިރޭ އެއްޗިއްސައް ވަރަށް ކަމޭހިތާ ލޯބިން ގެންގުޅެނީ އޯގާތެރިކަމާ އްޅާލުމާ ދީގެން އެ އެއްޗިއްސަށް ވެސް ލޯބި ދީގެން، އަނިޔާކޮށް ގެނެއްނޫން،.. ދިވެހީން ބަލާނީ ދިރޭ އެށްޗެއް ފެނިއްޖެއްޔާ އަވަހަށް އަނިޔާކޮށް މަރާލަން